Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަޙީދު ފިލި މައްސަލަ

ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށް އަޑުބަރޭގެ މައްޗަށް ސާބިތުވުމުން، ރައީސް އޭނާ މަޤާމުން ދުރުކުރައްވައިފި

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީ 2021 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2022 | ބުދަ 10:13
އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އޭނާ ވަނީ އިންކާރުކޮށްފައި

އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އޭނާ ވަނީ އިންކާރުކޮށްފައި

ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށް، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) ގެ މައްޗަށް ސާބިތުވުމުން، ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުޙައްމަދު ސޯލިޙު އޭނާ މަޤާމުން ދުރު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ޗިޓާއި ޙަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތަކެއް އަޑުބަރޭގެ ފަރާތުން ފެނިފައިވާތީ އޭނާގެ މައްޗަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ގާޒީ ޙަސަން ސައީދު ކުރެއްވި މިޙުކުމުގައިވިދާޅުވެފައިވަނީ އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ތަކުރާރުކޮށް އަޑުބަރޭ ބުނަމުން ގެންދިޔައީ އޭނާ ޖާމިނުވީ 4 މަހަށް ކަމަށާއި، އެ މުއްދަތުގައި އޭނާ ހާޒިރު ކުރުމަށް ކޯޓުން އަންގާފައި ނުވާ ކަމަށްކަން ގާޒީ ވިދާޅުވިއެވެ. މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަން ފާހަގަކުރައްވައި ގާޒީ ވަނީ މި މުޅި މައްސަލައިގައި އަޑުބަރޭގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، މި މައްސަލަ ކޯޓުގައި ލަސްވެގެންދާ ސަބަބުތަކުގެ ތެރޭގައިވެސް އެކަން ހިމެނޭއިރު، މިއީ އަދުލު އިންސާފަށް ހުރަސް އެޅުންކަމަށް ބެލޭނެ ކަމަށެވެ. ގާޒީ ވަނީ އަލީ ވަޙީދު ފިލައިގެން ހުރުމަށް އަޑުބަރޭ ވާގިވެރިވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި އަޑުބަރޭވެސް ޗިޓް ލިބި ކޯޓަށް ހާޒިރުވެފައިނުވާއިރު، މިއީ ހައްތަހާވެސް ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ގާޒީ ވިދާޅުވިއެވެ. އެފަދަ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އެގޮތުން ގާޒީ ޙަސަން ސައީދު ވަނީ އަޑުބަރޭ ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި، އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީ 2021 ގައެވެ. އެ ދުވަހު އަލީ ވަޙީދު ފުރުމަށް ވަނީ ހުއްދަ ދެއްވާފައެވެ. އެ ހުއްދަ ދީފައިވަނީ ބޭސްފަރުވާއަށް ކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ލިޔެކިޔުންތަަކަށް ބަލައި، އަލީ ވަޙީދު ފުރުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާކަމަށް ބުނުމާއި ގުޅިގެންކަން ގާޒީ ފާހަގަކުރެއްވިއެވެ. އެގޮތުން ބޭސްފަރުވާގެ ކަންކަން އިތުރަށް ސާފު ކުރުމަށް ޑޮކްޓަރު ހާޒިރުކުރުމުން ޑޮކްޓަރު ވަނީ އަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުގައި މައްސަލަ ހުރި ކަމަށާއި, ނާރު ފިތެމުންދާތީ އޮޕަރޭޝަން ކުރަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އޮޕަރޭޝަން ކުރެވޭނެ ތަފާތު ގޮތްތައް ހުންނާނެ ކަމަށާއި، އޮޮޕަރޭޝަން ކުރާނެ ގޮތް ކަނޑައަޅާނީ އޮޕަރޭޝަން ކުރާ ޑޮކްޓަރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑޮކްޓަރު ވަނީ އޮޕަރޭޝަން "ކޮމްޕްލިކޭޓް" ވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކުރާނެ އެކަށީގެންވާ ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ. އަދި މައިބަދައިގެ އެފަދަ އޮޕަރޭޝަނެއްގައި ދާދި ފަހުން މީހަކު ނިޔާވެފައިވާކަމަށްވެސް ޑޮކްޓަރު އެދުވަހު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެގޮތުން އަލީ ވަޙީދު ފުރުމަށް ހުއްދަ ދެއްވީ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ޑޮކްޓަރު ވިދާޅުވި ވާހަކަތަކުގެ މައްޗަށް ބިނާކޮށްކަން ގާޒީ ފާހަގަކުރެއްވިއެވެ.

އޭރު ފުރުމުގެ ހުއްދަ ދެއްވީ 4 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވާނެކަމަށް ބުނެ، އެކަމުގެ ޔަޤީންކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ކުރުމުންނެވެ. 4 މަސް ހަމަވެ ކޯޓަށް ހާޒިރުވާން އެންގުމުން ބޭސްފަރުވާ ނުނިމޭކަމަށް ބުނެ އިތުރު ލިޔުންތައް ހުށައަޅައި، ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް އަލީ ވަހީދު ވަނީ އެދިފައެވެ. އެގޮތުގެ މަތިން ޝަރީއަތުގެ ކުރީ މަރުޙަލާގެ ދެ އަޑުއެހުމެއް ބޭއްވިފައިވެއެވެ. އެއީ 21 ޖޫންއާއި، 11 ޖުލައިގައެވެ. 11 ޖުލައިގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ 26 އޯގަސްޓުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޖެހޭނެކަން އަންގާފައެވެ. ނަމަވެސް މިއަޑުއެހުމަށް ވެސް އަލީ ވަޙީދު ހާޒިރުވެފައެއް ނުވެއެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު