Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

ލަމްހާގެ ބަންދު މުރާޖައާ ސިއްރު ކުރުމާމެދު ބޮޑު ބަހުސަކަށްފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދު

21 ފެބުރުއަރީ 2022 | ހޯމަ 06:13

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2022 | ހޯމަ 06:13
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި ހޯމަ ދުވަހު ފުރަތަމަ ކުރިއަށްދިޔައީ އިބްތިދާއީ އަޑުއެހުމެކެވެ.

އިބްތިދާއީ އަޑުއެހުމަށްފަހު ދެން އޮތީ ބަންދު މުރާޖައާ ބައެވެ. އެގޮތުން މި އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ދިފާއުން އެދިފައިވާއިރު، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ކޮން ޙާލަތަކަށް ރިއާޔަތްކޮށް އެދިލައްވާ އެދުމެއްކަން ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ. އެ މާއްދާއަކީ ޝަރީއަތްތައް ސިއްރު ކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެވެ.

މީހަކު ލަދުގަނެދާނެތީ ނުވަތަ މުޖުތަމައުގެ ތެރޭގައި އަގުވެއްޓިދާނެތީ އެ އަޑުއެހުމެއް ސިއްރު ކުރުމެއް ނޯވޭ:

ދިފާއުން ވަނީ 143 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގެ ދަށުން އަދުލު އިންސާފަށް ހުރަސް އެޅޭނެކަމަށް ބަލައި ސިއްރުކޮށްދިނުން އެދިފައެވެ. ނަމަވެސް ދައުލަތުން ވަނީ މި މައްސަލައަށް ނޫސްވެރިން ވަނުމުން އަދުލު އިންސާފަށް ހުރަސް އެޅެނީ ކިހިނެއްތޯ ދައުލަތަށް ސާފު ނުވާކަމަށް ވިދާޅުވެފައެވެ. މިއީ އެ މާއްދާގެ ދަށުން ޝަރީއަތް ސިއްރު ކުރަން ޖެހޭ ޙާލަތެއް ކަމަށް ޤަބޫލު ނުކުރެވޭކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެގޮތުން މީޑިއާގައި ވަކި ގޮތަކަށް ޚަބަރެއް އޮތުމަކީ ގާޒީއަކު އެ ޚަބަރަކަށް ބަލައިގެން އަޑުއެހުން ސިއްރު ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން، ލަމްހާގެ ސިއްޙީ މައްސަލައެއް ހުރިކަމާއި ގުޅޭ ޝަކުވާއެއް އޮތްކަމަށް ކަރެކްޝަންސްއިން ސާފުކުރި މައުލޫމާތުތަކުންވެސް އެނގެން ނެތްކަމަށް ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 143 ވަނަ މާއްދާއަށް ބަލާއިރު، މީހަކު ލަދުގަނެދާނެތީ ނުވަތަ މުޖުތަމައުގެ ތެރޭގައި އަގުވެއްޓިދާނެތީ އެ އަޑުއެހުމެއް ސިއްރު ކުރުން ނުހިމެނޭކަމަށް ވިދާޅުވިއެވެ.

ބަންދު މުރާޖައާގާއި ދައުލަތުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ދިފާއުން ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިތަކާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މިހާރު ހުށައެޅިފައިވާ ލިއެކިއުންތަކުގެ މައްޗަށް އެކަށީގެންވާ ހެކި ހުށައެޅިފައި ނެތްކަމަަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި ސިއްޙީ ޙާލަތާއި ގުޅޭގޮތުން ނޫސްވެރިންގެ ހާޒިރުގައި ވާހަކަ ދެއްކުމަށް އުޒުރުވެރިވެލައްވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެއީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން ފާހަގަކުރިއެވެ. މޭރީގެ ހަށިގަނޑުން އިންޖެކްޝަން ޖަހާފައިވާ ކަމުގެ ނިޝާން ފެންނަން އޮތްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެ ސަބަބުތަކަށް ރިއާޔަތްކޮށް ދައުލަތުން އެދެނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

ލަމްހާގެ މައްޗަށް, އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ހުރިކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ލަމްހާގެ ޒާތީ ކަންކަން ލިއުމުން ހުށައެޅުމުން އެކަމަށް ޝަރީއަތުން ބައްލަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުވާ ލިބޭ މާވިންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެއީ 17 ފެބްރުއަރީގައި ބޭއްވި އަޑުއެހުމެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް