Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުން

އަންހެނުން ދަނީ ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއަކީ ފިރިހެނުންނަށް ހާއްސަ ދާއިރާއެއްކަމަށް ގަބޫލުކުރާ ގަބޫލުކުރުން ނައްތާލަމުން: ސީޕީ

10 މާރިޗު 2023 | ހުކުރު 02:17

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 7 އިން 8 އަށް ވިލިމާލޭގައާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މާރިޗު 2023 | ހުކުރު 02:17
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

މި ދާއިރާގެ ހުރަސްތަކާއި ގޮންޖެހުންތަކާއެކު ވެސް، ދިވެހި އަންހެނުން ދަނީ މިފަދަ ހުރަސްތަކުން އަރައިގަނެ، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއަކީ ފިރިހެނުންނަށް ހާއްސަ ދާއިރާއެއްކަމަށް ޒަމާނުއްސުރެ ގަބޫލުކުރެވިފައިވާ ގަބޫލުކުރުންތައް ނައްތައިލުމަށް މަސައްކަތްކުރަމުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މޯލްޑިވްސް ވިމެންސް އިން ޕޮލިސިންއާއި ޔޫކޭ ހައިކޮމިޝަން ގުޅިގެން، ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސީޕީ ވިދާޅުވީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މި އަހަރުގެ ޝިއާރު "އެމްބްރޭސިންގ އިކުއިޓީ" އަކީ ހާއްސަކޮށް ގާނޫނު ތަންފީޒުކުރުމުގައި އަންހެން ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅުންހުރި ރަމްޒީ އެއްޗެއްކަމަށެވެ.

Advertisement - newsAdvertisement

އަދި ލީޑަޝިޕް ރޯލުތަކުގައި އަންހެނުން ތަމްސީލު ނުކުރުމަކީ ކަންބޮޑުވާންވީ ކަމެއްކަމަށާއި، ތަފާތުކުރުމާއި، ނިޒާމީ ޖިންސީ ތަފާތުކުރުމާއި، އުނދަގޫ ކުރުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހަމަހަމަކަން ހޯދުމަށްޓަކައި ފުރަތަމަ ހަމަހަމަކަން ގަބޫލުކޮށް، އަންހެނުންގެ ހާލަތާއި ތަޖުރިބާތަކުގެ ތަފާތުތައް ދެނެގަންނަންޖެހޭ ކަމަށާއި، އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ތަމްރީނު ޕްރޮގްރާމްތަކާއި، މެންޓަރިންގ ފުރުސަތުތަކާ ނުވަތަ ސިޔާސަތަށް ބަދަލު ގެނައުމަށް އެއްބައިވަންތަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން އުފެއްދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ އަކީ އަންހެނުންނަށް އެ މީހުންގެ ހިޔާލާއި، ކަންބޮޑުވުންތައް ހިއްސާކުރެވޭނެފަދަ ނެޓްވޯކެއްކަމަށާއި، މި ނެޓްވޯކަކީ އޯގަނައިޒޭޝަންގެ ތެރޭގައި މިބާވަތުގެ ފުރަތަމަ ނެޓްވޯކަށް ވެފައި ޚިދުމަތުގެ ހުރިހާ ފެންވަރެއްގެ އަންހެނުން ހިމެނޭ ނެޓްވޯކެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ނެޓްވޯކް، އޯގަނައިޒޭޝަނަލް އިސްކަންދޭ ކަންކަމާއި މަގުސަދުތައް އެކުލަވާލުމުގައި މުހިންމު ރޯލެއް އަދާކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއެކު 2022 ވަނަ އަހަރު ފެށި ''ވިމެން އިން ލޯ އެންފޯސްމަންޓް ސެމިނަރ'' އަކީ މި މަގުސަދު ހާސިލުކުރުމަށް ލިބުނު މުހިންމު ބާރެއްކަމަށާއި، މި ސެމިނަރގައި ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ލަފާތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވައުދުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ފަރާތްތަކާއެކު މި ޕާޓްނަރޝިޕް ކުރިއަށް ގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން ނައްތައިލާ ސަގާފަތެއް އުފެއްދުމަށްޓަކައި އަމިއްލައަށް ޖަވާބުދާރީވުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުންގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ނިޒާމީ ހުރަސްތައް ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޯން ރޯސްލޭ އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނާއިބު ކާޒީ ޑިންސްމޯ އަދި ބޭރު ބައެއް ގައުމުތަކުގެ ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 7 އިން 8 އަށް ވިލިމާލޭގައާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. އެގޮތުން، ވިލިމާލޭގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ހަރަކާތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން ހިމެނޭހެން 130 މުވައްޒަފުން ބައިވެރިވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް