Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީއަށް މެމްބަރުން އައްޔަނުކުރުން

އޭސީސީއަށް މެމްބަރުން އައްޔަނުކުރުމަށް ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް

އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ފައިނަލައިޒް ކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2022 | ހޯމަ 02:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ފައިނަލައިޒް ކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އޭސީސީއަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، 34 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. 

Advertisement - newsAdvertisement

ރައީސް ފޮނުއްވާފައިވާ ނަންތައް ތަޅުމުގައި އިއްވެވުމަށްފަހު ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވާނެއެވެ. ނަންތައް ދިރާސާކުރުމުގެ މަސައްކަތްކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭސީސީގައި މެމްބަރެއް ނެތި މިދާ މުއްދަތުގައިވެސް އެ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ދަނީ ހުށައެޅެމުންނެވެ. އެގޮތުން 27 ޖެނުއަރީގެ ނިޔަލަށް ބަލާއިރުވެސް އިތުރު 58 މައްސަލަ އެކި ފަރާތްތަކުން ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް، މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެމްބަރުންކަމަށްވުމާއެކު، އެ މައްސަލަތައް ދަނީ ކޮމިޝަނުގައި ފުނި ޖެހެމުންނެވެ. މިވަގުތު ކޮމިޝަނުގައި ކުރިއަަށްދަނީ ހަމައެކަނި އިދާރީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައްތަކެވެ.

އޭސީސީ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރެއްގެމަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް އަލުން މީހަކު އައްޔަނު ކުރަން ޖެހެއެވެ. އެގޮތުން އެ ކޮމިޝަނުގައި ކުރިން ހުންނެވި މެމްބަރު އަލީ އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވިތާވެސް 60 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންނަމަވެސް، މުޅި ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ ހަމައެކަނި އަޝްރަފްގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރި ނަމަވެސް، ކޮމިޝަނުގެ މަސައްކަތްތަކެއް ނުހިނގާނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު