Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަޙީދު ފިލި މައްސަލަ

އަޑުބަރޭ ޖަލަށްލީ ކޯޓުގެ ޙުރުމަތް ކަނޑައިގެން، އޭނާ ޖާމިނުވި އިޤުރާރަށް ޚިލާފުވެފައިވާތީ ފިޔަވަޅު އެޅުމަށް ދައުލަތުން އެދޭ

އަޑުބަރޭ 15 ދުވަހަށް ޖަލަށް ލާން ޙުކުމްކުރީ 2 ފެބްރުއަރީ 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2022 | އާދީއްތަ 08:15
އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރުކޮށްފައި

އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރުކޮށްފައި

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވި އިޤުރާރާ ޚިލާފުވެފައިވާތީ އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އަލުން އެދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި، އަޑުބަރޭ 15 ދުވަހަށް ޖަލަށް ލާން ޙުކުމްކުރީ 2 ފެބްރުއަރީ 2022 ގައެވެ. ކްރިމިނަލް ކޯޓުގެ ޗިޓާއި ޙަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތަކެއް އަޑުބަރޭގެ ފަރާތުން ފެނިފައިވާތީ އޭނާގެ މައްޗަށް ގާޒީ ޙަސަން ސައީދު ކުރެއްވިޙުކުމުގައިވިދާޅުވެފައިވަނީ އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ބަދަލުގައި ތަކުރާރުކޮށް އަޑުބަރޭ ބުނަމުން ގެންދިޔައީ އޭނާ ޖާމިނުވީ 4 މަހަށް ކަމަށާއި، އެ މުއްދަތުގައި އޭނާ ހާޒިރު ކުރުމަށް ކޯޓުން އަންގާފައި ނުވާ ކަމަށްކަން ގާޒީ ވިދާޅުވިއެވެ. މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަން ފާހަގަކުރައްވައި ގާޒީ ވަނީ މި މުޅި މައްސަލައިގައި އަޑުބަރޭގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، މި މައްސަލަ ކޯޓުގައި ލަސްވެގެންދާ ސަބަބުތަކުގެ ތެރޭގައިވެސް އެކަން ހިމެނޭއިރު، މިއީ އަދުލު އިންސާފަށް ހުރަސް އެޅުންކަމަށް ބެލޭނެ ކަމަށެވެ. ގާޒީ ވަނީ އަލީ ވަޙީދު ފިލައިގެން ހުރުމަށް އަޑުބަރޭ ވާގިވެރިވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި އަޑުބަރޭވެސް ޗިޓް ލިބި ކޯޓަށް ހާޒިރުވެފައިނުވާއިރު، މިއީ ހައްތަހާވެސް ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ގާޒީ ވިދާޅުވިއެވެ. އެފަދަ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އެގޮތުން ގާޒީ ޙަސަން ސައީދު ވަނީ އަޑުބަރޭ ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި، އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.

އެހެންނަމަވެސް އޭރުވެސް ދައުލަތުން އޮތީ އަޑުބަރޭ ޖާމިނުވި އިޤްރާރާ ޚިލާފުވި މައްސަލައިގައިވެސް ފިޔަވަޅު އަޅުއްވައިދެއްވުމަށް ސިޓީއަކުން އެދިފައެވެ. އެ ބާވަތުގެ ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ. ނުވަތަ 2 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމާއި، 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޖާމިނުވި އިޤުރާރާ ޚިލާފުވެފައިވާތީ އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އަދިވެސް ޕީޖީ އޮފީހުން އެދޭ ކަމަށެވެ.

އަލީ ވަޙީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލީ 4 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވާނެކަމަށް ބުނެ، އެކަމުގެ ޔަޤީންކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ކުރުމުންނެވެ. 

އަލީ ވަޙީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު