Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖައިލަމްގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރުގެ މައްސަލައިގެ ހުކުމްކުރުން މާރޗް މަހުގެ 2 ވަނަ ދުވަހު

2 ފެބުރުއަރީ 2022 | ބުދަ 11:14

ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ ދައުލަތާއި ދިފާއުން ޚުލާސާ ބަޔާން އިއްވުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ފެބުރުއަރީ 2022 | ބުދަ 11:14
ޖައިލަމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުން

ޖައިލަމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުން

ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ހުކުމްކުރުން މާރޗް މަހަށް ތާވަލުކޮށްފިއެވެ.

ޖައިލަމްގެ މަރުގެ މައްސަލާގައި, ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީގު، އަލީ އިރުފާން އަދި މުހައްމަދު ހުމައިދުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ ދައުލަތާއި ދިފާއުން ޚުލާސާ ބަޔާން އިއްވުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މި މައްސަލާގައި ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ހުށަހަޅާފައިވާ 5 ހެކިންގެ ތެރެއިން 3 ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، ބާކީ ތިބި 2 ހެކިންނަކީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ 2 ޑޮކްޓަރެކެވެ. އެއީ ޖައިލަމްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ބިދޭސީ ޑޮކްޓަރާއި، އެ ރިޕޯޓު ތަރުޖަމާކުރި ދިވެހި ޑޮކްޓަރެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ, ދައުލަތުން އެދިފައިވާ ގޮތަށް ޑޮކްޓަރުގެ ރިޕޯޓާ ގުޅިގެން ޚަބީރެއްގެ ގޮތުން ހާޒިރު ކުރަން ބޭނުންވި ފަރާތް ހާޒިރު ނުކުރުމަށް ނިންމަވާފައެވެ. އެއީ ޖައިލަމްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ބިދޭސީ ޑޮކްޓަރުގެ ބަދަލުގައި ހާޒިރު ކުރަން އެދުނު، އެ ރިޕޯޓު ތަރުޖަމާކުރި ދިވެހި ޑޮކްޓަރެވެ.

މި މައްސަލައިގެ ހެކިވެރިންނަށް ބަލާއިރު، ދައުލަތުން ހުށައަޅާފައިވާ ހެކިވެރިޔާ އިބްރާހިމް ރަމީޒަކީ ހާދިސާ ހިނގިއިރު ފުލުހުންގެ އިދާރާގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށައަޅާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހައިސިއްޔަތުން ޖައިލަމްއަށް ލިބިފައިވާ އަނިޔާތައް ކިޔައިދިނުމާއި، އެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުންކަން ދައުލަތުން ފާހަގަކުރިއެވެ.

ހެކިވެރިޔާ ވަނީ އެ ދުވަހުގެ ބައެއް ހާދިސާތައް ކިޔައިދީފައެވެ. އެގޮތުން ކޮމާންޑު ސެންޓަރުން އެންގީ ހޮސްޕިޓަލަށް ދިއުމަށް ކަމަށާއި، ހޮސްޕިޓަލަށް ދިޔައިރު ޖައިލަމަށް ފަރުވާދެމުން ދިޔަކަމަށް ވިދާޅުވިއެވެ. އަދި އިރުކޮޅަކުން ޑޮކްޓަރު ނުކުތުމަށްފަހު، ވަރަށް ގިނަ އަނިޔާވެފައިވާ ކަމަށާއި، ނިޔާވެއްޖެކަން ބަޔާން ކުރެއްވިކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ބުނީ, ރިޕޯޓުގައި އެކަމާގުޅޭ ތަފްސީލުތައް ހިއްސާ ކޮށްފައި ވާނެކަމަށެވެ. އަދި މިއީ 2015ގެ މައްސަލައެއްކަމުން، މައްސަލައާ ގުޅޭ ބައެއް ކަންކަން މިހާރު ހަނދާނުގައިވެސް ނެތްކަން އޭނާ ފާހަގަ ކުރިއެވެ.

ދެން ހާޒިރުކޮށްފައިވަނީ ލާންސް ކޯޕްރަލް މުހައްމަދު އަރީފެވެ. އޭނާ ހާޒިރުކުރީ ހުމައިދުގެ ގެއިން ފެނިފައިވާ މެޑިކަލް ލިއުމަކީ މި ހާދިސާގެ ތެރެއިން ލިބުނު އަނިޔާއެއްކަން ކަށަވަރު ކުރުމަށެވެ. ހެކިބަސް ދެމުން އަރީފް ބުނީ، ސިނަމާލޭ ފްލެޓުގައި ހުރި އެޕާޓްމަންޓު ޗެކްކުރިއިރު ހުމައިދުގެ މެޑިކަލް ލިއެކިއުންތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަތްތިލަ ކަނޑައިގެން ގޮސްފައިވާކަން އެ ލިއެކިއުންތަކުން ފެންނަކަން ހެކިވެރިޔާ ފާހަގަކުރިއެވެ. އަދި އެތަކެތީގެ ފޮޓޯ ނެގިކަން ފާހަގަކޮށް ހެކިވެރިޔާ ވަނީ އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ދެން ހާޒިރު ކޮށްފައިވަނީ ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒެވެ. އޭނާއަކީ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުން އެ ހާދިސާ ހިނގިއިރު ސީންއަށް ދިޔަ އޮފިސަރެކެވެ. އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ކަންކަން ޝަރީއަތުގައި ހިއްސާ ކޮށްފައެވެ.

މި މައްސަލައިގެ ހުކުމްކުރުން އޮންނާނީ މާރޗު މަހުގެ 2 ވަނަ ދުވަހު ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް