Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުން

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު މިފަހަރު އިތުރުކުރީ ތިން މަސްދުވަހަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖޫން 2017 | ހޯމަ 12:30
ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު މިފަހަރު އިތުރުކުރީ ތިން މަސްދުވަހަށް

ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު މިފަހަރު އިތުރުކުރީ ތިން މަސްދުވަހަށް

އަދާލަތުޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފްގެ ޕާސްޓް އިތުރު ތިން މަސްދުވަހަށް ހިފަހައްޓައިފިއެވެ.

ޝިދާތާގެ ޕާސްޕޯޓް ފުރަތަ ހިފަހައްޓާފައިވަނީ ޖެނުއަރީމަހުއެވެ.

Advertisement - newsAdvertisement

ޝިދާތާ ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާފަކަން އެނގެނީ އިމިގްރޭޝަނަށް ވަޑައިގެންނެވުމުން ކަމަށެވެ.

"އަނެއްކާ ސަބަބު އެނގި ކަމެއް ސާފު ވަނީ އެތައް ފަހަރަކު ސިޓީލައިގެން އެތައް ދުވަހަކުން" ފޯނުން މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، ރާއްޖެއިން ބޭރަށްކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގަތުމުން އެންމެ ފުރަތަމަ ޕާސްޕޯޓް އަތުލީ އިމިގްރޭޝަން ސިސްޓަމަށް ބޭނުންވާ ކަމެއް ކުރުމަށް ކަމަށް އިމިގްރޭޝަނުން ބުނި ކަމަށެވެ. އަދި އޭގެ ފަހުން، ޕާސްޕޯޓް އަތުލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުނި ކަމަށް ޝިދާތާ ވިދާޅުވެފައި ވެއެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޖެންޑާ މިނިސްޓްރީގައި ޝިދާތާ ހުންނެވި ދުވަސްވަރު މަންމައަކު އަނިޔާކޮށްގެން މަރުވި އިބްތިހާލްގެ މައްސަލައާ ގުޅިގެން އޭރު މިނިސްޓްރީގައި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުމާ އެ މައްސަލައާ ގުޅުން ހުރި ކަމަށް ބުނެފައިވާއިރު މިހާތަނަށް އޭނާއާ އެއްވެސް އިދާރާއަކުން އެ މައްސަލައިގައި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ޝިދާތާ ވިދާޅުވެއެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ޝިދާތާ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީންވަނީ ވަކި ސަބަބެއް ހާމަކުރުމެއް ނެތި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ސަރުކާރުން މައްސަލަތައް އުފައްދައިގެން ޖަލަށްލަމުން ގެންދާ ސިލްސިލާގެ ދަށުން ފްރޭމްކޮށް، ނާއިންސާފު ދައުވާއެއްކޮށް، ޖަލަށްލުމުގެ ބޭނުމުގައި ކަމަށް ދެކޭ ކަމަށް ބުނެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު