Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނާތުގެ މައްސަލަ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ފެބުރުއަރީ 2022 | ބުރާސްފަތި 08:12
 ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް

ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް

ވ އާރަށް ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރަނގަޅު އެއްޗެއް ދީގެން" ކަމަށް ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވެފައިވާކަމަށް ހެކިންގެ ހެކިބަސްތަކުން އެނގޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާފު ކޮށްދީފައެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އިއްވައި ދައުވާ ސާފުކޮށްދީފައެވެ. މި މައްސަލައިގައި ޔޫސުފް ނަޢީމްގެ މައްޗަށް ކުރާ ދަޢުވާއަކީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދައުލަތުން އިއްވާފައިވާ ދައުވާ ސާފުވާކަމަށް ޔޫސުފް ނައީމްގެ ފަރާތުން ވަނީ ވިދާޅުވެފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި ޔޫސުފް ނައީމްގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުން އޮންނާނެއެވެ.

މި އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ދައުވާ ސާފުނުވާކަން ބަޔާންކޮށް ދިފާއީ ވަކީލުން ވަނީ ރައީސް ޔާމީނު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނަންގަވާފައިވާކަން ސާފުނުވާކަމަށް ވިދާޅުވެފައެވެ. އެ ނުކުތާއަށް ޖަވާބުދެމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ވ އާރަށް ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރަނގަޅު އެއްޗެއް ދީގެން" ކަމަށް ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވިދާޅުވެފައިވާކަމަށް ހެކިންގެ ހެކިބަސްތަކުން އެނގޭކަމަށެވެ. ވުމާއެކު، އެ ފައިސާއަކީ ރައީސް ޔާމީނު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި ހޯއްދެވި ފައިސާކަން އެނގޭކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ޚުދު ރައީސް ޔާމީނު އަހުމަދު އަދީބަށް ގުޅުއްވައި ޔޫސުފް ނައީމަށް އެ ރަށް ދެއްވުމަށް ދަންނަވާފައިވާކަންވެސް ހެކިތަކުން އެނގޭކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.

ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކް ދާ ކުޑަރަށެކެވެ. އެ ރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ. އޮގަސްޓް 2015 ގައި ތަސްމީންގެ އަތުން އެރަށް އަތުލައި، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށް ހަވާލުކޮށްފައިވަނީ ޔޫސުފް ނަޢީމްއާއެވެ.

ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ޔޫސުފް ނަޢީމަށް އެރަށް ހަވާލުކުރިތާ އެއް މަސްތެރޭގައި ބޭރުގެ ކުންފުންޏަކަށް ރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާކަމަށް ވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު