Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 06:02
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ލަމްހާގެ މައްޗަށް މި މައްސަލައާ ގުޅިގެން އުފުލާފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އިތުރު ދައުވާތަކެކެވެ. މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ދައުލަތުން ހުށައަޅާފައިވާ ފޯމާއި ގުޅިގެން އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ދައުލަތުންވެސް ވަނީ ދިފާއަށް އެ ފުރުސަތު ދެއްވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ވުމާއެކު، 21 ފެބްރުއަރީގައި އޮންނަ އަޑުއެހުމުގައި ބަންދާމެދު ތަފްސީލީ ގޮތެއްގައި ވާހަކަދެއްކުމަށް ނިންމަވައި ގާޒީ އެ ދުވަހު ވަނީ ލަމްހާ 4 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. އެ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ, ބަންދާއި ގުޅޭ އަޑުއެހުން ނޫސްވެރިން ނުވައްދައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެ އަޑުއެހުމުގައި ލަމްހާގެ ޒާތީ މައުލޫމާތުތަކެއް ހުރުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. 

ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް:

މި މައްސަލައިގައި 21 ފެބްރުއަރީވީ ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ލަމްހާ ޙާދިސާ ހިނގި ގޭގައި ލަމްހާ 20 މިނެޓް ހޭދަކޮށްފައިވާކަމަށް ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހުށައަޅާފައިވާ ސީސީޓީވީ ފުޓޭޖް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށައަޅާފައިވާ ލިއެކިއުންތައް ލިބިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ނިމުމުން އެ ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓުވެސް ހުށައަޅުއްވާނެ ކަމަށެވެ. އޮޓޮޕްސީއާއެކު ތައްޔާރުކުރި ޓޮކްސިކޮލިޖީ ރިޕޯޓާއި، މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓުވެސް ކޯޓަށް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓު ތައްޔާރު ކުރަނީ ރާއްޖެއިން ބޭރުން ކަމަށާއި، މޭރީގެ ލޭގައި ކެމިކަލްއެއްގެ ބާވަތެއް (Succinylcholine) ހުރިކަމަށް ރިޕޯޓު ތައްޔާރުކުރި ފަރާތުން އަނގަބަހުން އަންގާފައިވާކަމަށް ވިދާޅުވިއެވެ. އެ ރިޕޯޓުވެސް ލިބުމާއެކު ހުށައަޅުއްވާނެކަން ފާހަގަ ކުރެއްވިއެވެ.

ސަކްސިނައިލްކޮލިން އަކީ ހޭނައްތާ ޕްރޮސިޖަރ ތަކަށް ބޭނުންކުރާ އަދި ވަކި މިންވަރަކަށް މީހާގެ ވާގި ނައްތާލުމުގެ ބާރުވެސް ލިބިފައިވާ ކެމިކަލްއެކެވެ.

ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން ފާހަގަކުރިއެވެ. މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާ ކަމުގެ ނިޝާން ފެންނަން އޮތްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވަނީ އެ ރިޕޯޓުތައް ނުލިބޭއިރު، އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ދައުލަތުން ވަނީ ފުލުހުންގެ ފޮރެންސިކް ގެ ވަސީލަތްތައް ހުރިގޮތުންނާއި، މަރުގެ މައްސަލަތަކެއް އެކުއެކީގައި ތަހުގީގު ކުރަން ޖެހުމުން ލަސްތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރަން ބަލާއިރު، ހުރިހާ ހެކިތަކެއް އެއްފަހަރާ ހުށައެޅުމުގައި ދަތިތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

ދައުލަތުން ވަނީ އެ ރިޕޯޓުތައް ލިބުމުން އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދިއުމާމެދު އިއުތިރާޒެއް ނުކުރާކަން ފާހަގަކޮށްފައެވެ. މި ހަފްތާ ތެރޭގައި އެ ލިއުންތައް ކޯޓަށް ހުށައެޅޭނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. ވުމާއެކު ގާޒީވެސް ވަނީ ލިއެކިއުންތައް ލިބުމުން، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގެ ދެން އަޑުއެހުމެއް އޮންނާނީ މާރޗު މަހުގެ 15 ވަނަ ދުވަހުއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު