ކ. މާލެ
|
5 މާރޗް 2022 | ހޮނިހިރު 07:13
ސައިކަލަކަށް ޕެޓްރޯލް އަޅަނީ
ސައިކަލަކަށް ޕެޓްރޯލް އަޅަނީ
ރާއްޖެ އެމްވީ
އެސްޓީއޯއިން ވިއްކާ ތެޔޮ އަގުބޮޑުކުރުން
ޕެޓްރޯލް ލީޓަރެއްގެ އަގު 14 ރުފިޔާއަށް ބޮޑުކޮށްފި
 
ޑީސަލް ލީޓަރެއްގެ އަގު ވަނީ 14.80 ރުފިޔާއަށް ބޮޑުކޮށްފައި
 
ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 14.60 ރުފިޔާއަށް ބޮޑުކޮށްފައި

އެސްޓީއޯއިން ބާޒާރުގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި މަތިވަމުން އަންނަނިކޮށް, ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ހިނގަން ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މައްޗަށްދާ ނިސްބަތް ވަނީ އިތުރަށް ހަލުވިވެފައިކަމަށެވެ.

އެހެންކަމުން މާޗް 5ން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލު:

ޕެޓްރޯލް ލީޓަރެއް 14.60ރ (ސާދަ ރުފިޔާ ފަސްދޮޅަސް ލާރި)

ޑީސަލް ލީޓަރެއް 14.80ރ (ސާދަ ރުފިޔާ އައްޑިހަ ލާރި)

އަގަށް ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 13.04 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފުނުކުރާ ތެޔޮ ފީފާއެއް އަގު އުޅެނީ އެވްރެޖްގޮތެއްގައި 115 ޑޮލަރަށެވެ. ކަމާބެހޭ މާހިރުން ކުރިން ލަފާކޮށްފައިވަނީ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މަތިވާނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް