Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިޔާ މަސްރަހު

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ އިގްތިޞާދީ ގޮތުން ވަރުގަދަ އަގެއް އަދާކުރަންޖެހޭނެ: ކަމަލާ ހެރިސް

20 ފެބުރުއަރީ 2022 | އާދީއްތަ 02:23

ކަމަލާ ވިދާޅުވީ ބޯޑަރުތަކަކީ ގަދަ ބާރުން ބަދަލުކުރެވިގެންވާނެ އެއްޗެއް ނޫންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ފެބުރުއަރީ 2022 | އާދީއްތަ 02:23
އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ޖަރމަނުގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ވާހަކަދައްކަވަނީ

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ޖަރމަނުގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ވާހަކަދައްކަވަނީ

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދީ ޔޫކްރެއިންއަށް އަރައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިޔާ އާ ދެކޮޅަށް އިގްތިޞާދީ ގޮތުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

ޖަރމަނުގެ މިޔުނިކްގައި ކުރިޔަށްދާ ސެކިޔުރިޓީ ކޮންފެރެންސްގައި ވާހަކަދައްކަވަމުން ކަމަލާ ވިދާޅުވީ ބޯޑަރުތަކަކީ ގަދަ ބާރުން ބަދަލުކުރެވިގެންވާނެ އެއްޗެއް ނޫންކަމަށެވެ. ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ކަމަލާ ވިދާޅުވިއެވެ.

އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިޔާ އާ ދެކޮޅަށް އަޅާނެ އިގްތިޞާދީ ފިޔަވަޅުތައް މިހާރު ވަނީ ކަނޑައަޅާފައިކަމަށް ކަމަލާ ވިދާޅުވިއެވެ. ޓަރގެޓް ކުރާނީ ރަޝިޔާގެ އެންމެ މައި އިންޑަސްޓްރީ ތަކާއި ފައިނޭންޝަލް އިދާރާތަކަށްކަމަށް ކަމަލާ ވިދާޅުވިއެވެ.

އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށާއި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައެޅިފައި ކަމަށް ކަމަލާ ވިދާޅުވެފައި މިވަނީ ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަކުރާރުކޮށް ރަޝިޔާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވުމަށްފަހުއެވެ. އަޅާނެ ފިޔަވަޅުތައް މިހާތަނަށް އައިއިރު މިމިންވަރަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ތިލަކޮށްފައެއްނުވެއެވެ.

މިކޮންފެރެންސްގެ ތެރެއިން ކަމަލާ ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ބައްދަލުކުރައްވާ މަސްރަހާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިން ވަށާލާފައިވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ކަމަލާ ވަނީ ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ދިފާއުކޮށްދިނުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވާ ހާމަކުރުން ތަކުރާރުކުރައްވާފައެވެ. އަދި ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދީފިނަމަ ނުވަތަ އަރައިފިނަމަ ކަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން މަސްރަހުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިމައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމުގެ މުހިންމުކަމާއި މަސްރަހު ފިނިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަކުރެއްވުން 45 މިނެޓަށް ދިގު ދެމިގެންދިޔަކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

މީގެއިތުރުން މިކޮންފަރެންސްގެ ހަވާސާ ތެރެއިން ކަމަލާ ވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސަލާ އާއި ގްރީކްގެ ބޮޑުވަޒީރު އަދި ޖަރމަނުގެ ޗާންސެލަރ އާވެސް ބައްދަލުކުރައްވާ ޔޫކްރެއިންގެ މަސްރަހާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރަޝިޔާއާ ދެކޮޅަށް އިގްތިޞާދީ ގޮތުން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޔުކްރެއިންރަޝިއާއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް