Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ މިއަދުވެސް ހުށައެއް ނޭޅުނު

21 ފެބުރުއަރީ 2022 | ހޯމަ 07:03

ފުލުހުންގެ އިދާރާގައި ހަމަޖެހިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ފޯމު ހުށައެޅުއްވުމުން މާވިންއާ ބައްދަލު ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2022 | ހޯމަ 07:03
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ހޯމަ ދުވަހު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އޮތީ ދައުލަތުން މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ ހުށައެޅުމެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި އަޑުއެހުން ފެށުމާއެކު ދިފާއީ ވަކީލު ވަނީ މާވިންއާ ބައްދަލު ކުރުމުގައި އަދިވެސް ދަތިތައް ހުރިކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް އޭނާ ހުރީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ވަކީލު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެ ފަރާތްތަކުގެ ވަރަށް ގިނަ ޙައްޤުތައް ގެއްލިގެންދާކަން ވަކީލު ފާހަގަ ކުރެއްވިއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޖަލަށް ބަދަލުނުކޮށް، ފުލުހުންގެ ކަސްޓޯޑިއަލްއެއްގައި ބަހައްޓާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަކީލު ވަނީ ހިއްސާ ކުރައްވާފައެވެ.

ވަކީލު ވަނީ 3 ފަހަރެއްގެ މަތިން މާވިންއާ ބައްދަލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ދައުލަތުގެ އިދާރާތަކުގެ ތެރެއިން ފަހިވެފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ދެފަހަރެއްގެ މަތިން ގާޒީ ނެރުއްވި ކޯޓު އަމުރާވެސް ޚިލާފަށް އަދިވެސް މާވިން ހުރީ ކަސްޓޯޑިއަލް ޖަލެއްގައިކަން ވަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް ގާޒީ ވަނީ 15 ދުވަސްތެރޭ އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށް އަމުރު ކުރައްވާފައެވެ.

ވަކީލު ވަނީ މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނީ ޤާނޫނާ ޚިލާފަށް ހުރި ކަންކަން ރަނގަޅު ކުރުމަށްފަހުކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މާވިންއަށް ވަކީލާއި ބައްދަލުކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށްވެސް ވަކީލު ވަނީ އެދިލައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުންގެ އިދާރާގައި ހަމަޖެހިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ފޯމު ހުށައެޅުއްވުމުން މާވިންއާއި ބައްދަލު ކުރެވޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާލިބޭ ފަރާތާއި ވަކީލާ ބައްދަލުވެ، މައްސަލައިގެ ޖަވާބުދާރީވުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ލިބެންޖެހޭނެކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައިވަނީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުންކަމަށް ދައުލަތުންވެސް ފާހަގަކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ ވަކީލާއި މުވައްކިލު ބައްދަލުކުރެއްވުމުގައި ދަތިތަކެއް ހުރިނަމަ އެކަން ޙައްލު ކުރުމަށް ދައުލަތުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާރޗު 15 ގައެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް