Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ށ. ކޮމަންޑޫގައި ވޯޓުލުން ފެށިގެން ކުރިއަށް

ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި، ދެ ސްކޫލްގައި ވަނީ ވޯޓުލުން ފަށާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ފެބުރުއަރީ 2022 | ހޮނިހިރު 04:05
ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ށ. ކޮމަންޑޫގައި ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ވޯޓުލުން ފަށާފައިވަނީ ށ. އަތޮޅު ތައުލީމީ މަރުކަޒާއި ށ. ކޮމަންޑޫ ޕްރީ ސްކޫލްގައެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 365 މީހުންނަށެވެ. އަދި ށ. ކޮމަންޑޫ ޕްރީ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 347 މީހުންނަށެވެ.

ވޯޓުލުމުގެ ކަންތައްތައް ކޮަމަންޑޫގައި ވަރަށް އަމާންކަމާއެކު ކުރިއަށްދާއިރު, ދެ ސްކޫލްގައި ވެސް އަދި ކިޔޫ ހަދާފައެއް ނުވެއެވެ. އެހެންނަމަވެސް ވޯޓު ލުމަށްޓަކައި މަދުމަދުން މީހުން ދަނީ އަންނަމުންނެވެ.

ވޯޓުލުން ށ. ކޮމަންޑޫގައި ފަށާފައިވާއިރު, އިލެކްޝަންގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ. ފޯކައިދޫއަށް ފޮނުވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން އިންތިޚާބަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އީސީން ވަނީ މިކަން ދޮގު ކޮށްފައެވެ. އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ, އޮފިޝަލުން ތިބީ (އިދިކޮޅު ޕީޕީއެމްވެސް ހިމެނޭގޮތަށް) ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، އެފަރާތްތަކުގެ އެއްވެސް މައްސަލައެއް ނެތުމުން ކަމަށެވެ.

މި އިންތިޚާބަކީ 100 އިންސައްތަ އިންސާފުވެރި އިންތިޚާބެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިދިކޮޅުން ފާހަގަކުރާފަދަ އަމަލެއް އީސީގެ މެމްބަރުންގެ ފަރާތުން ނުފެންނާނެކަމުގެ އިތުބާރު އޮތްކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮމަންޑޫ ބައި އިލެކްޝަން

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2022

އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

08 ފެބުރުއަރީ 2022
އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު
07 ފެބުރުއަރީ 2022

ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

07 ފެބުރުއަރީ 2022
ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު
06 ފެބުރުއަރީ 2022

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

06 ފެބުރުއަރީ 2022
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު
06 ފެބުރުއަރީ 2022

ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

06 ފެބުރުއަރީ 2022
ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް
06 ފެބުރުއަރީ 2022

ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ: އެމްއެންޕީ

06 ފެބުރުއަރީ 2022
ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ: އެމްއެންޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު