Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާއާ ދެކޮޅު ޚަބަރު ފަތުރާނަމަ ފިޔަވަޅު އަޅަނީ

ރަޝިޔާގެ އަސްކަރިއްޔާއާ ގުޅޭގޮތުން "ފޭކް ނިއުސް" ފަތުރާނަމަ 15 އަހަރުގެ ޖަލު ހުކުމެއް

"ފޭކް ނިއުސް" ގެނެސްދޭނަމަ، ޖޫރިމަނާކުރުމުން ފެށިގެން ޖަލު ހުކުމާ ހަމައަށް ވަނީ ހިމަނާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 02:26
ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ

ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ

ރަޝިޔާގެ އަސްކަރިއްޔާއާ ގުޅޭގޮތުން "ފޭކް ނިއުސް" ފަތުރާނަމަ އެފަރާތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކޮށްފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު, މައުލޫމާތު ފޯރުކޮށްދިނުމުގެ ހަނގުރާމައެއްވެސް ވަނީ ފެށިފައެވެ. ރަޝިޔާގެ ޚަބަރުތައް, ވަކިން ޚާއްސަކޮށް ރަޝިޔާގެ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭގޮތުން ގެނެސްދޭ ޚަބަރުތައް ހަމައެކަނި ރަޝިޔާގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް ރިޕޯޓްކުރުމަށް ރަޝިޔާގެ ނިއުސް އެޖެންސީތަކަށް ވަނީ ފުރަތަމަ ދުވަހުން ފެށިގެން އަންގާފައެވެ. މީގެއިތުރުން ހަނގުރާމައާ ގުޅޭގޮތުން ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން އެކަމަށް ރަޝިޔާއިން ގެންދިޔައީ ފާއިތުވި ދުވަސްތަކުގައި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މީގެއިތުރުން ރަޝިޔާގެ ތެރޭގައި ހަނގުރާމައާ ދެކޮޅަށް އުފުލަމުންދާ އަޑުތައް ކަނޑުވާލުމަށްވެސް ރަޝިޔާގެ ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ރަޝިޔާ ސަރުކާރުން ބުނަމުންދަނީ, ރަޝިޔާގެ ދުޝްމަނުން ކަމުގައިވާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިޔާ ބަދުނާމުވާގޮތަށް ޚަބަރުތައް ގެނެސްދެމުންކަމަށެވެ.

މިހުރިހާ ކަންތައްތަކަށް ހައްލު ގެނައުމަށްޓަކައި ހުކުރު ދުވަހު, ރަޝިޔާގެ ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ ޑޫމާއިން ވަނީ ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެގޮތުން "ފޭކް ނިއުސް" ގެނެސްދޭނަމަ, ޖޫރިމަނާކުރުމުން ފެށިގެން ޖަލު ހުކުމާ ހަމައަށް ވަނީ ހިމަނާފައެވެ. މީގެއިތުރުން އާންމުތަންތަނުގައި, ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާނަމަ ޖޫރިމަނާކުރާ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

ގަސްތުގައި "ފޭކް ނިއުސް" ފެތުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވުމަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. މި ގާނޫނާއެކު ރަޝިޔާގެ ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.

ޑޫމާގެ ޗެއަރމަން ވިދާޅުވީ, ހޮނިހިރު ދުވަހުން ފެށިގެން މިގާނޫނަށް އަމަލުކުރަން ފަށާނެކަމަށެވެ. ރަޝިޔާގެ އަސްކަރީ ފައުޖުތަކާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރައި, އަސްކަރިއްޔާއަށް އިހުތިރާމްކުޑަވާ ގޮތަށް ވާހަކަދައްކައި ބަޔާންތައް ނެރޭނަމަ ބޮޑެތި އަދަބުތައް ލިބޭނެކަމަށް ޑޫމާގެ ޗެއަރމަން ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވަމުން ގެންދަވަނީ ޔޫކްރެއިންގައި ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަނަކީ ރަޝިޔާގެ ސަލާމަތަށްޓަކައި ކޮންމެހެންވެސް ކުރިޔަށްގެންދަންޖެހޭ އޮޕަރޭޝަނެއް ކަމަށެވެ. ރަޝިޔާގެ އޮފިޝަލުން ޔޫކްރެއިނަށް އަރައިގަތުމުގެ ބަސް ބޭނުންނުކުރައްވައި, ވިދާޅުވަމުން ގެންދަވަނީ ހުޅަނގުގެ މީޑިޔާތަކުން ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންނާ ދެކޮޅަށް ޔޫކްރެއިން ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ކަންކަން ރިޕޯޓްކުރުމުގައި ފެއިލްވެފައިވާކަމަށެވެ.

ޑޫމާއިން މިފަދަ ގާނޫނެއް ފާސްކޮށްފައިވާއިރު, މިހާރުވެސް ރަޝިޔާގެ ކޮމިޔުނިކޭޝަން ވޮޗްޑޯގުން ވަނީ އިނގިރޭސިވިލާތުގެ ބީބީސީގެ ވެބްސައިޓަށް, ރަޝިޔާގެ ތެރޭގައި ނުވަދެވޭގޮތް ހަދާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު