Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗައިނާއެކު އަޑި ނޭގޭ ޑީލެއް؟ މަނަވަރު އައިސް ނަގާނެ މައުލޫމާތެއް ނަގައިފި

އަންނާނެކަމަށް ބުނި ބޯޓަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް، އެހެން ބޯޓެއް އައިސް މައުލޫމާތު އެއްކޮށް ނިންމައިފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2024 | އާދީއްތަ 13:19
ރާއްޖެއަށް ކުރޫން ބަދަލުކުރަން ކަމަށް ބުނެ އަންނަ ބޯޓު އަދި ދެގައުމުގެ ރައީސުން

ރާއްޖެއަށް ކުރޫން ބަދަލުކުރަން ކަމަށް ބުނެ އަންނަ ބޯޓު އަދި ދެގައުމުގެ ރައީސުން

ރާއްޖެއަކީ މުހިންމު ތަނެކެވެ. ޖިއޮގްރަފީގެ ގޮތުންނާއި އޮންނަ ތަނުގެ ގޮތުންނާއި، އެހެނިހެން ބައިވަރު ކަންކަން ހުރެގެންނެވެ. ވަކިން ހާއްސަކޮށް ދުނިޔޭގެ މެދުގައި އޮވެފައި މި ސަރަހައްދުގެ ބާރުގަދަ ގައުމުތަކުން އަބަދުވެސް ގާތްގުޅެއް ބާއްވަން އުޅެއެވެ. މިހެން ކަން އޮތްއިރު އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރަނީ ވަކި ގައުމެއްގެ އުނގަށް ނުވެއްޓި އޮންނާށެވެ. އަދި ނެއިބަރހުޑް ފަސްޓް ޕޮލިސީީގެ ދަށުން ކަންކަން ކުރުމަށެވެ.

ނަމަވެސް ފުރަތަމަ ފަހަރަށް ރާއްޖެއިން އެކަން ދޫކޮށްލާ މަދު ފައިސާކޮޅަކަށް ޗައިނާގެ އުނގަށް ވެއްޓިއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އަޑި ނޭނގޭ 10 އެއްބަސްވުމެއް ހަދައި އޭގެ ތެރެއިން އެއް އެއްބަސްވުންކަމުގައިވާ ރާއްޖޭގެ ކަނޑާއި، އިންޑިއާ ކަނޑުގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ މައުލޫމާތު ވިއްކާލައިފިއެވެ. މިހެން ބުނަންޖެހެނީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ ރާއްޖޭގެ ވަލިއްޔުލްއަމުރު ޗައިނާއަށް ވަޑައިިގެންނެވިތަނާހެން ރާއްޖެއަށް އައި ޗައިނާގެ ދިރާސާ ކުރާ ބޯޓުގެ ވާހަކައިން ފެށިގެންނެވެ.

އަންނަން ދިން ތާރީހު ދިވެހިންގެ ލޮލުގައި އެޅުވި އަނދުނަކަށް ހަދާ އެހެން ބޯޓެއް ފޮނުވާ މުޅި ސަރަހައްދުގެ މެޕްކުރަހައިފިއެވެ. އަދި މާލޭގައި ބަނދަރުކުރި އުޅަނދު ބަނދަރުވެސް ކުރީ އެހެން ބޯޓެއް އައިސް ކުރާނެހާ ކަމެއްކޮށް ނިމުމުންނެވެ.

ކަނޑު އުޅަނދުތައް ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު މާލެ ކައިރީގައި ބަނދަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. މިއީ އަންނަން އުޅޭކަމަށް ބުނި ބޯޓެވެ. ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދު "ޒިއަންގް ޔަންގް ހޮންގް 3" މާލޭގައި ބަނދަރުކުރަނީ ކުރޫން ބަދަލުކުރަން ކަމުގައި ސަރުކާރުން ބުންޏެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގައި އޮވެފައި ކުރޫން ބަދަލުކުރަން އައީ ރާއްޖެއެވެ. ދެންވީ ހަމަ އެވާހަކަ ގަބޫލުކުރަން ހެއްޔެވެ.

ޗައިނާގެ މި އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހިރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދީފައިވާއިރު، އެކަމާއި ގުޅޭގޮތުން އޭރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރަނގަޅެވެ. މާލެ ކައިރީގައި ބަނދަރުކޮށްފަ އޮވެގެން ކުރާނެ ކަމެއް ނެތެވެ. މަސް ދުވަސްކުރިން ބަނދަރުކުރާނެ ކަމަށް ބުނި އުޅަނދު އަންނަނީ އަންނަނީ ކިޔަކިޔާ އޮއްވާ އެހެން އުޅަނދެއް އައި ރާއްޖެ ހުރަސްކޮށް ޖަހާނެ ސަކަރާތެއް ޖަހާ ނިންމައިފިއެވެ. ބަޔަކު ވިކޭނީ މިވަރަކަށެވެ. ޗައިނާއަށް ކުރި ދަތުރުގައި ގައުމިއްުޔަތު ވިއްކާލާފައި އައިސް ހަދަނީ ހުސް ދޮގެވެ.

މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއުޅަނދު މާލެ ކައިރީގައި ބަނދަރުކުރުމުގެ ކުރިން ވަނީ ތިން ހަފްތާ ވަންދެން އިންޑިޔާ، ރާއްޖެ އަދި ލަންކާގެ އީއީޒެޑްގެ ބޭރު ސަރަހައްދުގައި ސަރވޭ ކުރިޔަށްގެންގޮސްފައެވެ.

މިއުޅަނދާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.

މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

މި ބޯޓާ ގުޅިގެން، އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބައިނަލްއަޤްވާމީ ނޫސްތަކުންނެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު ރާއްޖެ އަންނަނީ ކުރޫން ބަދަލުކުރަން ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް އަސްލަކީ އެއީއެއް ނޫނެނެވެ. ދާދިފަހުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 30 އެއްބަސްވުމެއް ވެފައިވެއެވެ. އިތުބާރު ހުރި ގޮތަކަށް ލިބުނު މައުލޫމާތުތަކުން އެނގޭގޮތުގައި، 20 އެއްބަސްވުން ހާމަކޮށް ތަފްސީލު ނުދިން ނަމަވެސް ބާކީ 10 އެއްބަސްވުމުގައި ކަނޑުގެ ސަރވޭގެ ވާހަކަ ހިމެނެއެވެ. އަދި މި ބޯޓަކީ އެކަމަށް އަންނަ ބޯޓެއް ކަމަށްވެއެވެ. މި ބޯޓުން ހަމައެކަނި ސަރވޭ ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެއް ނޫނެނެވެ. ލަންކާ ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ ދެކުނުގައެވެ.

ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، މި ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވެއެވެ. އެއިރު މި އުޅަނދު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައެވެ.

ސުވާލު އުފެދެނީ މިހެންވެއެވެ. ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ އެ ބޯޓު އަންނަނީ ކަނޑުގެ ދިރާސާކުރަން ނޫން ކަމަށާއި، ކުރޫން ބަދަލުކުރަން ކަމަށް ބުނުމެވެ. ދެކުނު ޗައިނާ ކަނޑުގައި އަދި ޗައިނާ ކައިރީގައި އޮވެފައި، އަދި ބޮޑެތި އާގުބޯޓު ފަހަރަށް ހިދުމަތްދެވޭ ބޮޑެތި ބަނދަރުތައް އެ ސަރަހައްދުގައި ހުރެފައި، ރާއްޖެއަށް ކުރޫން ބަދަލުކުރަން އަންނަ ވާހަކަ ދެއްކީމަ ހަމަ ގަބޫލުކުރަންވީހެއްޔެވެ.

ރައްޔިތުންނޭވެ ހޭލާށެވެ. ގައުމިއްޔަތާއި ވަތަނާއި އިސްތިގުލާލު ކިޔައިގެން ވެރިކަމަށް އައިސް ގައުމިއްޔަތާއި އިސްތިގުލާލު ވިއްކާލައިފިއެވެ. އިންޑިއާ ސިފައިން ތިބުން ގޯސްކަމަށް ބުނެ ވަކާލާތުކޮށް ގައުމު ޗައިނާއަށް ވިއްކާލައިފިއެވެ. ދެން ފެންނާނީ އަޅުންގެ ގޮތުގައި ނިކަމެތި ރައްޔިތުން އުޅެންޖެހޭ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

16 ޖެނުއަރީ 2020
ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކުވެފައިވާ އެއްބަސްވުންތައް ކޮބާ!

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކުވެފައިވާ އެއްބަސްވުންތައް ކޮބާ!

17 ޑިސެމްބަރު 2019
އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

09 ނޮވެމްބަރު 2019
ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

10 އޯގަސްޓު 2019
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

25 ޖުލައި 2019

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު