Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާގެ ދިރާސާކުރާ ބޯޓު

ކަނޑު އަޑީގެ މައުލޫމާތު އެއްކުރާ ޗައިނާގެ ބޯޓު އަނެއްކާވެސް ރާއްޖޭގައި، ތިލަފުށީގައި ބަނދަރުވެސް ކުރި

މި ބޯޓު ވަނީ ތިލަފުށީގައި ވެސް ބަނދަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އެޕްރީލު 2024 | ބުރާސްފަތި 13:43
ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދު

ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދު

ކަނޑު އަޑީގެ މައުލޫމާތު ނުވަތަ ހައިޑްރޯގްރަޕީގެ މަސައްކަތް ކުރާ ޗައިނާގެ ބޯޓު އަނެއްކާވެސް ރާއްޖޭގައި ބަނދަރުކޮށްފިއެވެ.

ކަނޑުގެ ދިރާސާ ކުރާ ޒަމާނީ ބޯޓު ޝިއެން ޔެން ހޮން-3 ބަނދަރުކޮށްފައި އޮތީ މާލެ ކައިރި ތިލަފުއްޓާ ދިމާލުގައެވެ. ކަނޑު އުޅަނދު ފަހަރު ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާގޮތުން މި ބޯޓު ތިލަފުށީ ކައިރީގައި ބަނދަރުކޮށްފައިވަނި ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. އަދި ތިލަފުށީ ބޭރުގައި ބޯޓު ބޭއްވުމުގެ ކުރިން ތިލަފުއްޓަށް ބަނދަރުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ވެބްސައިޓުން ދައްކާގޮތުން ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު ވަނީ ތިލަފުއްޓަށް ވެސް ބަނދަރުކޮށްފައެވެ. އެގޮތުން ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕެޓްރޯލިއަން ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބަނދަރުގައި ބަނދަރުވެސް ކޮށްފައެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު މިފަހަރު ރާއްޖެ އައި ސަބަބެއް ސަރުކާރުން ހާމަކޮށްފައިވެސް ނުވެއެވެ. އަދި އެ އުޅަނދާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅުމުން ފޯނެއް ނުންގަންގަވައެވެ.

މި ބޯޓު އެންމެ ފަހުން ރާއްޖެ އައިސްފައިވަނި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ޗައިނާގެ މި އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހިރާއްޖެއިން ޖެނުއަރީ މަހުގެ ތެރޭގައި އެއިރު ދީފައިވާއިރު، އެކަމާއި ގުޅޭގޮތުން އޭރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދިނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު ފެބްރުއަރީ މަހު މާލެ ކައިރީގައި ބަނދަރުކުރުމުގެ ކުރިން ވަނީ ތިން ހަފްތާ ވަންދެން އިންޑިޔާ، ރާއްޖެ އަދި ލަންކާގެ އީއީޒެޑްގެ ބޭރު ސަރަހައްދުގައި ސަރވޭ ކުރިޔަށްގެންގޮސްފައެވެ.

މިއުޅަނދާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ. ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.

މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

ޗައިނާގެ ބޯޓު އެންމެ ފަހުން ރާއްޖެ އައީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިމުނުތަނާ ކައިރީގައެވެ.

ޗައިނާޝިއެން ޔެން ހޮން-3ހައިޑްރޯގްރަފީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު