Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާއިން ފޭސްބުކް ބްލޮކް ކުރުން

ރަޝިޔާގެ މީޑިޔާތަކަށް ފޭސްބުކަށް ނުވަދެވޭގޮތް ހެދުމުން، ރަޝިޔާއިން ފޭސްބުކް ބްލޮކްކޮށްފި

ރަޝިޔާގެ ކޮމިޔުނިކޭޝަން ރެގިޔުލޭޓަރުން ބުނީ، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ރަޝިޔާގެ 26 މީޑިޔާއަކަށް ފޭސްބުކުން ތަފާތުކުރުންތައް ގެންގުޅެފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 03:58
ރަޝިޔާއިން ވަނީ ފޭސްބުކް ބްލޮކްކޮށްފައި

ރަޝިޔާއިން ވަނީ ފޭސްބުކް ބްލޮކްކޮށްފައި

ރަޝިޔާގެ މީޑިޔާތަކަށް ފޭސްބުކަށް ނުވަދެވޭގޮތް ހަދާފައިވުމުން ރަޝިޔާއިން ފޭސްބުކް ބްލޮކްކޮށްފިއެވެ.

އެކަމާގުޅިގެން ރަޝިޔާގެ ކޮމިޔުނިކޭޝަން ރެގިޔުލޭޓަރުން ބުނީ, 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ރަޝިޔާގެ 26 މީޑިޔާއަކަށް ފޭސްބުކުން ތަފާތުކުރުންތައް ގެންގުޅެފައިވާކަމަށެވެ. އޭގެތެރޭގައި ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ ސަރުކާރުން ކޮންޓްރޯލްކޮށްގެން ހިންގަމުން އަންނަ އާރްޓީއާއި އާރް.އައި.އޭ ނިއުސް އެޖެންސީއަށް, ފޭސްބުކަށް ނުވަދެވޭގޮތަށް ހެދުންވެސް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މިއީ މިހާރު ރަޝިޔާއާ ބޮޑެތި ޓެކް ކުންފުނިތަކާ ދެމެދު ހިނގަމުންދާ އަރައިރުންތަކަށް އިތުރުވި ބޮޑު ބޮޅެކެވެ. މީގެއިތުރުން ރަޝިޔާއިން ވަނީ ޓްވިޓަރަށް ވަނުމުގައިވެސް ފިޔަވަޅުތަކެއް އަޅާފައެވެ. ޓްވިޓަރުން އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

ފޭސްބުކް ހިންގަމުން އަންނަ މެޓާއިން ބުނެފައިވަނީ, ޚިދުމަތް ދިނުމަށް އެކުންފުނިން މަސައްކަތްކުރަމުން އަންނަކަމަށެވެ. މެޓާއިން ބުނެފައިވަނީ ކޮންމެ ދުވަހަކު އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނާ ބައްދަލުވެ މައުލޫމާތު ހޯދާ މީޑިޔާއަކުން އެތައް މިލިއަން ރަޝިޔާގެ ރައްޔިތުން ބާކީކޮށްފައިވާކަމަށެވެ.

ހަނގުރާމަ ފެށިތަނާ ރަޝިޔާއިން ވަނީ ފޭސްބުކް ބޭނުންކުރުމުގައި ރަޝިޔާގެ ތެރޭގައި ފިޔަވަޅުތަކެއް އަޅާފައެވެ. ފޭސްބުކް، ޔޫޓިޔުބް، ޓިކްޓޮކުން ވެސް ވަނީ އާރްޓީއާއި ސްޕަޓްނިކް ބްލޮކްކޮށްފައެވެ.

ބޮޑެތި ޓެކް ކުންފުނިތަކަކުން އަންނަނީ ރަޝިޔާގެ ސަރުކާރުން ހިންގަމުން އަންނަ މީޑިޔާތަކުގެ އިޝްތިހާރު ޖެހުމާއި މައުލޫމާތު ފެތުރުން ފަދަ ކަންކަން ނުކުރެވޭ ގޮތް ހަދަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު