Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީގެ އޮޑިޓް

އޮޑިޓްގައި ހުރި މައްސަލަތައް ތަކުރާރުނުވާނެގޮތަށް ފިޔަވަޅު އަޅާނަން: ޖެންޑަރ މިނިސްޓަރ

26 ފެބުރުއަރީ 2022 | ހޮނިހިރު 03:43

މިނިސްޓަރ ވަނީ، ޖެންޑަރ މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ހުރި ބައެއް ކަންކަމާ ގުޅިގެން ވާހަކަ ދައްކަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2022 | ހޮނިހިރު 03:43
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ- ކުރިއަށް އޮތް ތަނުގައި މިހާރަަށްވުރެ ރަނގަޅަށް ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވި

ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ- ކުރިއަށް އޮތް ތަނުގައި މިހާރަަށްވުރެ ރަނގަޅަށް ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވި

ޖެންޑަރ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވާހަކަ ދައްކަވައިފިއެވެ.

ހޮނިހިރު ދުވަހު, ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް ލާމަރުކަޒުކޮށް ހިންގުމަކީ އަބަދުވެސް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ލިއްބައިދީފައިވާ ބާރުތައް ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ހަގީގަތުގައި ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް ލާމަރުކަޒީ ނިޒާމެއްގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް ކުރެއްވުން ކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ޖެންޑަރ މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ހުރި ބައެއް ކަންކަމާ ގުޅިގެންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އިންވެންޓަރީގައި ރަނގަޅު ކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންވެންޓަރީގައި ހުރި ކަންކަންރަނގަޅު ކުރުމަށްފަހު ހުށައެޅުއްވުމަށް ވަގުތުކޮޅެއް ނެގިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮވިޑް 19އާ ގުޅިގެން މާލެ ފުރަބަންދު ކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް، 24 އޭޕްރީލް 2020އިން ފެށިގެން ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކޯޓޭޝަން އިވެލުއޭޓްކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމާ ގުޅިގެންވެސް މިނިސްޓަރ ވާހަކަ ދައްކަވާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ، އޮޑިޓް ރިޕޯޓާ ޗެލެންޖު ކުރައްވަން ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ކޮވިޑުގެ އެންމެ ބިރުވެރި ދުވަސްތަކުގައި މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ ސަތޭކައެއްހާ މީހުން ތިބިކަމަށް ފުލުހުން އެންގުމުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝެލްޓަރ ހަދައި, މީހުން އެތަނުގައި ބައިތިއްބަން ފެށުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ހައްސާސް ހާލަތެއްގައި މީހުން ތިބިއިރު، ވަގުތުން ކާބޯތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ބައެއް ދަތިތައް ކުރިމަތިވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހިސާބުން ފިނޭންސް މިނިސްޓްރީއާވެސް މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބިޑްތަކާ ގުޅިގެން ނިންމެވި ނިންމެވުންތަކާގުޅޭ ލިއެކިއުންތައް މިހާރުވެސް ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ރަނގަޅަށް ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީއަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ބަލައިގަނެ އެ ފައިސާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، ބައެއް ތަކެތި ރެކޯޑުތަކަށް ނުވަދެ ހުރިކަން މަގާމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ފާހަގަވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރުގައި, ރާއްޖޭގައި ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ދިން 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އެހީއާ މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވާއިރު، އެ ފައިސާއިން ބައެއް ތަކެތި ގަނެ، ހިޔާއާ ހަވާލުކޮށްފައިވީނަމަވެސް، ރެކޯޑުތަކުން އެކަންކަން ފެންނަން ނެތްކަން މިނިސްޓަރވެސް ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް