Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގެ ޝަރީއަތްތައް

ކްރިމިނަލް ކޯޓުން ޝަރީއަތްތައް ލައިވް ނުކުރެވުން: އައިޓީ އޮފިސަރެއް ނެތި 4 މަސް!

2 ފެބުރުއަރީ 2022 | ބުދަ 08:42

އިކުއިޕްމަންޓްސް ކޯޓުގައި ހުރި ނަމަވެސް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ފެބުރުއަރީ 2022 | ބުދަ 08:42
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ލައިވް ނުކުރެވެނީ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ނެތުމުންކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތް ލައިވް ކުރަން ދިފާއުންނާއި ދައުލަތުން އެދުނު ނަމަވެސް، އިސްގާޒީ އަހުމަދު ޝަކީލް ވަނީ ކޯޓުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް ވިދާޅުވެ، ޝަރީއަތް މިވަގުތު ލައިވް ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ވަސީލަތްތައް ހަމަޖެހުނުހާ އަވަހަށް ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ގާޒީ ޝަކީލް އެ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުޙައްމަދު ނަޖީބު ވިދާޅުވީ، އިސްގާޒީ ވިދާޅުވި ފަދައިން ކޯޓުގައި ވަސީލަތެއް ނެތް ކަމަށެވެ. އެގޮތުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތަކަށް ބަލާއިރު، އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސް ކޯޓުގައި ހުރި ނަމަވެސް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަމާން ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް ކްރިމިނަލް ކޯޓުން 3 ފަހަރު އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް އެއް ފަހަރު އިއުލާނު ކޮށްފައިވާއިރު، އެންމެ ފަހުން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ 2022 ޖަނަވަރީ 23 އަށް ކަމަށެވެ. އަމާން ވިދާޅުވި ގޮތުގައި އެކަށީގެންވާ ފަރާތެއް ނެތުމުގެ ސަބަބުން އެ މަޤާމު ހުންނަނީ ހުސްކޮށެވެ. އަދި މިވަގުތު ކޯޓުގެ އައިޓީ ކަންކަން ބެލުމަށް ވަގުތީ ގޮތުން އެހީ ހޯދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އައިޓީ އޮފިސަރެއްގެ ފަރާތުންނެވެ.

އަމާން ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ޑީޖޭއޭގެ އައިޓީ އޮފިސަރު މުޅި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ މަސައްކަތަށް ބޭނުން ކުރުމުން ޑީޖޭއޭގެ މަސައްކަތްތަކަށް އެކަމުގެ ގޮންޖެހުމާއި ކުރިމަތިލާންޖެހޭކަމަށެވެ. ސަބަބަކީ ޑީޖޭއޭއަކީ ޖުމުލަކޮށް ހުރިހާ ކޯޓެއްގެ އިދާރީ ކަންކަމާއި ޙަވާލުވެ އޮންނަ އިދާރާކަމަށްވާތީކަމުގައި އަމާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން އެކި ފަހަރުމަތިން އެ މަޤާމަށް މީހަކު ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެންމެ ފަހުން ކޮށްފައިވާ އިއުލާނަށް ބަލާއިރު، ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަނެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ 13:00 އަށެވެ. އެ މަޤާމަށް އަސާސީ މުސާރައިގެ ގޮތުގައި 7035 ރުފިޔާ ލިބޭއިރު، އެލަވަންސްތަކާއެކު 15000 އަށް ވުރެ ބޮޑު މުސާރައެއް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ލައިވްކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުއެވެ. އެއީވެސް ރ. ފުއްގިރި ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާއާއި ގުޅޭ މައްސަލައިގެ އަޑުއެހުމެކެވެ. އެ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައިވަނީ ޑީޖޭއޭއިން އައިޓީ އޮފިސަރެއް ގެންގޮސް އޭނާގެ އެހީތެރިކަމާއެކުއެވެ. ނަމަވެސް އެކަމުގައި ދެފަރާތަށްވެސް ގޮންޖެހުންތަކެއް ހުންނަކަމަށް ކޯޓުން މައުލޫމާތު ދެއެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް