Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ބާރުވެރިކަން

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

ރާއްޖޭގެ ނިޒާމު ފައްކާވެފައިވަނީ ވަރަށް ނުރައްކާތެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 06:37
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން ކަމަށާއި، އޮތީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ރާއްޖޭގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މިނިޒާމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މިހާތަނަށް ގައުމުގައި ހިނގާފައިވާ ކަންކަމުން އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ރާއްޖޭގެ ނިޒާމު ފައްކާވެފައިވަނީ ވަރަށް ނުރައްކާތެރިކޮށް ކަމަށާއި، ފަސް އަހަރުން ރައްޔިތުން ބަދަލަކަށް ބޭނުންވެ އައު ބޭފުޅެއް އިންތިޚާބުކުރާ ކަމަށެވެ. ނަމަވެސް ގައުމުގެ ހުންގާނާ ހަވާލުވާ ބޭފުޅާ އިހުލާސްތެރިވާނެ ކަމަށް ތިބެވެން ނެތް ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މިއަދު ރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ނެތް ކަމަށާއި، އޮތީ ރައީސްގެ ބާރުވެރިކަން ކަމަށެވެ. އަދި އަދުލުއިންސާފުގެ އިތުރުން ގައުމުގެ ހުރިހާކަމެއް ކުރިއަށް ގެންދަނީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ މި ނިޒާމުގައި ހުރި މައްސަލަތަކެއް ހުރިކަން އަޅުގަނޑުމެން ގަބޫލުކޮށް، މިއަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. ކޮންމެ ގޮތެއް ވިޔަސް ގާނޫނު އަސާސީ މިއޮތް ތަރުތީބަކަށް ނޫން ބާރުތައް މިހާރު އޮތީއެއް. ރައްޔިތުންގެ ބާރުވެރިކަމެއް ނޫން ރާއްޖޭގައި އޮތީއެއް. ރައީސުލްޖުމްހޫރިއްޔާގެ ބާރު އޮތީ. ރައްޔިތުންގެ މަޖިލިސް ވަކި ބާރެއްގެ ގޮތުގައި ނޫން މަސައްކަތް ކުރަނީއެއް. ޝަރުއީ ނިޒާމު މިނިވަން އިންސާފުވެރިކަމާއެކު ނޫން ހިނގަނީއެއް. މިހާތަނަށް ކުރެވިފައި ހުރި ސަރވޭތަކުގައި ރައްޔިތުން އެތަންތަނާ ބެހޭ ގޮތުން ބުނެފައި ހުންނަ ވާހަކަތަކަށް ބަލާއިރު ވެސް އެބަ އެނގޭ ދެތިން ޕަސެންޓު މީހުން ވެސް އެތަންތަނަށް އިތުބާރެއް ނުކުރެވޭ. ރާއްޖޭގެ އިގްތިސާދު ވެސް މިދަނީ ރަނގަޅު ދިމާލަކަށް ނޫން.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު

އިޖްތިމާއީ ފޭރާން ހަލާކުވަމުންދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، އިގްތިސާދު ދަށްވެ، ރައްޔިތުންގެ ދިިރިއުޅުން އިންތިހާއަށް ދަތިވަމުންދާ ކަމަށެވެ. ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރަމުންދާ ކަމަށާއި، މުޖުތަމައު މީގެ ކުރިން އޮތް އުފާވެރިކަން ގެއްލި މަޑުމަޑުން ސްޓްރެސް ބޮޑު ރާއްޖެއަކަށް ފުރޮޅެމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލު ކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށާއި، ފެހި ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމާއެކު، ރައްޔިތުން ނުކުމެ މަޝްވަރާކޮށް، ބަދަލު ގެންނަންޖެހޭ ކަމަށެވެ.

މުހައްމަދު ވަހީދު ރައީސް-ރައްޔިތުންފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު