Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ މަޝްރަހު

ޔޫކްރެއިންގެ މައްސަލައާއި ގުޅޭގޮތުން ބައިޑަން އާއި ޕުޓިން ގަޑިއިރަކަށްވުރެ ގިނައިރު މަޝްވަރާކުރައްވައިފި

ބައިޑަން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ފެބުރުއަރީ 2022 | އާދީއްތަ 03:27
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ޔޫކްރެއިންގެ މައްސަލަ އާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ދެބޭފުޅުން ގަޑިއިރަކާއި ދެމިނެޓްގެ ވީޑިއޯ ކޯލެއް ކުރައްވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

މިވީޑިއޯ ކޯލުގައި ބައިޑަން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އަދި އެކަމާއި ގުޅިގެން ރަޝިޔާގެ ދެމިއޮތުމަށް އަސަރުތަކެއްކުރާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ވައިޓް ހައުސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިމައްސަލައިގައި އެމެރިކާއިން ޑިޕްލޮމެޓިކް އުސޫލުތައް ގެންގުޅެމުންދާނެ ކަމަށާއި ހަމައެއާއެކު މަޝްރަހު ބަދަލުވެގެންދާ އިތުރު ގޮތްތަކަށްވެސް ތައްޔާރުވެފައިވާ ކަމަށެވެ.

ވާހަކަތަކާއި ގުޅޭގޮތުން ރަޝިޔާއިން ބުނީ މަޝްރަހު ހޫނުކުރުމަށް އެމެރިކާއިން މަސައްކަތްތައް ކުރަމުންދާކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައިވެސް ބައިޑަން އާއި ޕުޓިން މިމައްސަލައިގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާއިން ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމެރިކާއަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާލާއިރު ރަޝިޔާ އޮތީ ޔޫކްރެއިންއަށް ކޮންމެ ގަޑިއެއްގައި އެރުމަށްވެސް އަސްކަރީ ގޮތުން ތައްޔާރަށްކަމަށެވެ. ޔޫކްރެއިނަށް އެރުމުގެ އަސްކަރީ ހުރިހާ ޤާބިލުކަމެއް ރަޝިޔާގައި އެބަހުރިކަމަށް ޖޭކް ވިދަޅުވިއެވެ.

ރަޝިޔާއިން ވަނީ ފާއިތުވި ހަފްތާތަކުގައި ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެއްލައްކަ ސިފައިން ބައިތިއްބާފައެވެ. އަދި ބްލެކް ސީ ސަރަހައްދުގައި އަންނަނީ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިން އަށް އަރާނެކަމަށް ދެކެވޭ ވާހަކަތައް އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ނަމަވެސް ސަލާމަތީ ގޮތުން ކަންތައްތަކެއް ކަށަވަރުކުރަން ބޭނުންވެ އެކަންކަން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ޔޫކްރެއިނުން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށް އަންނަނީ އެދެމުންނެވެ.

އަނެއްކޮޅުން އެމެރިކާއިން ވަނީ އެޤައުމުގެ 3000 ސިފައިން ޕޮލެންޑްގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭހަށް ފޮނުވާފައެވެ. މިއީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވާ 8500 ސިފައިންނަށްވުރެ އިތުރަށް އެމެރިކާއިން އެސަރަހައްދަށް ފޮނުވާފައިވާ ސިފައިންނެވެ.

ޔުކްރެއިންއެމެރިކާރަޝިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު