ކ. މާލެ
|
5 މާރޗް 2022 | ހޮނިހިރު 21:33
ހައިޑްރޯގްރަފީ ސަރވޭއާއެކު ރާއްޖޭގެ ކަނޑު ފަޅުގެ މައުލޫމާތު އެއްކުރެވޭނެ
ހައިޑްރޯގްރަފީ ސަރވޭއާއެކު ރާއްޖޭގެ ކަނޑު ފަޅުގެ މައުލޫމާތު އެއްކުރެވޭނެ
ގޫގްލް މެޕްސް
މަގޭ ރިޕޯޓް
ގައުމަށް ލުޔެއްވާނަމަ އިދިކޮޅުން އެކަމާއި ނުރެހޭނެ
 
ސަރުކާރުން ކުރާ ކޮންމެ ކަމަކީ ވެސް ގޯސް ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް އިދިކޮޅުން މަސައްކަތް ކުރޭ

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަށް "މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ.

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މިއާއެކު މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ތެރޭގައި 9 ކަމެއް ހިމެނެއެވެ. އެއީ ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި، އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަޕްޑޭޓް ކުރުމާއި، ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު ޢާންމުކުރުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމެވެ. ފަހު ދެކަމެއްގެ ގޮރުގައި ހިމެނެނީ ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ ނުވަތަ ގްރާންޓް ތައް ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުމާއި ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި މައްސަލަ މިހާރު އޮތީ މަޖިލީހުގެ ކޮމިޓީގައެވެ. ބަހުސް ކުރެވި އިދިކޮޅާއި، އެއްކޮޅުގެ ހިޔާލުވެސް ގެނެވުނެވެ. ހައިޑްރޯގްރަފީގެ މަސައްކަތަކީ މާތް ނިޔަތެއްގައި ކުރާ ކަމެކެވެ. ރާއްޖޭގެ ވަށައިގެންވާ އެންމެހާ ކަންކަމާއި، ކަނޑާއި، ތަންތަނުގެ މައުލޫމާތު އެއްކޮށް އޭގެ ބޭނުން އެކި އެކި ކަންކަމުގައި ބޭނުން ކުރުމަށެވެ. ނަމަވެސް އިދިކޮޅަށް މިކަން ވެސް ހަޖަމެއް ނުވިއެވެ. މައްސަލައަކަށްވީ ހައިޑްރޯގްރަފީގެ މަސައްކަތެއް ނޫނެވެ. ބޭނުމަކަށްވީ މި ސަރުކާރުން ކިތައްމެ ރަނގަޅުކަމެއް ކުރިޔަސް އެކަން ގޯސްކޮށް ރައްޔިތުންނަށް ދެއްކުމެވެ.

ހައިޑްރޯގްރަފިކް ސަރވޭތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގެންޖެހެއެވެ. މި ސަރވޭއާ ބެހޭ ގޮތުން ބަޔަކު ހުރިހާކަމެއް އެނގިތިބެ އެކަންކަން ނޭނގޭ ކަމަށް ހަދައިގެން ގައުމުގެ މަސްލަހަތު ގޯސްކުރަން ބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ހައިޑްރޯގްރަފިކް ސަރވޭ، ޑިފެންސް މިނިސްޓްރީން މި ކުރައްވާ މަސައްކަތަށް، އަދި ދިވެހި ރައްޔިތުންނަށް މުސްތަޤުބަލުގައި ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެއެވެ. މީގެ ސަބަބުން، ދިވެހިރާއްޖޭގެ ނެވި ޗާޓުތައް ހެދުމާއި އަދި އޭގެއިތުރުން މާލިމީންނާއި މި ކަންތައްތައް އަނެއްކާވެސް ދުނިޔޭގެ އެހެން ފަރާތްކަށް އަމިއްލަޔަށް ކިޔާދެވޭ ފެންވަރަށް ދެވޭނެއެވެ. އަދި މި މަޢުލޫމާތުތައް ކިޔަވައިދީ އުނގަންނައިދޭ މަރުކަޒުތައް ވެސް މީގެ ސަބަބުން އުފަންވެގެންދާނެއެވެ.

މިއީ އެއްވެސް އިރެއްގައި ރާއްޖޭގައި އަލަށް ކުރެވޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ސަރުކާރުން ކުރާ ކޮންމެ ކަމެއް ގޯސްކަމަށް ދައްކަން ބައެއް މެންބަރުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ހައިޑްރޯގްރަފީގެ ފަހަތުގައި ފޮރުވަން މަސައްކަތް ކުރަނީ އެހެން ކަމެކެވެ. އެއި 2016 ވަނަ އަހަރު، އޭރުގެސަރުކާރުން އިންޑިއާ އާއެކު ވެވުނު ޑިފެންސް ކޯޕަރޭޝަން އެގްރީމެންޓެވެ. އެއިރު ހެދުނު ގޯސްތަކެވެ. ދެން އުޅުއްވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން އެމީހުންނަށް ލިބުނު ފައިސާގެ ވާހަކަ ފޮރުވާށެވެ. އެނޫން އިތުރު ކަމެއް ނުކުރެއެވެ. ވަކި ގައުމަކުން އެހީދޭތި އެކަމުގެ ނުރުހުމެވެ. އޭރު ވަކި ގައުމަކާއި ގުޅުން ބަދަހީކޮށްގެން ކުރި ކަންކަން މިހާރު ނުކުރެވޭތީ ހޮޅި ވާހަކަ ދެކެވެނީއެވެ. ކޮމިޓީ ރިޕޯޓުގައި ވެސް އަދި މަޖިލީސް ހަށް ހުށަހެޅި މި މައްސަލައިގައި ވެސް ހައިޑްރޯގްރަފީގެ މަސައްކަތަކީ ކިހާ މުހިންމު އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ލުއިފަސޭހައާއި މަންފާގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތެވެ. ނަމަވެސް އިދިކޮޅަކަށް މިތަނެއް ނުފެނެއެވެ. ފެންނަނީ ހަމަ އެކަނި ތިމާމެންގެ އަމިއްލަ އެދުމެވެ. މިފަދަ މުހިންމު ބިލަކަށްވެސް ހަދަނީ ދެކޮޅެވެ.

އިދިކޮޅުން ގައުމަށް ކޮށްދިން އެއްވެސް ކަމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
0%
25%
0%
25%
25%
ކޮމެންޓް
ގުޅުންހުރި
ޗައިނާއެކު އަޑި ނޭގޭ ޑީލެއް؟ މަނަވަރު އައިސް ނަގާނެ މައުލޫމާތެއް ނަގައިފި
ޗީފް އޮފް ޑިފެންސް ފޯސް، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފި
މި ސަރުކާރުން ހެދި ފުރަތަމަ ސިއްރު އެއްބަސްވުން، ޗައިނާއަށް ކަނޑުގެ މައުލޫމާތު ވިއްކާލުން؟
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިރާސާ ހަދަން އަންނަ ޗައިނާ ބޯޓާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނެތް!
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި
ކަނޑުއަޑީގެ ސަތަހައިން، މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ އުޅަނދުގެ ރެކޯޑް ޗައިނާއަށް!
އިންޑިއާއެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު، ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދިއްޖެ
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި