Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ޔޫކްރެއިންއަށް ހިތްވަރުދޭ ޕްރިމިއަރ ލީގުގެ މެޗުތައް ޗައިނާއިން ބްރޯޑްކާސްޓް ނުކުރުމަށް ނިންމައިފި

މި މުއްދަތުގެ ތެރޭގައި ޖުމްލަ 10 މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 11:04
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ މެޗުތަކުގެ ތެރެއިން، ޔޫކްރެއިންއަށް ތާއީދުކުރާކަން ދައްކުވައިދޭ މެޗުތައް ބްރޯޑްކާސްޓް ނުކުރުމަށް ޗައިނާއިން ނިންމައިފިއެވެ.

ޕްރިމިއަރ ލީގު ބްރޯޑްކާސްޓް ކުރުމަށް ޗައިނާއިން ރައިޓްސް ލިބިފައިވާ ފަރާތްތަކުން މިގޮތަށް ނިންމާފައިމިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ޔޫކްރެއިންއަށް ތާއީދުކުރާކަން ދެއްކުމަށް ޕްރިމިއަރ ލީގުން ނިންމުމާއި ގުޅިގެންނެވެ.

ޕްރިމިއަރ ލީގުން ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ހަތްވަނަ ދުވަހަށް ކުޅޭ ލީގު މެޗުތަކުގައި ޔޫކްރެއިންއަށް ތާއީދުކުރާކަން ދައްކައިދިނުމަށް ނިންމާފައެވެ. އެގޮތުން މި މުއްދަތުގައި ކުޅޭ 10 މެޗުގައި 20 ކެޕްޓަނުންވެސް ނޫކުލައާއި ރީންދޫ ކުލައިގެ ކެޕްޓަން ބޭންޑު އެޅުމަށް ޕްރިމިއަރ ލީގުން ވަނީ ނިންމާފައެވެ. އަދި ކޮންމެ މެޗެއްވެސް ފެށުމުގެ ކުރިން ކުޅުންތެރިންނާއި، މެޗް އޮފިޝަލުންނާއި، ކްލަބް ސްޓާފުން ހިމެނޭ ގޮތަށް ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުމަށްވެސް ނިންމާފައިވެއެވެ. ހަމައެހެންމެ ޔޫކްރެއިންގެ ދިދައިގެ ކުލަތައް ހިމެނޭ ބެކްޑްރޮޕަކާއެކު 'ފުޓްބޯލް ސްޓޭންޑްސް ޓުގެދަރ' ޖަހާފައިވާ ޕޯސްޓަރެއް ސްޓޭޑިއަމްތަކުގެ ސްކްރީންތަކުން ދެއްކުމަށްވެސް ވަނީ ނިންމާފައެވެ.

ޕްރިމިއަރ ލީގުން ކަނޑައަޅާފައިވާ މި މުއްދަތުގެ ތެރޭގައި ޖުމްލަ 10 މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ފަދަ ގިނަ ބަޔަކު ޝައުގުވެރިވާނެ މެޗުތަކެއްވެސް ހިމެނެއެވެ.

ޗައިނާއިން މި މެޗުތައް ބްރޯޑްކާސްޓް ނުކުރުމަށް ނިންމާފައި ވާއިރު ޗައިނާއަކި ރަޝިޔާއާއި ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.

ޕްރިމިއަރ ލީގުޗައިނާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު