Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިމެން އިން ޑިޕްލޮމަސީ

ވިމެން އިން ޑިޕްލޮމަސީގެ ނަމުގައި ޚާއްޞަ ސެޝަނެއް ބާއްވައިފި

މިއީ ޚާރިޖީ ދާއިރާގައި އަންހެނުންގެ ދައުރާއި ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެވެމުންދާ ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖްލިސް މެންބަރުންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މާރިޗު 2023 | ބުރާސްފަތި 05:16
ވިމެން އިން ޑިޕްލޮމަސީގެ ނަމުގައި ބޭއްވި ސެޝަންގެ ތެރެއިން

ވިމެން އިން ޑިޕްލޮމަސީގެ ނަމުގައި ބޭއްވި ސެޝަންގެ ތެރެއިން

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިސްނަގައިގެން 'ވިމެން އިން ޑިޕްލޮމަސީ' ގެ ނަމުގައި ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ޚާރިޖިއްޔާގައި މަސައްކަތްކުރާ އަންހެން ޑިޕްލޮމެޓުން މެދުވެރިކޮށް، ޚާރިޖީ ދާއިރާގައި އަންހެނުންގެ ދައުރާއި ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެވެމުންދާ ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖްލިސް މެންބަރުންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަނެކެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން، ފޮރިން ސާރވިސްގައި މަސައްކަތްކުރާ އަންހެނުންގެ އަގު ވަޒަންކޮށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފޮރިން ސާރވިސްގައި މަސައްކަތަކުރާ ހުރިހާ އަންހެންނުންގެ ބުރަ މަސައްކަތްތާމެދު އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ފޮރިން ސާރވިސްގައި އަންހެނުން ހޯދާފައިވާ ކާމިޔާބީތައް އެއީ ވަރަށް އުފަލާއެކު ފާހަގަކޮށްލަން ޖެހޭނެ ކާމިޔާބީތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި އެއީ ހިންގުންތެރި، މުރާލި އަންހެނުން ކަމަށާއި، އެފަދަ އަންހެނުންގެ ޖޯޝަކީ އާދަޔާ ހިލާފު ބާރެއް ކަމަށް ވިދާޅުވިއެވެ. އަދި ދެމިއެތިބީ އަގުހުރި ގައުމީ ހިދުމަތެއް ކުރުމުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި ސެޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް، އެމްބެސެޑަރ އެޓް ލާރޖް ޑރ. ހާލާ ހަމީދު އާއި، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި ފޮރިން މިނިސްޓްރީގެ ގިނަ އަންހެން ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު