Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ގައުމު އިހުއޮތް ގޮތަށް ބަދަލުކުރުމަށް ރައީސް މުއިއްޒު ޤައުމުގެ ހުރިހާ ބާރުތަކެއް ވަނީ އަމިއްލަ މުށުތެރެއަށް ލައްވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:22
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ އަދަބު އަޚްލާގުގެ ވާހަދައްކަވަން ރައީސް މުއިއްޒު ލަދުގަންނަން ޖެހޭ ކަމަށް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ އަދަބު އަޚްލާގުގެ ވާހަދައްކަވަން ރައީސް މުއިއްޒު ލަދުގަންނަން ޖެހޭ ކަމަށް

މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ދައްކަވަން ލަދުގަންނަން ޖެހޭ ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ މާލިއްޔަތަށް ބޮޑުތަނުން އިހުމާލެވަފައިވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް މުއިއްޒުގެ އަމަލުފުޅުތައް ހުންނަ ގޮތުން އިހު އޮތް ޚުދުމުހުތާރު ކަމަށް ގައުމު އަނބުރާ ގެންދަން އުޅޭ ކަމަށް ސިފަ ކުރެވެން ފަށާފައިވާ ކަމަށާއި އެ ވިސްނުމުގައި މިހާރު ވެސް ގައުމުގެ ހުރިހައި ބާރުތަކެއް އޮތީ ރައީސް މުއިއްޒުގެ މުށުތެރެއަށް ލާފައި ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ހުރިހާ ބާރުތަކެއް މުށުތެރެއަށް ނަންގަވައިގެން ހުރެމެ، ރަށްޔިތުންނަށް އަދަބު އަޚުލާގާއި ރިވެތި އުސޫލޫތަކޭ ވިދާޅުވެ ވާހަދައްކަވާއިރު، އެމަނިކުފާނަކީ އެ ވިދާޅުވާ އަދަބު އަޚުލާގެއްގެ ޒައްރެއްގެ މިންވަރުވެސް ހުރި ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު ރައްޔިތުންގެ ގާތުގައި އަމިއްލަ ފުޅަށް ވެސް ވިދާޅުވަމުން އެ ގެންދަވަނީ އެ ވާހަކަފުޅުކަމަށް ވެސް އޭނާ ވިދާޅުވީ އެވެ.

ހަމަ ގައިމުވެސް ތެދުވެރިކަމެއް ނެތް. މަކަރު ހަދާ. ދޮގު ހަދާ، ހީލަތްތެރި އެއް. މުޅި ދުނިޔޭގައި ވެސް އެ ބޭފުޅާ ދަންނަ ބޭފުލަކަށް ވެއްޖެއްޔާ އެ ނޫންގޮތަކަށް ނޫން ގޮތަކަށް މާނަކުރެވޭނޭ ހނެއް ވެސް ހިޔެއް ނުވޭ.. އަދި އިންތިހާއަށް ރައްޔިތުންގެ ހައްގުތަކަށް އެބަ އަރައިގަނޭ. އެންމެ ބޮޑު އެއް ހައްގަކީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލު ވުން. ހަރާމްކޯރުވުން. ޚާއްސަކޮށް ބައިތުލްމާލަށް ވާނުވާ ނޭންގުން. ޓެކްސް ފައިސާއެއީ. މިއަދު ކޮންމެ ރައްޔިތަކު ގަންނަ ކޮންމެ އެއްޗަކުން ދައުލަތަށް އެބަ ދެން. އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކާއި ޚިދުމަތް ތަކަށް ޓެކްސްގެ ގޮތުގައި ފައިސާ. އެލާރިއަށް ވައްކަން ކޮށްފަ ދެން ރާއްޖެ އިހު އޮތް ގޮތަށް ބަދަލުކުރާށޭ، އަޚުލާގު ރަނގަޅު ކުރާށޭ ރީތި ދިރިއުޅުމެއް އުޅެން ބޭނުމޭ ކިޔައިގެން ރައީސް މުއިއްޒު އެވާހަދައްކަވާނޭ ކަމެއް ނެތް.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

މީގެ އިތުރުން ޝިފާޒް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަންތައް ކުރައްވާ ގޮތަކީ ސަރުކާރުގެ ކަންކަން ބޮއްސުންލައިގެން ގޮސް ރައްޔިތުން ރުޅިގަދަވެގެން މަގުމައްޗަށް ނުކުމެ އަޑު އުފުލަން ފެށުމުން މީގެ ކުރިން ވައުދުވެވަޑައިގެން ނުކޮށް ހުރި ކަންކަން ކޮށްދެއްވާނޭ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މުޒާހަރާއާއި ގުޅިގެން ފަސް ހަފްތާގެ ތެރޭގައި ވިޔަފާރި ކުންފުނުތަކަށް ނުދެވި ހުރި ފައިސާ ދެއްވާނޭ ކަމަށް ރައީސް ވިދާޅުވި ކަން ޝިފާޒް ފާހަގަކުރެއްވި އެވެ. އަދި އެފައިސާ ވެސް ކުންފުނިތަކަށް ދެއްވަން ވިސްނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ބޭނުމަށް ކަމިޝަނެއްގެ ގޮތުގައި އެ ފައިސާއިން 15 އިންސައްތަ ނެގުމަށް ފަހުގައި ކަމަށް އެނގިފައިވާ ކަމަށެވެ.

ކަންމިހެން ހުރިއިރު، މިފަދައިން ބޮޑެތި އޮޅުވާލުންތަށް އޮޅުވާލައިގެން ކަންކަން ކުރައްވަން ވިސްނަވާ ބޭފުޅަކު އަދަބު އަޚުލާގޭ ވިދާޅުވެ ވާހަދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ސަރުކާރަށް ބާރުބޮޑުވަން ފެށީމަ އެފަދައިން ވާހަތައް ދައްކަކައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މިފަދައިން ކަންކަން އެ ކުރައްވަނީ މިނަށް ވުރެ ގަމާރުވެފަ ތަންދޮރު ނޭންގޭތީ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ކަންކަން އެނގިހުރެމެ، ނޭންގޭ ކަމަށް ހަދައިގެން ހަމަ ޖާހިލު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަންދޮރުވެސް އެނގޭ، ހުރިހާ ކަމެއް ވެސް އެނގޭ ، އެހެން ނަމަވެސް ހަމަ ޖާހިލުކަން ބޮޑީ. ހީފުޅު ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަކީ ގަމާރުންނޭ. އަޅުގަނޑުމެން އެބ ދައްކަން، ނޫނެކޭ ވެގެން އުޅޭ ގޮތް މާ ސާފޭ، ހެޔޮވަރު ނޫން ބޫަޓަކަށޭ ތުރުކުރައްވައިގެން އެ ހުންނެވީ. މާ ބޮޑު ބޫޓަކަށް އެރުނީމަ ވަރަށް އުނދަގޫ ވާނެ އުޅެން. ހިންގަންވެސް އުނދަގޫ ވާނެ، މީހުންހެ ލޮލުގައި ވެސް އަޅައިގަންނާނެ. ދެން ﷲ ކަންކަން މިންވަރު ކުރައްވާ ގޮތް ބައްލަވާ. މުޅި ރާއްޖޭގެ އެންމެންނަށް އެ ހާމަވީ، ފިޒިކަލީ. އައިސް އެ މަންޒަރު އެ ހާމަވީ، އެ އަންގަދެނީ މީނައަށް މި ރާއްޖޭގެ ވެރިކަމުގައި ބަހައްޓަން ކުފޫ ހަމަވާ ބޭފުޅެއް ނޫނޭ. އެކަށީގެން ނުވާ ބޮޑު މަގާމެކޭ އެހެރީ ދެވިފަ، މީނަ ބަދަލުކުރަން ޖެހެއޭ، ބޭރުކުރަން ޖެހެޔޭ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ޝިފާޒް ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައީސް މުއިއްޒު އަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަން އެނގޭ ކަމަށާއި އޮތް ގޮތަކީ އެމަނިކުފާނު މަގާމުން ދުރުކުރުން ކަމަށް މިއަދު ގައުމުގެ ރައްޔިތުން ބުނަމުން ގެންދާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މިއަދު ގައުމަށް ވެސް އަދި ރައްޔިތުންނަށް ވެސް އޮތް އެންމެ ހެޔޮ ގޮތަކީ މިހާރު ވެރިކަމުގައި ހުންނެވެވި ޚުދުމުހުތާރު ވެރިމީހާ ވެރިކަމުން ދުރުކުރުން ކަމަށެވެ.

ރައީސް މުއިއްޒުމުހައްމަދު ޝިފާޒްއެމްޑީޕީރާއްޖެ ޓީވީއަދަބު އަޚްލާޤުބާރުތަކުގެ ބޭނުންކުރުންފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު