Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުލްހަންނާން ހަލީމް އަވަހާރަވުން

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖޫން 2024 | ބުދަ 10:20
ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަގާމާއި ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު (87އ) އަވަހާރަވެއްޖެއެވެ.

ހ. ގަލޮޅުގެ، ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތްކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެނޫން އެތައް ހިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. މަރުހޫމް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާ ކަމަށާއި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވި ހަބަރާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނަކީ ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އަވަހާރަވުމުގެ ހިތާމާގައި އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާފައިވެއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގާއިމްކުރި ޕަބްލިކް ސޭފްޓީ މިނިސްޓަރަކީ މިހާރުގެ ޑިފެންސް މިނިސްޓަރެވެ.

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނުގެ ކަށުނަމާދު ކުރެއްވުން އޮތީ ބުދަ ދުވަހުގެ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.

ޢަބްދުލްޙަންނާން ޙަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އެ ކިލެގެފާނު ކުރައްވާފައިވެއެވެ. މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2018

މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްވަދު މަނިކު އަވަހާރަވެއްޖެ

25 ޖުލައި 2018
މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްވަދު މަނިކު އަވަހާރަވެއްޖެ
10 ޖުލައި 2018

ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ

10 ޖުލައި 2018
ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ
07 ޖުލައި 2018

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އާސްތާނާ އަބްދުއްޝަކޫރު އަވަހާރަވެއްޖެ

07 ޖުލައި 2018
ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އާސްތާނާ އަބްދުއްޝަކޫރު އަވަހާރަވެއްޖެ
03 މެއި 2018

އާދަމް އާރިފާއި ހަލީމްގެ ޝަރުތު ގެއްލިއްޖެ، ވަގުތުން ފިޔަވަޅު އަޅަންޖެހޭ: ދިޔާނާ

03 މެއި 2018
އާދަމް އާރިފާއި ހަލީމްގެ ޝަރުތު ގެއްލިއްޖެ، ވަގުތުން ފިޔަވަޅު އަޅަންޖެހޭ: ދިޔާނާ
26 އެޕްރީލު 2018

ރައީސް ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސައީދު އަވަހާރަވެއްޖެ

26 އެޕްރީލު 2018
ރައީސް ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސައީދު އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު