Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޝިޔާއިން ޔޫކްރެއިނުން ފޭބުމަށް ފާސްކުރުން

ރާއްޖެއިން ވޯޓު ދިނީ ރަޝިޔާއިން ޔޫކްރެއިން އަށް ދޭ ހަމަލާތައް ހުއްޓާލާ ފައުޖުތައް ފޭބުމަށް

ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުން އިންޑިޔާ، ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝް ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 01:02
އދގެ އާންމު މަޖިލީހުގައި ގަރާރަށް ވޯޓު ދީފައިވާ ގޮތް

އދގެ އާންމު މަޖިލީހުގައި ގަރާރަށް ވޯޓު ދީފައިވާ ގޮތް

ޔޫކްރެއިން އަށް ރަޝިޔާ އިން ދެމުންދާ ހަމަލާތައް ހުއްޓާލާ ޔޫކްރެއިން އަށް އަރާތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށް އދ ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓުދީފިއެވެ.

193 ގައުމުގެ ތެރެއިން މި ގަރާރު ފާސްކުރުމަށް ވޯޓު ދީފައިވަނީ 141 ގައުމަކުންނެވެ. ޗައިނާ އާއި އިންޑިޔާ ހިމެނޭ ގޮތުން 35 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުން ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްވެސް ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ގަރާރާ އެއްކޮޅަށް މިސަރަހައްދުން ދެން ވޯޓުދީފައިވަނީ އަފްޣާނިސްތާން، ނޭޕާލް އަދި ބޫޓާން އެވެ.

Advertisement - newsAdvertisement

ވަކިކޮޅަކަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި އިރާން، އިރާގު އަދި ދެކުނު އެފްރިކާ ހިމެނެއެވެ. ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ 5 ގައުމަކުންނެވެ. އެއީ ރަޝިޔާ، ސީރިޔާ، ބެލަރޫސް، އުތުރު ކޮރެއާ އަދި އެރިޓްރިއާ އެވެ.

އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރަޝިޔާއިން އަމަލުކުރާކަށް މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް މިގަރާރުގެ ސަބަބުން ރަޝިޔާއަށް ފިއްތުންތައް އިތުރުވާނެއެވެ.

1982 ވަނަ އަހަރުގެ ފަހުން އދ.ގެ ސެކިއުރިޓީ ކައުންސިލުން އދ.ގެ އާންމު މަޖިލީހުގެ ކުއްލި ޚާއްސަ ބައްދަލުވުމެއް ބާއްވާފައިވަނީ ޔޫކްރެއިން އަށް ރަޝިޔާއިން ހަމަލާދޭން ފެށުމާއެކުއެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް ޚާއްސަ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާއިރު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރަޝިޔާއާ ޔޫކްރެއިނާ ދެމެދު މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުމާއި، ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުން އާކުރައްވައި، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫއަވުމަށް ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވީ އދ.ގެ ޗާޓަރުގައި ހިމެނޭ "ސުލްހައަށް އެއްބައިވަންތަކަން" މި ނަމުގައިވާ ގަރާރުގައި ލާޒިމުކޮށްފައިވާ، އާންމު މަޖިލީހުގެ 11 ވަނަ ކުއްލި ޚާއްސަ ޖަލްސާ ބޭއްވުމަކީ، އ.ދ.ގެ ލީޑަރޝިޕަކީ ސުލްހައާއި ސަލާމަތާ ގުޅުންހުރި ކަންކަމުގައި ޚިދުމަތްކުރާ, ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް މަސައްކަތްކުރާ ތަނެއްކަން ކަށަވަރުކުރުމަށް އދ.ގެ ލީޑަރޝިޕަށް ލިބޭ އާ ފުރުސަތެއްކަމަށެވެ.

އދން ފާސްކުރި ގަރާރުގައި ރަޝިޔާގެ ނިއުކްލިއަރ ފައުޖު ތައްޔާރީ ހާލަތަށް ގެނައުން ކުށްވެރިކުރާކަމަށްވެސް ހިމަނާފައިވެއެވެ. މިގަރާރަށް ވާހަކަ ދެއްކުމަށް ހުޅުވާލުމުން ގިނަ ގައުމުތަކަކުން ވަނީ ރަޝިޔާ ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު އެމެރިކާ އާއި ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ހުޅަނގުން ތުހުމަތުކުރަނީ ރަޝިޔާއިން ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭކަމުގައެވެ. ނަމަވެސް ރަޝިޔާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި މިގަރާރުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު އޭނާވަނީ ދެއްވާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު