Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ވިލުފުށި, އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކުރިޔަށް ގެންދިޔަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2022 | އާދީއްތަ 23:35
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލަނީ

ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ ހޯމަ ދުވަހު އިއުލާންކުރާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީން ބުނީ ދާއިމީ ނަތީޖާ އިއުލާންކުރުން އޮންނާނީ އީސީގެ އިންތިޚާބާބެހޭ މަރުކަޒު ބާ ޖަމާލުއްދީންގައި ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި ކަމަށެވެ. މީޑިޔާތަކަށް ހުޅުވާލައިގެން ބާއްވާ މިރަސްމިއްޔާތު ނިމުމުން ބައި އިލެކްޝަންތަކާއި ބެހޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އީސީން ބުނެއެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ވިލުފުށި, އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކުރިޔަށްދިޔައެވެ. އިންތިޚާބު ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގް މީގެކުރިން "ރާއްޖެއެމްވީ"އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އިންތިޚާބު ކުރިޔަށްދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ. ފުއާދު ވިދާޅުވީ, މިއިންތިޚާބުގައި ޖުމްލަ 7 ޝަކުވާއެއް ހުށަހެޅުނު ކަމަށާއި އެޝަކުވާތައް ކޮމްޕްލެއިންސް ބިޔުރޯއިން ބަލަމުން އަންނަކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށާއި, ޝަކުވާތަކަށް 5 ދުވަހުގެ ތެރޭގައި އީސީން ޖަވާބު ދޭނެކަމަށެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން ވަނީ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ. ރާޝިދަށް 1401 ވޯޓު ލިބިވަޑައިގެންނެވިއެވެ. ރާޝިދާ އެންމެކައިރިން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވީ 1161 ވޯޓެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީން ވާދަކުރެއްވި އަބްދުލް ހަންނާން އިދުރީސަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކެންޑިޑޭޓް ނަންބަރު 3 މަރިޔަމް ޖަމްޝީދާއެވެ. އޭނާ އެ ދާއިރާ ކާމިޔާބުކުރައްވާފައިވަނީ 151 ވޯޓުންނެވެ. އެ ދާއިރާއިން ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 1 ފާތިމަތު ޝިފާޒާއެވެ. ޝިފާޒާއަށް 146 ވޯޓު ލިބިފައިވެއެވެ. އަދި ކެންޑިޑޭޓް ނަންބަރު 4 މަރިޔަމް ފަޒުނާއަށް 115 ވޯޓު ލިބިފައިވެއެވެ. ޕީޕީއެމުން ވާދަކުރެއވި ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 2 އައިމިނަތު ރިޔާޒާއަށް ލިބިފައިވަނީ 92 ވޯޓެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1،271 މީހުންނަށެވެ. މި ދާއިރާއަށް ވޯޓުލާފައިވަނީ 537 މީހުންނެވެ.

މީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފާތިމަތު ނީނާއެވެ. އޭނާ އެ ދާއިރާ ކާމިޔާބުކުރައްވާފައިވަނީ 61 ވޯޓުންނެވެ. ދެން އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް، ރުގިއްޔާ އާލިމާ ރަޝާދަށް ލިބިވަޑައިގެންފައިވަނީ 57 ވޯޓެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 1،499 މީހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް މި ދާއިރާއަށް ވޯޓު ލާފައިވަނީ 123 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަންކޮމަންޑޫ ބައި އިލެކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު