Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާއީ މައްސަލަތައް ތާވަލުކުރުން

މިދިޔަ މަހު ރާއްޖޭގެ 55 އިންސައްތަ ކޯޓުގައި ޖިނާއީ އެއްވެސް މައްސަލައެއް ތާވަލެއް ނުކުރޭ

ކޯޓުގެ ބަޔާންތައް ލިޔަނީ ހަމައެކަނި ޓައިޕިންގ ޕޫލްގައި ކްރިމިނަލް ކޯޓުގެ ފަރާތުން ރަޖިސްޓަރ ވި 4 މުވައްޒަފުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 09:20
ކްރިމިނަލް ކޯޓް- އެކި ސަބަބުތަކާހުރެ 540 އަޑުއެހުން ކެންސަލްވެފައިވާއިރު، އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓުގައި

ކްރިމިނަލް ކޯޓް- އެކި ސަބަބުތަކާހުރެ 540 އަޑުއެހުން ކެންސަލްވެފައިވާއިރު، އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓުގައި

މިދިޔަ މަހު 107 ކޯޓެއްގައި ޖިނާއީ އެއްވެސް މައްސަލައެއް ތާވަލުކޮށްފައިނުވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ޝާއިއު ކުރައްވާފައިވާ މައުލޫމާތުގައެވެ. ޝަމީމް ހާމަ ކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިމިދިޔަ ޖެނުއަރީ 2022 ގައި، ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ޝެޑިއުލް ކޮށްފައިވަނީ ޖުމްލަ 87 ކޯޓުގައެވެ. އެއީ 1001 އަޑުއެހުންކަމަށް ޝަމީމް ވިދާޅުވިއެވެ. ރާއްޖޭގައި 194 ކޯޓު ހުންނައިރު، 55 އިންސައްތަ ކޯޓުގައި އެއްވެސް ޖިނާއީ މައްސަލައެއް ތާވަލުކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރެއިން ކޮންމެ އަޑުއެހުމަކަށްވެސް ޕީޖީ އޮފީހުގެ ވަކީލަކު ޢައްޔަނު ކުރެވިފައިވެއެވެ. އޭގެ ތެރެއިން ކުރިއަށް ގެންދެވިފައިވަނީ 461 އަޑުއެހުންކަމަށް ޕީޖީ ވިދާޅުވިއެވެ. އެކި ސަބަބުތަކާހުރެ 540 އަޑުއެހުން ކެންސަލްވެފައިވާއިރު، އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓުގައިކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެންމެ ގިނަ ކޯޓުގައި އެއްދުވަހާ މަސައްކަތް ހިނގީ 24 ޖަނަވަރީ ގައި ކަމަށްވެސް ޝަމީމް ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ދުވަހު ތަފާތު 20 ކޯޓެއްގައި، 49 އަޑުއެހުން ތާވަލުކޮށްފައިވީ ނަމަވެސް، އެ ދުވަހުވެސް ބޭއްވުނީ 15 އަޑުއެހުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ ދުވަހުގެ 34 އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

ރާއްޖޭގެ 107 ކޯޓެއްގައި އެއްވެސް ޖިނާއީ މައްސަލައެއް ތާވަލުކޮށްފައި ނުވި ނަމަވެސް، އެ ކޯޓުތަކަށްވެސް ދައުލަތުން ބޮޑު ޚަރަދުތައް ކުރާއިރު، އެ ކޯޓުތައް ނިސްބަތްވާ ރަށްރަށުގައިވެސް ޖިނާއީ މައްސަލަތައް ފެންމަތިވެއެވެ. އަދި އެފަދަ ކޯޓުތަކުގައި ތިބޭ މުވައްޒަފުން އެހެން ކޯޓުތަކުގެ މަސައްކަތްތަކަށް ބޭނުން ކުރެވިދާނެކަމަށް ގިނަ ބަޔަކު ބުނެއެވެ. މިސާލެއްގެ ގޮތުން ބަލާއިރު، 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރާ ސެކްޝަންތަކުން 2787 އަޑުއެހުން ރެކޯޑު ކޮށްފައިވެއެވެ. އެ އަޑުއެހުންތަކުގެ ދިގުމިން 1597 ގަޑިއިރަށް އަރައެވެ. އަދި 2036 ބަޔާން ލިޔެފައިވާއިރު، އެ ބަޔާންތަކާއި ގުޅޭ ރެކޯޑިންގ ތަކުގެ ދިގުމިން 1132 ގަޑިއިރަށް އަރައެވެ. މި މަސައްކަތް ކުރުމަށް އަތޮޅުތެރޭގައި މަސައްކަތްތައް ނުހިނގާ ކޯޓުތަކުގެ މުވައްޒަފުން ބޭނުން ކުރެވިދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2021 ވަނަ އަހަރު ވަނީ އެ މަގުން މަސައްކަތް ކުރެވޭނެ އުސޫލެއް ޤާއިމު ކޮށްފައެވެ. އެ އުސޫލުގެ ދަށުން ރަށްރަށުގެ ކޯޓުތަކުގައި ތިބޭ މުވައްޒަފުން މަތީ މަރުޙަލާގެ ބައެއް ކޯޓުތަކުގެ ބަޔާންތައް ލިޔުންފަދަ ކަންކަމަށް އެކުލަވާލާފައިވާ "ޓައިޕިންގ ޕޫލް" ގައި ރަޖިސްޓަރުވުމަށް ވަނީ ދަފްތަރެއް އެކުލަވާލާފައެވެ. އެ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތައް ކޯޓުތަކަށް ކަނޑައަޅަނީ ޑީޖޭއޭއިންނެވެ. އެގޮތުން ކްރިމިނަލް ކޯޓަށްވެސް 10 މުވައްޒަފުން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި އަތޮޅުތެރޭގެ ކޯޓުތަކަށް ނިސްބަތްވާ 6 މުވައްޒަފުން ހިމެނެއެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓަށް ރަށްރަށުން ކަނޑައަޅާފައިވާ މުވައްޒަފުން މިހާތަނަށްވެސް އެއްވެސް ބަޔާނެއް ލިޔެފައިނުވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ކްރިމިނަލް ކޯޓުން ވަނީ ޑީޖޭއޭގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ކޯޓުގެ ބަޔާންތައް ލިޔަނީ ހަމައެކަނި ޓައިޕިންގ ޕޫލްގައި ކްރިމިނަލް ކޯޓުގެ ފަރާތުން ރަޖިސްޓަރުވި 4 މުވައްޒަފުން އެކަނިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޯޓުގެ އެއްވެސް ބަޔާނެއް ނުލިޔުނު ނަމަވެސް، އެ ފަރާތްތައް މިހާރުވެސް ޑީޖޭއޭގެ ޓައިޕިންގ ޕޫލްގެ ދަފްތަރުގައި ވަނީ ރަޖިސްޓަރުވެފައެވެ.

ޕީޖީ އޮފީސްކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު