Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަތައް ދައްކަނީ ބަލިވުމުން: ރޮޒެއިނާ

މިފަދަ ޝުއޫރުތައް ފާޅުކޮށް ތުހުމަތުތައް ކުރުމަކީ ޕީޕީއެމްއިން އާންމުކޮށްވެސް ކުރާކަމެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2022 | ހޮނިހިރު 18:30
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް

ކޮމަންޑޫ ދާއިރާގައި ކުރިއަށް ގެންދިޔަ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަތައް ދައްކަނީ ބަލިވުމުން ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ގޮތުންކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާލުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާކަހަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ, އިދިކޮޅު ޕީޕީއެމްގެ އަމަލުތައް ފެނިގެން ގޮސްފައިވަނީ މީގެ ކުރިންވެސް އެޕާޓީގެ އަމަލުތައް ހުންނަ ގޮތަށް ކަމަށެވެ. އެގޮތުން 2013ގެ ރިޔާސީ އިންތިޚާބުގައިވެސް ތިންބުރަށް ނަތީޖާ ގުނިގެން ދިޔައިރުވެސް އިދިކޮޅު ޕީޕީއެމްއަށް ނަތީޖާ ގަބޫލުނުކުރެވިގެން އުޅުނު ކަމަށެވެ. ހަމައެހެންމެ މީގެ ކުރިން ބާއްވާފައިވާ އެހެން އިންތިޚާބުތަކުގައިވެސް ޕީޕީއެމްއިން ހިތްހަމަ ނުޖެހޭގޮތަކަށް ނުވަތަ ބަލިވާހެން ހީވާނަމަ މިފަދަ ތުހުމަތުތައް ކުރާކަމަށެވެެ.

Advertisement - newsAdvertisement

ރޮޒެއިނާ ވިދާޅުވީ އިންތިޚާބެއްގައި ބަލިވަމުންދާއިރު މިފަދަ ޝުއޫރުތައް ފާޅުކޮށް ތުހުމަތުތައް ކުރުމަކީ ޕީޕީއެމްއިން އާންމުކޮށްވެސް ކުރާކަމެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ވާއިރު، އެމްޑީޕީން މި ގޮނޑިއަށް ވާދަކުރި މުހައްމަދު ރާޝިދު ވަނީ މި މަގާމަށް އިންތިޚާބުވެފައެވެ. ނަމަވެސް ބައެއް ފޮށިތަކުން އިދިކޮޅު ޕީޕީއެމްގެ މެމްބަރު ވަނީ ކުރިހޯދާފައެވެ. ރޮޒައިނާ ވިދާޅުވީ އެފޮށިތަކަކީ މީގެ ކުރިންވެސް އިދިކޮޅުން ކުރިހޯދަމުން އަންނަ ފޮށިތަކެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން ބޮޑު ފަރަގަކާއެކު މި ފޮށިތަކުގެ ނަތީޖާ އިދިކޮޅަށް ބުރަވި ނަމަވެސް މިހާރު އެފަރަގު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މީގެ ކުރިން ތިރީހަކަށް ވޯޓުގެ ފަރަގުން ޕީޕީއެމްއިން ކުރިހޯދާފައިވާ ފޮށިތަކުގެ ނަތީޖާތަކުން މިފަހަރު ޕީޕީއެމްއަށް ކުރިލިބުނީ ފަސްވަރަކަށް ވޯޓުގެ ތަފާތުންނެވެ.

އިދިކޮޅުން މީގެ ކުރިން ބޮޑު ތަފާތަކާއެކު ކުރިހޯދަމުންއައި ފޮށިތަކުގެ ފަރަގު މިހާބޮޑަށް ކުޑަވުމުން އެނގިގެންދަނީ ރައްޔިތުން މިއަދުގެ ސަރުކާރުގެ ސިޔާސަތުތައް ބަލައިގަންނަ މިންވަރުކަމުގައި ރޮޒެއިނާ ސިފަކުރެއްވިއެވެ. ރޮޒެއިނާ ވިދާޅުވީ އެއިން އެނގިގެންދަނީ މީގެ ކުރިން އެމްޑީޕީގެ ސިޔާސަތުތައް ބަލައިނުގަންނަ ފަރާތްތަކުންވެސް މިހާރު އެސިޔާސަތުތައް ބަލައިގަންނަކަން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފައިވާއިރު، މި ގޮނޑި ކާމިޔާބުކުރުމުގައި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ކުރި މަސައްކަތް ފާހަގަކުރައްވައި ރޮޒެއިނާ ވަނީ އެމަސައްކަތްތައް ބަލައިގެންފައެވެ. ރޮޒެއިނާ ވިދާޅުވީ ލިބުނު ކާމިޔާބީގެ ހިއްސާ ކޯލިޝަނުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރި ޕާޓީތަކަށްވެސް އެބައޮތް ކަމަށެވެ.

ކޮމަންޑޫ ބައި އިލެކްޝަންރޮޒައިނާ އާދަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު