Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންހެނުން ބާރުވެރިކުރުވުން

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ - ރައީސް

ރާއްޖޭގެ މަސައްކަތު އާބާދީގައި އަންހެނުންގެ ނިސްބަތަކީ 45.6 އިންސައްތަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 09:43
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތު އާބާދީގައި އަންހެނުންގެ ނިސްބަތަކީ، 45.6 އިންސައްތަ ކަމަށެވެ. މި ނިސްބަތް މަތިކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިޔަފާރި ފެށުމާއި ވިޔަފާރި ފުޅާކުރުމަށް ފަހިކޮށްދޭ ފުރުޞަތުތަކުގައި ވެސް އަންހެނުން އަންނަނީ އެކަށީގެންވާ މިންވަރަކަށް ބައިވެރިވަމުން ކަމަށެވެ. އެސް.އެފް.ޑީ.ސީ. މެދުވެރިކޮށް ދޫކުރި ލޯނުތަކުގެ 24 އިންސައްތައަކީ އަންހެނުން ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރެވުނު ލޯނުތައް ކަމަށާއި، އަންހެނުންނަށް އަދި އަންހެނުން ބައިވެރިވާ ވިޔަފާރިތަކަށް، މިދިޔަ ފެބުރުވަރީގެ ނިޔަލަށް 359 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް މާޙައުލުތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް، 2021 ވަނަ އަހަރު ސަރުކާރުން ވާނީ "ސޭފް އޮންލައިން" ޕްރޮގްރާމް އިފްތިތާޙުކޮށްފައި ކަމަށެވެ. އަދި 2022 ވަނަ އަހަރު އެން.ސީ.އައި.ޓީ. އިން ހިންގި "ސައިބަރ ސޭފް މޯލްޑިވްސް" ޕްރޮގްރާމަކީ، ދެ ޖިންސުގެ ކުދިންނަށްވެސް އޮންލައިން ސޭފްޓީއާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ހުރިހާ ކަމެއްވެސް ދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުވަމުން ކަމަށެވެ. މިފަދަ ވެށްޓެއްގައި އުޅޭ އަންހެނުންނާއި ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނާއި ކުދިން، ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރުވުމަކީ، މި ޑިޖިޓަލް ވެށީގެ ތެރޭގައި ރައްކާތެރިކަމާއި ބާރުވެރިކަމާއެކު އުޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުއްމީދަކީ، އަންހެނުންގެ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ސަބަބުން، ކަންކަމާ ކުރިމަތިލުމުގެ ކެރުމާއި ހިތްވަރު، ދިވެހި އަންހެނުންނާއި އަންހެން ކުދިންގެ ކިބައިގައި އިތުރަށް އުފެދިގެން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި މުޖްތަމަޢުގައި ވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި، އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުމަކީ އުއްމީދެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު