Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ ޝަކުވާއެއް ހުށަހެޅިފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2022 | އާދީއްތަ 13:07
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑިއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމަށް ޕާޓީތަކުން އެންމެ ފޯރިނެގި، އެންމެ ވާދަވެރިކޮށް ކެމްޕޭންކުރި ގޮނޑި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑިއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމަށް ޕާޓީތަކުން އެންމެ ފޯރިނެގި، އެންމެ ވާދަވެރިކޮށް ކެމްޕޭންކުރި ގޮނޑި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑިއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމަށް ޕާޓީތަކުން އެންމެ ފޯރިނެގި، އެންމެ ވާދަވެރިކޮށް ކެމްޕޭންކުރި ގޮނޑިއަށް ވާނެއެވެ. އެތައް އިންތިޒާރަކަށްފަހު މި އިންތިޚާބު ނިމިގެން ގޮސްފައިވާއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާޝިދަށް ވަނީ 1398 ވޯޓު ލިބިވަޑައިގެންފައެވެ. މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1160 ވޯޓެވެ. ދެން މިއިންތިޚާބުގައި ވާދަކުރެއްވީ އެމްއެންޕީ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސެވެ. އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 324 ވޯޓެވެ.

ވޯޓުގެ ނަތީޖާއާއެކު އެކި ދިމަދިމާއިން ސިޔާސީ ޝުއޫރުތައް ބަންޑުންވާން ފެށިއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ރާޝިދު ވިދާޅުވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުވެވަޑައިގަތުމުން, މަސައްކަތްކުރައްވާނީ ރައްޔިތުންނާއެކުއެވެ. ވަކި ފިކުރެއް ވަކި ޕާޓީއެއް ތަފާތު ކުރުމެއް ނެތިއެވެ. ރާޝިދު ވިދާޅުވާ ގޮތުގައި މިއީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ހުރިހާ ބޭފުޅުންނާއި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އިންތިޚާބުން ނުކުތް ނަތީޖާއަކީ ކުރިންވެސް އަންދާޒާކޮށްފައިވާ، އަދި ހިސާބު ޖަހާފައިވާގޮތަށް ނިކުމެފައިވާ ނަތީޖާއެއްކަމަށް ރާޝިދު ވިދާޅުވެއެވެ.

ދެން އޮތީ ރާޝިދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއެވެ. އެމްޑީޕީން ބުނާ ގޮތުގައި ރާޝިދުގެ ކާމިޔާބަކީ އެމްޑީޕީއަށާއި، އެޖެންޑާ 19ގެ ސިޔާސަތުތަކަށް، އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތަކަށް ލިބުނު ކާމިޔާބީއެކެވެ. ރާޝިދުގެ ކާމިޔާބީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ މި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ކޯލިޝަންގެ ލީޑަރުން ކޮށްދެއްވި މަސައްކަތްވެސް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ. އިންތިޚާބުގެ ކުރިން އެމްޑީޕީން ޖެހި އަދަދުތައް އަކުރުން އަކުރަށް ދިމާވެފައިވާކަމަށްވެސް މި ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ.

އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާއެކު ޕީޕީއެމްއިން ވަނީ މިއީ އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ބާރުލައި ފުޅާކުރަންޖެހޭ ވަގުތެއްކަމަށް ބުނެފައެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ވަނީ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވާފައެވެ. މި އިންތިޚާބަކީ ހަގީގަތުގައި ޕީޕީއެމްއަށް ކާމިޔާބު ލިބިގެންދިޔަ އިންތިޚާބެއްގެ ގޮތުގައި ޕީޕީއެމްއިން ސިފަކުރެއެވެ. އިދިކޮޅުން ބުނާ ގޮތުގައި މި އިންތިޚާބުން ޕީޕީއެމްއަށް ލިބިގެން ދިޔައީ ނަސްރެކެވެ. އަންނަން އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމްއިން ކާމިޔާބު ކުރާނެކަމަށް އެ ޕާޓީގެ މެމްބަރުން ބުނެއެވެ.

ދެން އިދިކޮޅުން ދައްކާ އަނެއް ވާހަކައަކީ އަވައްޓެރި އިންޑިއާއިން މި އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ވާހަކައެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މާލޭ ސިޓީ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ, މި އިންތިޚާބަކީ ސީދާ އިންޑިއާގެ ނުފޫޒުން، އިންޑިއާގެ ބާރުގެ ދަށުން ސަރުކާރުން ރާވައިގެން ކަންކަން ހިންގި އިންތިޚާބެއްކަމަށެވެ.

އިދިކޮޅުގެ މި ބަހަށް ބާރު ދިނުމަށް ދައްކަނީ ރާޝިދުއަށް ވޯޓު ދިނުމަށް ގޮވާލައި އިންޑިއާ އެމްބަސީން ނެރުނުކަމަށްބުނާ ބަޔާނެކެވެ. ނަމަވެސް ފަހުން އެ ބަޔާނަކީ ބަޔަކު އިންޑިއާ އެމްބަސީގެ ނަމުގައި އެޑިޓް ކޮށްގެން ނެރެފައިވާ "ފޭކް" ލިއުމެއްކަން ޚުދު މުއިއްޒުމެންނަށްވެސް ފެނިގެން ގޮސްފައިވެއެވެ.

ދެން އޮތީ ހަމަ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވި އެމްއެންޕީއެވެ. ފެންނަ ފެނުމަށް އެމްއެންޕީން ދައްކަމުން ގެންދަނީ ކުރިއަށް އަންނަން އޮތް އިންތިޚާބުތައް އިތުރަށް ފުރިހަމަ ކުރެވިދާނެ ގޮތްތަކުގެ ވާހަކައެވެ. މި އިންތިޚާބުގައި ދިމާވި މައްސަލަތަކުގެ ވާހަަކައެވެ. މިހާރަށްވުރެ ރަނގަޅަށް ދާންޖެހޭ ކަންކަމުގެ ވާހަކައެވެ. އެމްއެންޕީން ބުނާ ގޮތުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިންތިޚާބުތަކާއި ގުޅޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހެއެވެ. ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15 އަހަރު ވެފައިވާއިރުވެސް ދިވެހިރައްޔިތުން އެދޭ ތަރައްގީ އާއި ފުދުންތެރިކަން އައިސްފައިނުވާކަމަށްވެސް އެމްއެންޕީން ބުނެއެވެ.

މި މުޅި އިންތިޚާބަކީވެސް އިންތިޚާބުގައި ވާދަކުރި 3 ޕާޓީއަށްވެސް ނުހަނު މުހިއްމު އިންތިޚާބެކެވެ. އެކަން އިންތިޚާބުގެ ކެމްޕޭން ތެރެއިންވެސް ފެނިގެން ހިނގައްޖެއެވެ. އިންތިޚާބުގެ ނަތީޖާއާއެކު ކާމިޔާބުވި ފަރާތްތަކާއި، ނާކާމިޔާބުވި ފަރާތްތައް ތަފާތު އެކި ވާހަކަތައް ދައްކަމުން ގެންދާއިރު، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ބުނަނީ, މިއީ ޖުމުލަކޮށް އަމާން އޮމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދިޔަ އިންތިޚާބެއް ކަމަށެވެ. ބައި އިލެކްޝަންތައް ކުރިޔަށްދިޔަ ގޮތާމެދު ހިތްހަމަޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ އިސްވެރިން ވިދާޅުވެއެވެ. މި އިންތިޚާބުގައި ޖުމްލަ 7 ޝަކުވާއެއް ހުށަހެޅުނު ކަމަށާއި އެޝަކުވާތައް ކޮމްޕްލެއިންސް ބިޔުރޯއިން ބަލަމުން އަންނަކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ދޭ ޔަގީންކަމަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމެވެ. އަދި މިހާރު ހުރި ޝަކުވާތަކަށްވެސް 5 ދުވަހުގެ ތެރޭގައި އީސީން ޖަވާބު ދޭނެކަމަށް ވަނީ ބުނެފައެވެ.

ށ.ކޮމަންޑޫކޮމަންޑޫ ބައި އިލެކްޝަންކޮމަންޑޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު