Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނު އަސާސީއާ ހިލާފުވުން

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025 | ބުދަ 04:23

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ގާނޫނު އަސާސީއާ ހިލާފު

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2025 | ބުދަ 04:23
ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ރައްޔިތުން ތަބާވާން ނުޖެހޭނެ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކޮށް، ތަސްތީގު ކުރި ނަމަވެސް އެއީ ފެހި ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށާއި، އެއަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ.

އެ ގާނޫނަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ ގާނޫނަށް ވުރެ އެއްވެސް ބޭފުޅަކަށް މަތިނުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަކީ ވެސް ގާނޫނަށް ތަބާވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ ކަމަށެވެ.

ދެން ރައީސުލްޖުމްހޫރިއްޔާ މި ބުނަނީ ވަރަށް ބާރުލާފައި ހުރިހާ އެންމެން ޖެހޭނޭ ގާނޫނު އަސާސީއަށް ތަބާވާން. ކޮން ގާނޫނު އަސާސީއަކަށްތޯ އޭނާ ތަބާވަނީ ފުރަތަމަ ބަލަންޖެހޭނީ. މިހާރު ވެރިކަމުގައި އެހުރި މީހާއަށް ވަކިން އެހެން ކުލައެއްގެ ގާނޫނު އަސާސީއެއް އޮތީތޯ. ހަމަ ގައިމު ވެސް އޭނާ ގާނޫނު އަސާސީއަކަށް ތަބައެއް ނުވޭ. ގާނޫނު އަސާސީއަށް ތަބާވާނަމަ ސުޕްރީމް ކޯޓުގައި މައްސަލައެއް ކުރިއަށް ގޮސް އޮއްވާ މައްސަލާގެ ތެރެއިން ބެންޗު ބަދަލުކޮށްފައި އަދިވެސް އެމައްސަލަ އޮތީ ޕާކު ކޮށްފައި. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ތަބާވާނަމަ މިހާރު ވެސް އޭސީސީގައި އެއޮތީ 17 މައްސަލައެއް އޭނާގެ. އެމައްސަލަތައް އޮއްބާލާފައި ނުބޭއްވޭނެ. ކޮބާ ގާނޫނު. ރިހާކުރު ފުޅިއަށް ގާނޫނު ހިނގާ. މީނާގެ 17 މައްސަލައަށް ގާނޫނު ނުހިނގާ. ކޮބާ އިންސާފަކީ. އެހެންވީމަ ރައްޔިތުން އެވާހަކަ ދައްކާނެ. މިހާރު މިއީ ކުރީ ޒަމާނެއް ނޫން. ރަށްރަށަށް ދިޔާމަ މިހާރު ޖޯކު ޖަހާނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ކާޕެޓް އަޅައިގެން ވަށައިގެން ބޭރުގައި ދެބަރިއަށް މީހުން އެތުރި ޒަމާނެއް ނޫން މިހާރު މިއީ. މީނާ މިއުޅެނީ ނުބައި ޒަމާނެއްގައި ވެރިކަަމަށް އައިސްފައި އެކަމަކު ވެރިކަން ކުރަން ބޭނުންވީ 2008 ގެ ކުރީގެ ހިނގިބާވަތުގެ ވެރިކަމެއް ކުރަން ހިތުނިއަތް ގަނެގެން މިތިބީ.''
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

އިބްރާހިމް ރަޝީދު ވިދާޅުވީ އިހުތިރާމާއި، ރައްޔިތުންގެ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުންގެ ފަރާތުން އެ ހޯދޭނީ ރައްޔިތުންނަށް ވެސް އެ ލޯތްބާއި އިހުތިރާމް ދީގެން ކަމަށެވެ. އަދި ގާނޫނަކުން މަޖުބާރުން ނުހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވީ އޭރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކަމަށާއި، ނަމަވެސް މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ފަދައިން އެންމެން އެކައްޗެއް ކިޔައިގެން މިގައުމާ ރައްޔިތުން މިކަމުން ސަލާމާތްވާން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުއިބްރާހިމް ރަޝީދުޤާނޫނުއަސާސީމީޑިއާ ބިލު ފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް