Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ކޭންގެ ސޮއި ހޯދަން ސިޓީން މަސައްކަތް ކުރި: ގާޑިއޯލާ

19 ފެބުރުއަރީ 2022 | ހޮނިހިރު 11:19

ކޭންގެ ސޮއި ހޯދުމަށް ސިޓީން ތިން ފަހަރެއްގެ މަތިން ވަނީ މަސައްކަތް ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 ފެބުރުއަރީ 2022 | ހޮނިހިރު 11:19
މިދިޔަ ސީޒަނުގައި ޓޮޓެންހަމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހެރީ ކޭން

މިދިޔަ ސީޒަނުގައި ޓޮޓެންހަމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހެރީ ކޭން

މި ސީޒަނުގައި ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންގެ ސޮއި ހޯދުމަށް މެންޗެސްޓާ ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، އެކަމަކު ޓޮޓެންހަމުން އޭނާ ވިއްކާލަން ބޭނުންނުވީ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކޭންއަކީ މި ސީޒަން ފެށުމުގެ ކުރިން ސިޓީން ގަންނަން އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިޔާއެވެ. ކޭން ގަތުމަށް ސިޓީން ތިން ފަހަރެއްގެ މަތިން ބިޑް ކުރިނަމަވެސް ޓޮޓެންހަމުން ވަނީ އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ. ސިޓީގެ ވާދަވެރި ކުލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް ކޭންގެ ސޮއި ހޯދުމަށް މަސައްކަތް ކުރިއެވެ.

ގާޑިއޯލާ ބުނީ ކޭން ގަތުމަށް ސިޓީން އެތަށް ފަހަރެއްގެ މަތިން މަސައްކަތްކުރި ކަމަށެވެ. އެކަމަކު ސިޓީން ދެން ކޭން ހޯދުަމަށް މަސައްކަތް ކުރުމަކީ ވުން ގާތް ކަމެއް ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ކޭން ވިއްކާލަން ބޭނުންނުވީ ޓޮޓެންހަމުން ކަމަށާއި، ސިޓީން ކޭން ގަތުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. ކޭން ނެތް ކަމުގައި ވިޔަސް ސިޓީން މިވަގުތު ލީގުގައި އޮތީ އޭނާ ހިތްހަމަ ޖެހޭ ހިސާބެއްގައި ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ކޭންގެ ސޮއި ސިޓީއަށް ނުހޯދެވުމުން ގާޑިއޯލާ އާއި ސިޓީގެ މެނޭޖުމަންޓާއި ދެމެދު ހިތްހަމަ ނުޖެހުންތަކެއް އޮތްކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަމާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ ކުލަބުގެ ބާރު ހުންނަ ކަންކަން އަބަދުވެސް ކުލަބުން ކުރަމުން އަންނަ ކަމަށެވެ. އަދި ޓްރާންސްފާ މާކެޓުގައި ހިނގާ ކަންކަމަކީ ކުލަބުގެ ބާރު ފޯރުވޭ ވަރަށްވުރެ އެހެން ބަޔެއްގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

މެންޗެސްޓާ ސިޓީން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެކުލަބަށް ގެނައި ކުޅުންތެރިއަކީ ރިވަ ޕްލޭޓްގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒްއެވެ. މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން އަލްވަރޭޒް ހުންނާނީ ރިވާ ޕްލޭޓްގައެވެ. އޭނާ އަކީ އާޖެންޓީނާ މީޑިއާ އިން ސިފަކުރާގޮތުގައި މުސްތަގުބަލުގައި އާޖެންޓީނާގެ އެއް ވަނަ ފޯވާޑެވެ.

ޕެޕް ގާޑިއޯލާހެރީ ކޭންމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް