Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރަޝިއާ ޔޫކްރެއިން ހަނގުރާމަ - ތެލުގެ އަގު އުފުލުން

2008 ވަނަ އަހަރަށްފަހު އުފުލިފައި ނުވާ މިންވަރަށް ތެލުގެ އަގު އުފުލިއްޖެ

7 މާރިޗު 2022 | ހޯމަ 08:08

ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި 20 އިންސައްތަ މައްޗަށް ޖެހިފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 މާރިޗު 2022 | ހޯމަ 08:08
ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 2008 ވަނަ އަހަރަށްފަހު އުފުލިފައި ނުވާ މިންވަރަށް ތެލުގެ އަގު ވަނީ އުފުލިފައި

ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 2008 ވަނަ އަހަރަށްފަހު އުފުލިފައި ނުވާ މިންވަރަށް ތެލުގެ އަގު ވަނީ އުފުލިފައި

ފާއިތުވި 13 އަހަރުގެ ތެރޭގައިވެސް އުފުލިފައި ނުވާ މިންވަރަށް ތެލުގެ އަގު އުފުލުއްޖިއެވެ.

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުނދާ ހަނގުރަމައިގެ ސަބަބުން ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތެލުގެ އަގު މިވަނީ 2008 ވަނަ އަހަރަށްފަހު އުފުލިފައި ނުވާ މިންވަރަކަށް އުފުލިފައެވެ. ތެލުގެ އަގު މިގޮތަށް އެހާ މައްޗަށް އުފުލިފައި މިވަނީ ރަޝިއާ އިން އެކްސްޕޯޓްކުރާ ތެލަށް އެމްބާގޯއެއް އިއުލާނުކުރުމުގެ މަޝްވަރާތައް އެމެރިކާއިން ކުރަން ފަށާފައި ވަނިކޮށެވެ.

އާދިއްތަ ދުވަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ އެގައުމުން އެހެން ގައުމުތަކާއެކު ރަޝިއާގެ ތެލަށް އެމްބާގޯއެއް އިއުލާނުކުރަން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ ރައީސް ނޭންސީ ޕެލޯސީ ވަނީ އެމެރިކާއަށް ރަޝިއާގެ ތެޔޮ އިމްޕޯޓް މަނާކުރުމަށް ގާނޫނެއް ނެރެން މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރަޝީއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު ހަކަތައިގެ މާކެޓަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ 139 ޑޮލަރަށް ފީފާއެއްގެ އަގު އުފުލިގެން ގޮސްފައެވެ. އަދި މި އުފުލުމަށްފަހު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 130 ޑޮލަރުގައެވެ. ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި 20 އިންސައްތަ މައްޗަށް ޖެހިފައެވެ.

ތެލުގެ ސަޕްލަޔަށް ކުރާ އަސަރުތަކާއެކު އޭގެ އަސަރު މިހާރު އާންމު ފަރުދުންނާ ކުންފުނިތަކަށް ވަނީ ކުރަން ފަށާފައެވެ.

އާދިއްތަ ދުވަހު އެމެރިކާގައި ޕެޓްރޯލްގެ އަގު 11 އިންސައްތަ އަނގުބޮޑު ވެފައިވާ ކަމަށް އެގައުމުގެ އޮޓޯމޯބައިލް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ 2008 ވަނަ އަހަރަށް ފަހު އެމެރިކާގައި ޕެޓްރޯލްގެ އަގު މިހާ މައްޗަށް ޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި ޕެޓްރޯލް ލީޓަރެއްގެ އެވްރެޖް އަގު 1.50 ޔޫރޯއަށް އިތުރުވެފައިވާއިރު، އެގައުމުގައި ގޭހުގެ އަގު އުފުލި އެގައުމުގެ އާންމު ގެތަކުގެ ކަރަންޓް ބިލުތައް މަހަކު 3،000 ޔޫރޯ އާއި ހަމައަށް ބޮޑުވެގެން ދިއުން އެކަށީގެންވާ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

ހޯމަ ދުވަހު އޭޝިޔާގެ ސްޓޮކްމާކެޓްގެ އަގުތަށް ވެސް ވަނީ ވެއްޓެއް ފަށާފައެވެ. ޖަޕާނުގެ ނިއްކެއިގެ ސްޓޮކްގެ އަގު 2.7 އިންސައްތަ ދަށަށް ދޮޔައިރު ހޮންގްކޮންގްގެ ހަންގ ސެންގ ކުންފުނީގެ ސްޓޮކްގެ އަގު ވަނީ ތިން އިންސައްތަ ދަށަށް ގޮސްފައެވެ.

ގައުމުތަކުން ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާނުކުރުން ވެގެންދާނީ އެގައުމުން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ރަޝިއާ އާއި ދެކޮޅެއް އެޅޭ އެންމެ ބޮޑު އެއް ދަތިކުރުމުގެ ފިޔަވަޅަށެވެ. މީގެ އަސަރު ރަޝިއާގެ އިގުތިސާދުގެ އިތުރުން މުޅި ދުނިޔޭގެ އިގުތިސާދަށް ކުރާނެއެވެ.

ތެޔޮ ބާޒާރުގެ އެނަލިސްޓެއް ކަމަށްވާ ވެންޑާނާ ހެރީ ވަނީ ރަޝިއާގެ ތެލަށް އެމްބާގޯއެއް އިއުލާނުކުރުމުގެ ގާބިލުކަން އެމެރިކާއަށް އޮތް ނަމަވެސް އެގޮތަށް އަމަލު ކުރުމަކީ ޔޫރަޕުގެ ގައުމުތަކަށް ގެއްލުން ބޮޑުވާނެކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޔޫރަޕް ގައުމުތަކުން ރަޝިއާގެ ތެޔޮ އިމްޕޯޓުކުރުން މަނާކޮށްފި ނަމަ އެކަމުގެ ރައްދެއްގެ ގޮތުން ރަޝިއާއިން ގައުމުތަކަށް ފޯރުކޮށްދެމުން އަންނަ ގޭސް ފޯރުކޮށްދިނުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕުގެ ގައުމުތަކުގައި މިހާރުވެސް ގޭހުގެ އަގު ވަނީ ރިކޯޑު އަދަދުތަކަށް މަތިވެފައެވެ.

ތެޔޮ ބާޒާރުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޝެލް އިން ރަޝިއާގެ ކްރޫޑް ތެޔޮ ގަތުން ހުއްޓާލާފައި ނުވާތީ އެކުންފުންޏަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ރަޝިއާގެ ތެލުގައި ޔޫކްރެއިން ރައްޔިތުންގެ ލޭގެ ރަހަ ނުލާތޯ ވަނީ ސުވާލުކުރައްވާފައެވެ.

އާދިއްތަ ދުވަހު ޝެލް އިން ވަނީ އެކުންފުނިން ރަޝިއާގެ ތެޔޮ ގަނެފައިވާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން ހުކުރު ދުވަހު އެކުންފުނިން ރަޝިއާގެ ތެޔޮ ޑިސްކައުންޓް އަގެއްގައި ގަނެފައިވާ ކަމަށް ޝެލް އިން ބުނެއެވެ. އަދި މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި މިގޮތަށް އަމަލުކުރީ އިތުރު ގޮތެއް ނެތިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ގިނަ ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި މާލީ މުއާމަލާތްތައް ހިންގާ މުއްސަސާތަކާއި ބޭންކުތަކުން ދަނީ ރަޝިއާ އާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް