Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރިވަރުންގެ ހުނަރު އިތުރުކުރުން

މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތަކުގެ އެންމެ މުހިންމު އަމާޒަކީ ވަށާޖެހޭ ތައުލީމެއް ކަށަވަރު ކޮށްދިނުން: ޝަރީފް

5 ފެބުރުއަރީ 2022 | ހޮނިހިރު 16:10

ކިލާހުގައި ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތެރިތަކުގައި ބައިވެރިވެ އުޅުމަކީ ވަރަށް ބޭނުންތެރިކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 16:10
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް

މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތަކުގެ އެންމެ މުހިންމު އަމާޒަކީ ވަށާ ޖެހޭ ތައުލީމެއް ކަށަވަރު ކޮށްދިނުން ކަމަށް ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ދުރުމީ މަޖައްލާގައި ޝަރީފް ވިދާޅުވީ, ތައުލީމުގެ އިތުރުން މަސައްކަތުގެ މައިދާނުން ކުރިއަރައި ދިއުމަށް ކިލާހުގައި ލިބިގަންނަ ފިލާވަޅަކުން އެކަނި ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އެގޮތުން ކިލާހުން ބޭރުގައި، އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކޮށް، އިލްމީ ބަހުސްތަކުގައި ބައިވެރިވެ، އަދި ތަފާތު ޚިޔާލުތައް ތަރައްގީކުރުމަކީ މަތީ ތައުލީމުގެ ތަޖުރިބާއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން ކިލާހުގައި ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝަރީފް ވިދާޅުވީ, އެމްއެންޔޫގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ކަމަށާއި، އިތުރު ހަރަކާތްތަކުން ދަރިވަރުންގެ ކެރުންތެރިކަމަަށް ކުރިއެރުން ލިބޭ ކަމަށެވެ. އެގޮތުން ދޭދޭ މީހުންނާ މުއާމަލާތުކުރުމާއި، ހިންގުންތެރިވުމާއި، މައުލޫމާތު ހޯދައި ދިރާސާ ކުރުމާއި، މީހުންނާ އެކުގައި މަސައްކަތްކުރަން ދަސްވުމާއި، އަމިއްލައަށް އިސްނެގުމާއި، ކެރުންތެރިކަމުގެ އިތުރުން, އުފެއްދުންތެރި ބިނާކުރަނިވި ވިސްނުން ފުޅާވެ ދަރިވަރުންގެ ސިކުނޑި އެތައް ގުނައަކުން ކުރިއަރައި ނަފްސު ތަރައްގީވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަޒީފާގެ ބާޒާރަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ, މީހާއަށް ލިބިފައިވާ ސަނަދުގެ އިތުރުން އެމީހަކަށް ލިބިފައިވާ ހުނަރުވެރިކަމާ ތަޖުރިބާއަށް ވަރަށް ބޮޑަށް ބަލާ ކަމަށާއި، މިއަދު, ސަނަދުގެ އިތުރުން ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ. އަދި މަތީ ތައުލީމަކީ ހަމައެކަނި ފޮތަކުން، ކިލާހަކުން، އެދުރަކުން، ސެޓިފިކެޓަކުން ނިންމާލެވޭނޭ ތަޖުރިބާއެއް ނޫން ކަމަށާއި، ތަޖުރިބާގެ މަންފާކުރާނީ, އަދި ފުރިހަމަ ބޭނުން ކުރެވޭނީ ދަރިވަރުން އަމިއްލައަށް މިތަޖުރިބާ ފުޅާކުރަން މަސައްކަތްކުރި ވަރަކުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދަރިވަރުންގެ ނަފްސު ތަރައްގީކޮށް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ. އެއީ މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ ފަހިފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް