Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަން ރާއްޖޭގައި ނުކުރެވޭނޭ ބުނި، ނަމަވެސް އަޒުމަކަށް ބަދަލެއް ނާދޭ!

އެންމެ ފުރަތަމަ ކުރުނބާ މޯލްޑިވްސްގައި ހެދީ ވަރަށް އާދައިގެ 30 ކޮޓަރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ފެބުރުއަރީ 2022 | ބުދަ 08:53
ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގެ ތެރެއިން

ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގެ ތެރެއިން

ރާއްޖޭގެ ފަތުވެރިކަމަށް ބައިގަރުނު ފުރިފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ ވަރަށް ތަފާތު ގޮތަކަށެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުމަށް ވިސްނުންފުޅެއް ނުގެން ގުޅުއްވައެވެ. އެއީ ޔޫއެންޑީޕީން ނެރުނު ރިޕޯޓުގައި ރާއްޖޭގައި ފަތުރުވެރިކަން ނުކުރެވޭނެ ކަމަށް ލިޔެފައި އޮތުމުންނެވެ.

ނަމަވެސް މި ރިޕޯޓަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ، މުހައްމަދު އުމަރު މަނިކާއި އަހްމަދު ނަސީމާއި ހުސެއިން އަފީފު ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތް ފެށިގެން ދިޔައީ 1971 ވަނަ އަހަރު ސްރީލަންކާ އިން ޖޯޖް ކޯބިން އާއި ބައްދަލުވުމުންނެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ކޯބިން ވިދާޅުވީ، ރާއްޖެ ސިފަ ކުރެވިގެން ދިޔައީ މި ބިންމަތީގެ ސުވަރުގޭގެ ގޮތުގައި ކަމަށެވެ. 1972 ވަނަ އަހަރު ކޯބިން އާއި ގުޅިގެން މި ތިން ބޭފުޅުން ފަތުރުވެރިންގެ ގްރޫޕެއް ރާއްޖެއަށް ގެނައެވެ. އެންމެ ފުރަތަމަ އެ ގްރޫޕް އައިސް ތިބީ މާލޭގައި ލަކްސްވުޑް، މާގިރި، ކަނީރު ވިލާ ގޭގައެވެ. އަދި ކޮންމެ ދުވަހަކު އެކި ރަށްތަކަށް އެމީހުން ގެންދިޔަ ކަމަށާއި އެ ދަތުރުގައި ނޫސްވެރިޔަކު ހުރި ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ. އެ ނޫސްވެރިޔާ ރާއްޖޭގެ ވާހަކަތައް ނޫހުގައި ޖެހުމުން ރާއްޖެ އިޝްތިހާރު ވެގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖެއަކީ އަބަދުވެސް ރީތި މަންޒިލެއްކަން އެނގޭ ކަމަށާއި އެ ގްރޫޕް އައުމުން މިއީ ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ކުރެވުނު ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.

ކުރުނބާ ރިސޯޓު އެންމެ ފުރަތަމަ ހުޅުވުނު ގޮތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މަނިކު ވިދާޅުވީ ފަތުރުވެރިންގެ އެ ގުރޫޕް ރާއްޖެއިން ދިޔުމުން ރަށެއްގައި 30 ކޮޓަރި އެޅުމަށް ޖޯޖް ކޯބިން ޚިޔާލު ދިން ކަމަށެވެ. އޭރު ހުރިހާ ރަށްތައް ބެލިއިރު ކޯބިންނަށް އެންމެ ކަމުދިޔައީ ކުރުނބާ މޯލްޑިވްސް (ވިހަމަނާފުށި) ކަމަށް މަނިކު ވިދާޅުވިއެވެ. އެއަށްފަހު އެރަށް ނަގާ، ކޮޓަރިތައް ވެސް ހެދީ ރާނާ، ތަރުފާލު އަޅައިގެންނެވެ. އަދި އޭރު ބްލޮކެއްގައި ހުންނަނީ ތިން ކޮޓަރިއެވެ.

މަނިކު ވިދާޅުވީ ކުރުނބާ ހުޅުވުމަށް އުޅުއްވިއިރު އެ ތިން ބޭފުޅުން ވެސް އޭރުގެ ސަރުކާރުން ބަންދު ކުރި ކަމަށެވެ. މަނިކު އެއްއަހަރު ދުވަހު ބަންދުގައި ހުންނެވިއިރު ކުރުނބާ ހުޅުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ނަސީމުގެ ދައްތަކަމަށް މަނިކު ވިދާޅުވިއެވެ.

ތަން ހުޅުވުމަށްފަހު ނަސީމާއި އަފީފާއި މަނިކު އެކުގައި މަސައްކަތް ކުރެއްވިއެވެ. މަނިކު އޭރު އުޅުއްވީ ރޫމް ބޯއީއަކަށާއި އެފްއެންޑްބީ ކަންތައްތައް ކުރެއްވުމަށެވެ. އޭގެ ފަހުން ރައީސް މައުމޫން ވެރިކަމުގައި ކުރުނބާ ސަރުކާރަށް ނެގި ކަމަށާއި ނީލަމަށްލި ކަމަށް ވެސް މަނިކު ވިދާޅުވިއެވެ. އެއަށްފަހު ބިޑަކުން އަނެއްކާވެސް ކުރުނބާ ގަނެ، އަލުން ތާޅުލުމަށްފަހު އެތަން ހުޅުވީ ފަސް ތަރީގެ ހޮޓަލެއްގެ ފެންވަރަށެވެ.

މަނިކު ވިދާޅުވީ އެންމެ ފުރަތަމަ ކުރުނބާ ހުޅުވިއިރު 12 ނުވަތަ 23 ޑޮލަރަށް ކޮޓަރިއެއް ވިއްކަމުން ދިޔަ ކަމަށާއި ފަހުން ތަން ހުޅުވިއިރު ކޮޓަރިއެއްގެ އަގު 120 ޑޮލަރަށް އަދި 150 ޑޮލަރަށް އަގު އަރައިގެން ދިޔަ ކަމަށެވެ.

ރިސޯޓު ހުޅުވިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ރިސޯޓަށް ބޭނުންވާ ކާއެއްޗެހި ހޯދުމަށާއި އެގޮތުން އޭރު ރިސޯޓަށް ބޭނުންވާ ކުކުޅާއި ތަރުކާރީ ގެނައުމަށް ސިލޯނުން ބޯޓެއް ޗާޓަރުކޮށްގެން ވެސް ގެންނަން ޖެހޭ ފަހަރު ދިޔަކަމަށް މަނިކު ވިދާޅުވިއެވެ. އެތަނަށް މުވައްޒަފުން ނެގި ގޮތުގެ ތަފްސީލު ދެއްވަމުން މަނިކު ވިދާޅުވީ އޭރު 30 ވަރަކަށް މުވައްޒަފުން ވަޒީފާއަށް ނަގައި ތަމްރީނު ކުރީ ވެސް އެތަނުގައި ކަމަށެވެ.

ރާއްޖެ މާކެޓް ކުރުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ޔޫރަޕްގެ ހުރިހާ ޤައުމަކަށް ދަތުރުކޮށް، އެންމެ ފުރަތަމަ އައިޓީބީ ފެއަރއަށް ވަޑައިގެންނެވީ ވެސް މަނިކު ކަމަށް އޭނާ ވިދާޅުވިއެވެ.  

ރާއްޖެއަށް ފަތުރުވެރިކަން ޖޯޖް ކޯބިންގެ ސަބަބުން ފެށިގެން ދިޔަ ނަމަވެސް މި ސިނާއަތް އޭރު ކުރިއަރުވާ ހިންގަން ތިބީ މުހައްމަދު އުމަރު މަނިކު ފަދަ ބޭފުޅުންނެވެ. އުމުރުން އެންމެ 28 އަހަރުގައި މި ސިނާއަތަށް ނިކުންނަވާ ސާބިތުކަމާއެކީގައި ދެމި އެ ހުންނެވީ ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2017

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!
08 ނޮވެމްބަރު 2017

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!
19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
13 ސެޕްޓެމްބަރު 2017

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު