Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބަށް ތައްޔާރުވުން

ގާސިމް ފަހަތަކަށް ނުދާނަން، 2023ށް ރިޔާސީ ކެންޑިޑޭޓެއް ނެރޭނަން: ރައީސް ޔާމީން

26 ފެބުރުއަރީ 2022 | ހޮނިހިރު 14:01

2023ގެ ރިޔާސީ އިންތިޚާބު ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2022 | ހޮނިހިރު 14:01
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ

ޕީޕީއެމް-ޕީއެންސީ 2023 ވަނަ އަހަރަށް ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. ޕާޓީގައި ވަރަށް ގާބިލް ބޭފުޅުން އެބަތިއްބެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާނެކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ގާސިމްގެ ފަހަތަށް ނާރާނެ ކަމަށާއި، ކުޑަ ވެސް ޖާގައެއް ނުދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް-ޕީއެންސީ އޮނޑި އަޑިޔަށް ދިޔަވީމަ ފުއްމާލި މީހުންނަށް ޖާގައެއް ނެތް ކަމަށާއި، އަނބުރާ ޕާޓީއަށް އައިނަމަވެސް މަރުޚަބާ ވިދަލުނުވާނެ ކަމަށެވެ. އަދި އެގޮތަށް ވަޑައިގެންނެވި ބޭފުޅުން މިހާރު ޕާޓީގެ ލީޑަރޝިޕް އާއި ގުޅެން އެކިގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބު ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެވިއްޖެ ކަމުގައިވާނަމަ ހުރިހާ އޮޅުވާލި ހުރިހާ އިންތިޚާބުތަކެއްގެ ހަގީގަތް ހޯއްދަވާނެ ކަމަށާއި، މަކަރު ހެދި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަވާނެ ކަމަށެވެ. އަދި މިހާރު ހިންގަމުންދާ ހުރިހާ ކޮރަޕްޝަންގެ އަމަލުތައް ވެސް ބަލައި ތަހުގީގު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިޝަރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ބޭފުޅުން ތިއްބެވީ ސަރުކާރުގެ ތެރޭގައި ކަމަށާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ކަމަށެވެ. މިސަރުކާރުގައި އިންސާފު ގާއިމްކުރުމަށް މަސައްކަތް ކުރާއިރު، އެންމެ ފުރަތަމަ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނީ އެބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް