Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންޑޫ ދާއިރާ އެމްޑީޕީން ކާމިޔާބުކުރުން

މިއީ އެޖެންޑާ 19 އާއި ޖަޒީރާ ރާއްޖޭގެ ސިޔާސަތުތަކަށް ލިބުނު ކާމިޔާބީއެއް: އެމްޑީޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2022 | ހޮނިހިރު 23:19
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކުރުމަކީ އެމްޑީޕީ އަށާއި އެޖެންޑާ 19ގެ ސިޔާސަތުތަކަށް އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެވުމާއެކު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ މިނަތީޖާއާއެކު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތާއި ސަރުކާރުގައި އަދި ކުންފުނިތަކާއި ކައުންސިލްތަކުގައި ކުރަމުންދާ މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި މުސްތަގުބަލެއް ހޯދައިދެވޭނެކަމަށެވެ. އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ އެކި ގުނަވަންތަކުން ގިނަ ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ހަސަން ލަތީފް ވަނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

އަދި އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓަށް ކާމިޔާބު ހޯދައިދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މިއީ އެމްޑީޕީ އުފެދި މިހިސާބަށް އައިއިރު ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމަކަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ސުލްހަވެރި ސިޔާސީ ހަރަކާތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިނުން ފާހަގަކުރެވުނު އެއް ކަމަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ހުރިހާ ޕާޓީއެއްގެ ތެރޭގައިވެސް އޮތްކަންކަމަށް ޝިފާޒު ވިދާޅުވިއެވެ. އެހެންކަމުން ގިނަ ޕާޓީ އެކުލެވޭ ނިޒާމަށް ފަރިތަވަމުން އަންނަ މިންވަރު މިހާރު ބޮޑުވެފައިވާކަމަށް ޝިފާޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗެއަރޕާސަން ނައިބުގެ އިދާރީ އަދި ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބުގެ ކުރިން އެމްޑީޕީން ޖެހި އަދަދުތައް އަކުރުން އަކުރަށް ދިމާވެފައިވާކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ވަރަށް ކަންކަން ތަރުތީބުގެ މަގުން ކުރަމުންދާ ބައެއްކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ކުރާ ކެމްޕެއިނެއް މާކުރިން މާބޮޑެތި ހިސާބު ޖަހައިގެން އުޅޭ ބައެއް ނޫންކަމަށެވެ. އެހެންނަމަވެސް ޖަހާ ހިސާބު ދިމާވަމުންދާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. ކުރިޔަށް އޮތްތަނުގައިވެސް އެމްޑީޕީން މަސައްކަތްކުރާނީ އިންތިޒާމުވެގެން ނަތީޖާ ނެރޭ ބައެއްގެ ގޮތުގައި ތިބުމަށްކަމަށް ނިޔާޒު ވިދާޅުވިއެވެ.

އިންތިޚާބަށް އެމްޑީޕީންނާއި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ރާއްޖޭގައި ފައްކާވަމުން އަންނަނީ ޑިމޮކްރަޓިކް ނިޒާމެއްކަމަށެވެ. މިނިޒާމުގައި މިނިވަން މުއައްސަސާތައް ހުރިއިރު އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ތުހުމަތުތަކެއް ހުރިނަމަ އެކަންކަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާއަށް އިއުލާންކުރި މަޝްރޫޢުތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން މުޅި ރާއްޖޭގައި މަޝްރޫއުތައް ހިނގަމުންގެންދާ ކަމަށެވެ. އެހެންވީމާ ހަމައެކަނި ކޮމަންޑޫ ދާއިރާއަށް ވަކިކަންތައްތަކެއް ކޮށްދޭކަމަށް ބުނަން ދަތިކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ވޯޓުގެ އަދަދު މަދުނޫންކަމަށެވެ. ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު ލިބޭ ވޯޓު މަދުވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިއިންތިޚާބުގެ ނަތީޖާއިން ރަނގަޅުކުރަން ހުރި ކަންކަން އެމްޑީޕީން ބަލާނެކަމަށާއި އެއަށްފަހު އެމްޑީޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވާނެކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮމަންޑޫ ބައި އިލެކްޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އަދާލަތު ޕާޓީޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު