Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާސްޕޯޓް ހިފެހެއްޓުން

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

ޕާސްޕޯޓް ހިފެހެއްްޓުމަކީ ފުރައްސާރަކުރުން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 28 ޖެނުއަރީ 2017 | ހޮނިހިރު 09:18
ޕްރެސް ކޮންފަރެންސެއްގައި ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ

ޕްރެސް ކޮންފަރެންސެއްގައި ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފެހައްޓުމަކީ ފުރައްސާރަކުރަން ކުރި ކަމެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޝިދާތާ ޝަރީފް ބޭސްފަރުވާއަށް ކުރެއްވި ދަތުރަކަށް ފަހު ބުރާސްފަތި ދުވަހު އެނބުރި މާލެ ވަޑައިގެންނެވުމުން އެއާޕޯޓުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓި އެވެ. އަދި އޭނާ ވެސް ވަގުތުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހިފެއްޓި ހިފެހެއްޓުމާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަންގާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ވަކި ސަބަބެއް ހާމަކުރުމެއް ނެތި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ސަރުކާރުން މައްސަލަތައް އުފައްދައިގެން ޖަލަށްލަމުން ގެންދާ ސިލްސިލާގެ ދަށުން ފްރޭމްކޮށް، ނާއިންސާފު ދައުވާއެއްކޮށް، ޖަލަށްލުމުގެ ބޭނުމުގައި ކަމަށް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. ޝިދާތާއަށް ސަރުކާރުން ފުރައްސާރަ ކުރަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގައި ހިތްވަރުގަދަ ކަނބަލަކަށް ވާތީ، އަޑު ކަނޑުވާލުމުގެ ގޮތުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރައީސް ޔާމިންގެ ސަރުކާރުން ހިންގަމުންދާ މިފަދަ ޖަރީމާތައް ވަގުތުން ހުއްޓާލަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ އެއާޕޯޓްގެ އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިމިގްރޭޝަނުން ފާހަގަކުރި ކަމަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޝިދާތާ ވިދާޅުވީ، އެންމެ ފުރަތަމަ ޕާސްޕޯޓް އަތުލީ ސިސްޓަމަށް ބޭނުންވާ ކަމެއް ކުރުމަށް ކަމަށާއި އަދި ފަހުން އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓް އަތުލާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަަމަށެވެ. ޝިދާތާ ވިދާޅުވީ ކޯޓު އަމުރު ދެއްކުމަށް އޭނާ އެދުމުން އެ އަމުރަކީ އެމީހުންގެ ސިސްޓަމަށް އައިސްފައިވާ އަމުރެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓި ކަމަށް އިމިގްރޭޝަނުން ދިން ލިޔުމުގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފެހެއްޓުމަށް އެދިފައިވާކަން އެނގޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

05 ޖޫން 2017
ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
30 މެއި 2017

ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓީ ފިލާފާނެތީ: ހޯމް މިނިސްޓްރީ

30 މެއި 2017
ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓީ ފިލާފާނެތީ: ހޯމް މިނިސްޓްރީ
15 މެއި 2017

ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި

15 މެއި 2017
ފާރިޝްގެ ޕާސްޕޯޓް ހިފެހެއްޓުން އެމްޑީޕީން ކުށްވެރިކޮށްފި
14 މެއި 2017

ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!

14 މެއި 2017
ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މުއްދަތު ހަމަވެފައިވާ އަމުރެއްގެ ދަށުން!
14 މެއި 2017

ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި

14 މެއި 2017
ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު