Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޑީޖޭއޭއާއި، އަތޮޅުތެރޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމަށް އެންމެ 3 އޮފިސަރުން

5 ފެބުރުއަރީ 2022 | ހޮނިހިރު 06:30

މިވަގުތު ކޯޓުގެ އައިޓީ ކަންކަން ބެލުމަށް ވަގުތީ ގޮތުން އެހީ ހޯދަނީ ޑީޖޭއޭގެ އައިޓީ އޮފިސަރެއްގެ ފަރާތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 06:30
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައިވެސް އައިޓީ އޮފިސަރެއް ނެތި 4 މަސް ވަނީ ވޭތުވެގެން ގޮސްފައި

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައިވެސް އައިޓީ އޮފިސަރެއް ނެތި 4 މަސް ވަނީ ވޭތުވެގެން ގޮސްފައި

ކްރިމިނަލް ކޯޓުގެ, ހުސްވެފައިވާ އައިޓީ މުވައްޒަފުންގެ މަގާމަށް މީހުން ހޯދުން އަވަސްކުރުމަށްޓަކައި ކޯޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ނެތުމުންކަމަށް އެ ކޯޓުން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ޑީޖޭއޭއިން ބުނީ، މިވަގުތު ކްރިމިނަލް ކޯޓުގައި އައިޓީ މުވައްޒަފުން ނެތުމުގެ ސަބަބުން ކޯޓަށް ބޭނުންވާ އެންމެހައި އައިޓީ ސަޕޯޓް ފޯރުކޮށްދެމުންދަނީ ޑީޖޭއޭގެ އައިޓީ މުވައްޒަފުން ކަމަށެވެ.

Advertisement - newsAdvertisement

އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ޑީޖޭއޭއާއި، އަތޮޅުތަކުގައި ގާއިމުވެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް ބޭނުންވާ އައިޓީ ސަޕޯޓް ފޯރުކޮށްދެނީ އެ އިދާރާގެ 3 އައިޓީ މުވައްޒަފުންނެވެ.

އޭގެ އިތުރުން، ކެޕޭސިޓީ އެ މިންވަރުގައި ހުރި ނަމަވެސް ކްރިމިނަލް ކޯޓަށް ބޭނުންވާ އައިޓީ ސަޕޯޓް ބޭނުންވާ ވަގުތެއްގައި، ބޭނުންވާ މިންވަރަކަށް އެ ޑިޕާޓްމަންޓުން ފޯރުކޮށްދެމުންދާނެކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކޯޓުން ހުސްވެފައިވާ އައިޓީ މުވައްޒަފުންގެ މަގާމަށް މީހުން ހޯދުން އަވަސްކުރުމަށްޓަކައި ކޯޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ކޯޓުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް ވިދާޅުވެ، ޝަރީއަތް މިވަގުތު ލައިވް ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ވަސީލަތްތައް ހަމަޖެހުނުހާ އަވަހަށް ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ގާޒީ ޝަކީލް އެ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

އެކަމާގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު ނަޖީބު ވިދާޅުވީ، އިސްގާޒީ ވިދާޅުވި ފަދައިން ކޯޓުގައި ވަސީލަތެއް ނެތް ކަމަށެވެ. އެގޮތުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތަކަށް ބަލާއިރު، އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސް ކޯޓުގައި ހުރި ނަމަވެސް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަމާން ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް ކްރިމިނަލް ކޯޓުން 3 ފަހަރު އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް އެއް ފަހަރު އިއުލާނު ކޮށްފައިވާއިރު، އެންމެ ފަހުން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ 2022 ޖަނަވަރީ 23އަށް ކަމަށެވެ. އަމާން ވިދާޅުވި ގޮތުގައި އެކަށީގެންވާ ފަރާތެއް ނެތުމުގެ ސަބަބުން އެ މަގާމު ހުންނަނީ ހުސްކޮށް ކަމަށެވެ. އަދި މިވަގުތު ކޯޓުގެ އައިޓީ ކަންކަން ބެލުމަށް ވަގުތީ ގޮތުން އެހީ ހޯދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އައިޓީ އޮފިސަރެއްގެ ފަރާތުންނެވެ.

އަމާން ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ޑީޖޭއޭގެ އައިޓީ އޮފިސަރު މުޅި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ މަސައްކަތަށް ބޭނުން ކުރުމުން ޑީޖޭއޭގެ މަސައްކަތްތަކަށް އެކަމުގެ ގޮންޖެހުމާއި ކުރިމަތިލާންޖެހޭކަމަށެވެ. ސަބަބަކީ ޑީޖޭއޭއަކީ ޖުމުލަކޮށް ހުރިހާ ކޯޓެއްގެ އިދާރީ ކަންކަމާއި ހަވާލުވެ އޮންނަ އިދާރާކަމަށްވާތީކަމުގައި އަމާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އެކި ފަހަރުމަތިން އެ މަގާމަށް މީހަކު ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެންމެ ފަހުން ކޮށްފައިވާ އިއުލާނަށް ބަލާއިރު، ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ 13:00 އަށެވެ. އެ މަގާމަށް އަސާސީ މުސާރައިގެ ގޮތުގައި 7035 ރުފިޔާ ލިބޭއިރު، އެލަވަންސްތަކާއެކު 15000އަށްވުރެ ބޮޑު މުސާރައެއް ހުށަހަޅާފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް