Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

ދުވަހުގެ ތަހުނިޔާ ވިދާޅު ނުވާއިރު، އެކަމާއި ގުޅޭ ވާހަކަފުޅެއްވެސް ނުދައްކަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 09:39
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ އަންހެނުންގެ އިޖްތިމާޢީ، އިޤްތިޞާދީ، ސަޤާފީ އަދި ސިޔާސީ ކާމިޔާބީތައް ފާހަގަކުރާ ދުނިޔޭގެ ދުވަހެކެވެ. އަދި މި ދުވަހަކީ ޖެންޑަރ ޕެރިޓީ އަވަސްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ ދުވަހެކެވެ. އަންހެނުންގެ ކާމިޔާބީތައް ފާހަގަކުރުމަށް ގްރޫޕްތައް އެއްވެ ނުވަތަ އަންހެނުންގެ ހަމަހަމަކަމަށް އެއްވެ އުޅުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ހަރަކާތްތަކެއް ފެނެއެވެ.

މި ދުވަހަކީ ޤައުމީ، ނަސްލީ، ބަހުގެ، ސަޤާފީ، އިޤްތިޞާދީ، ސިޔާސީ ގޮތުން ވިޔަސް، ބައިބައިވުންތަކަށް ބެލުމެއްނެތި އަންހެނުންގެ ކާމިޔާބީތަކުގެ އަގުވަޒަންކުރާ ދުވަހެކެވެ. އެ ފުރަތަމަ އަހަރުތަކުން ފެށިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަންހެނުންނަށްވެސް ދުނިޔޭގެ އާ ޑިމޭންޝަނެއް ލިބިގެންދިޔަ ކަމެކެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ ލިބިފައިވާ ކުރިއެރުންތަކާމެދު ވިސްނާ، ބަދަލު ގެނައުމަށް ގޮވާލާ، ޤައުމުތަކާއި މުޖުތަމަޢުތަކުގެ ތާރީޚުގައި އާދަޔާޚިލާފު ދައުރެއް އަދާކޮށްފައިވާ އާދައިގެ އަންހެނުންގެ ހިތްވަރާއި އަޒުމުގެ އަމަލުތައް ފާހަގަކުރާ ވަގުތެކެވެ.

ނަމަވެސް ގައުމުތަކުގެ ވެރިން އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކިޔައި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ދައްކާ ކުރިމަގުގެ ޗާޓްކުރަހަމުން ދިޔަ އިރު، މިހާރު އޮތް ސަރުކާރު އޮތީ ނިދާފައެވެ. އެންމެ ކުޑަމިނުން 'ހެޕީ ވުމެންސް ޑޭ' ކިޔާލާނެހާވެސް ހިތްވަރެއް ނެތެވެެ. މި ސަރުކާރަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅު ސަރުކާރެއްކަމަށް ދެކެވޭ ވާހަކަތަކަށް އިތުރުބޮޅެއް އިތުރުވެގެން ދިޔައިރު، މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އަންހެނުންގެ ހައްގުގައި ވަކާލާތުކޮށް މޮޅެތި ބޮޑެތި ކަރާ ފަޅާ މި ސަރުކާރަށް ލިބޭނީ ހަމަ ސުމެކެވެ.

އަންހެނުންގެ ދުވަހަކީ ހަމައެކަނި ލައިގެން ހުންނަ ކުލައިގެ ގަމީހަކުން ނިންމާލެވޭނެކަމެއް ނޫނެވެ. އެ ދުވަހަކީ ކުރިންބެސް ބުނިގޮތަށް އަންހެނުންގެ ހައްގުގައި ދެކެވޭ ވާހަކަތަކާއި އުއްމީދިތައް ގެނުވައި ކުރިމަގެއް ދައްކައިދޭންވީ ދުވަހެކެވެ. މި ދުވަހު އަންހެނުންގެ ވާހަކަ ދެއްކުން ނޫން މޮޅު އެހެން ދުވަހެއް އެބަހުރިހެއްޔެވެ. ޔަގީނުންވެސް ވެރިކަމާއި އާރާއި ބާރުގެ ޖާހަތުގައި އެ ދުވަސް ހަމަ ހަނދާން ނައްތާލައިފިއެވެ.

މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމާއި ދެކޮޅުކަން ހާމަވާ އެއް ސަބަބަކީ މަތިފަޑީގައި މަދު އަހެނުން ހަރަކާތްތެރިވުމެވެ. ވެރިންގެ ގޮތުގައި ތިން ހަތަރު ފަސް ތަނެއްގައި އަންހެނުން ތިއްބަސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން އަންހެނުންގެ ހިއްސާ އަދިވެސް 30 އިންސައްތައަށް ނާރައެވެ. އެ އަދަދު އުޅެނީ 10 އިންސައްތައަށްވުރެ ދަށުގައެވެ. ސިޔާސީ ގިނަ މަގާމުގައި ތިބީ ވެސް ފިރިހެނުންނެވެ.

ދެން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ބަލާލާއިރުވެސް މި ސަރުކާރާއި ވެރިކަން ކުރާ ޕާޓީން އަންހެނުންނަށް އިސްކަން ނުދޭކަން ހާމަވާ ކަމަކީ މަޖިލިސް އިންތިހާބުގައި 2 އަންހެނުން ވާދަކުރުމެވެ. 80 އެތައް ދާއިރާއެއްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހުގައި ބަސް ބުމުގެ ހައްގު ދެވުނީ އެންމެ 2 އަންހެނުންނަށެވެ. ދޭއްގެ ވާހަކަވެސް ދެއްކެނެ ނެތެވެ. އެތަނުން އެއް ބޭފުޅަކީ ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ގޮނޑިއެކެވެ. މި ދައްކަން އުޅެނީ ރައީސްގެ ކޮށްކޯފުޅުގެ ވާހަކައެވެ. ނިލަންދޫ ދާއިރާގެ ގޮނޑިއަށްޓަކައި މި ސަރުކާރުން ގުރުބާނީތަކެއްވެއްޖެއެވެ. ދެން އޮތީ ކުރީގެ މެންބަރު އަސްމާއެެވެ. ސިޔާސީ ގޮތުން ފުއްނާބު އުސް އަދި ދަރިފުޅުގެ ސިޔާސީ ނުފޫޒު ސަރުކާރުގައި އޮތުމުން އަސްމާއަށްވެސް އެ ގޮނޑިއަށް ވާދަކުރަން ލިބުނީއެވެ.

ޖުމްލަ ގޮތެއްގައި ބުނާނަމަ ގާނޫނުހަދާ މަޖިލީހަށް އަންހެނުން އިންތިހާބުކޮށް، ބާރުވެރިކުރުވަން މި ސަރުކާރުން ލިބުނީ ހަމަ ސުމެކެވެ. މި ސަރުކާރަށް އޮތީ ހަކުރުދެންޔާ ބޮޑުބޭބެ އުސޫލެވެ. މާނައަކ ފައިސާއަށް މަގާމު ގަނެވޭ އުސޫލެވެ. އަންހެނުންނަށް އިހްތިރާމްކުރުމާއި، ބަސްބުނުމުގެ ހައްގު ދިނުމާއި ބާރުވެރިކުރުމުގ ވިސްނުމެއް ނެތެވެ.

ހަމަގައިމު މިހެން ބުނެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްުޒު އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ނުވަތަ އެހެން ސޯޝަލް މީޑިއާއެއްގައި ތަހުނިޔާއެއް ވިދާޅެއް ނުވެއެވެ. ރައީސް އޮފީހުގެ އެކްސް އެކައުންޓުން އަދި އެހެން ސޯޝަލް މީޑިއާއެއްގައި ތަހުނިޔާ ކިޔާފައި ނުވެއެވެ. ދުވަހާއި ގުޅޭ ހަރަކާތެއް ނުބާއްވައެވެ. ހިތާބެއް ނުދެއްވައެވެ. ހަމައެކަނި މަޖިލިސް އިންތިހާބަށް ޕްރޮމޯޓްކުރާ ކަމެއްގެ ގޮތުގައި ރައްޔިތެއްގެ ސުވާލަކަށް ޖަވާބު ދެއްވި އިރު އެ ޖަވާބުގައި ތަހުނިޔާ ވިދާޅުވީއެވެ. ދަނބުކުލައިގެ ގަމީގެއް ތުރުކުރައްވައިގެން ހުންނަވައެވެ. އެފަހުން އެ ގަމީހުގައި ޖަވާބު ދެއްވާތާ ހަފްތާއެއްވެޖެއެވެ. އެހެންވީމާ އެއީ ވަކި އެ ދުވަހަަށް ތުރުކުރެއްވި ކުލައެއްވެސް ނޫނެވެ.

މިއަދުގެ ހަގީގަތަކީ މި ސަރުކާރުގައި އަންހެނުން ޕްރޮމޯޓް ކުުރުމުގެ ފެންވަރެއް ވިސްނުމެއް ނެތީއެވެ. އަންހެނުންނަކީ ބައެއްކަމުގައި ދެކިގެން މަސައްކަތް ނުކުރީއެވެ. ދޮން މަންމައަކީ އަންހެނަކަށް ވާއިރު، އެމީހާއާއި ދޭތެރޭގައި އެގޮތަށް ކަންކުރި މީހަކު އަންހެނަކަށް ވަކި އިތުރު އިހުތިރާމެއް ނުބާއްވާނެއެވެ. މިއަދު މި ސަރުކާރު އަންހެނުން ބާރުވެރިކުރުމުންވެސް ބޮޑުތަނުން ފެއިލްވެއްޖެއެވެ.

އެހެން ހުރިހާ މުނާސަބަތެއްގައި ތަހުނިޔާ ފޮނުއްވާ މުއިއްޒު އަަންހެނުންގެ ދުވަސް ފާހަގައެއް ނުކުރެއްވިއެވެ. ދުވަހުގެ މުނާ ސަބަތުގައި ތަހުނިޔާވެސް ވިދާޅެއް ނުވިއެވެ. މިއިން ހާމަވަނީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އަންހެނުންނަކީ ދެވަނަ ދަރަޖައިގެ ބައެއްކަމަށެވެ.

އަންހެނުންގެ ދުވަސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު