Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީރިއާއަށް ދިޔަ މައްސަލަ

ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓު ދިފާއަށް ދޫކުރުމުގެ ބަދަލުގައި ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން ދިރާސާ ކުރެވޭނެ

2 ފެބުރުއަރީ 2022 | ބުދަ 05:56

ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ފެބުރުއަރީ 2022 | ބުދަ 05:56
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަ މައްސަލައިގައި މއ. މާރަނގަ ޙަސަން ފައިޒަންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުން:

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 24 ޖެނުއަރީ 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށައަޅުއްވާފައެވެ. އެގޮތުން އިންޓެލް ރިޕޯޓުގެ ވަކި މިންވަރެއް ސިއްރު ކޮށްދީ، ދިފާއު އެއްގެ ގޮތުން ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކޮށްދެއްވުމަށް އެދި ދައުލަތުން ވަނީ ހުށައަޅުއްވާފައެވެ. އަދި މި ލިޔުން ސީދާ ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި، ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ރިޕޯޓު ދިރާސާ ކުރުމަށް ދިފާއަށް ފުރުސަތު ދެއްވުމަށްވެސް ދައުލަތުން އެދެއެވެ.

ދައުލަތުން ވަނީ މި ރިޕޯޓުގައި ޤައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތައްވެސް ހިމެނޭކަން ބަޔާން ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ޓެރަރިޒަމް ޤާނޫނުގެ ދަށުން އިންޓެލް ރިޕޯޓަކީ ހެއްކެއްގެ ދަރަޖަ ލިބިގެންވާ އެއްޗެއްކަން ދައުލަތުން ބުނާއިރު، އެގޮތަށް ކަނޑައެޅިގެން ދިޔައީ ކޮން ތާރީޚެއްގައިތޯ ސުވާލުކުރައްވާފައެވެ. ދައުލަތުން އެކަމާއި ގުޅިގެން ބުނީ، އޭރު ދައުވާ ހުށައަޅާފައިވަނީ އޭރުގައި އޮތް ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ކަމަށާއި، އޭރުގެ ޤާނޫނަށް ބަލާއިރު އެފަދަ ލިޔެކިޔުންތަކަކީ ހެއްކެއްގެ ގޮތުގައި ބެލިގެންދާނެކަމަށް މާނަ ކުރެވޭކަމަށެވެ. ސަބަބަކީ އެއީ ތަޙުޤީޤީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށްވާތީ ކަމަށް ދައުލަތުން ބުނެއެވެ.

އަދި ފަހުން ގެނައި އިސްލާޙުގައި އިންޓެލް ރިޕޯޓު ހެއްކެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ސީދާކޮށް ބަޔާންކޮށްފައިވާއިރު، ދެ ޤާނޫނުގެ ދަށުން ބެލި ނަމަވެސް އިންޓެލް ރިޕޯޓަކީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދިފާއުން ވަނީ ރިޕޯޓުގެ އެއްވެސް ބައެއް އުނިކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ރަސްމީ ލިޔުމެއް ނޫންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވަނީ އެއް އިދާރާއިން އަނެއް އިދާރާއަށް ހުށައަޅާ ކޮންމެ ލިޔުމަކީ ރަސްމީ ލިޔުމެއް ކަމަށާއި، އެއީ އާންމު މީހަކު އަމިއްލައަށް ތައްޔާރުކުރާ ލިޔުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އެ ދުވަހު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަންކަމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުއެވެ.

ބުދަ ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ވަނީ ހުށައެޅުންތަކަށް ގޮތެއް ކަނޑައަޅުއްވާފައެވެ. އެގޮތުން ގާޒީ ނިންމަވާފައިވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެދެއްވާފައެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން ދިރާސާ ކުރެވޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ގާޒީ ވަނީ ނެރެދެއްވާފައެވެ.

އެއަށްފަހު ވަނީ ހެކި ހާމަކުރުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން ދައުލަތުން ވަނީ ޝަފަހީ ހެކިންގެ ގޮތުގައި 1 ހެއްކެއް ހުށައަޅާފައެވެ. އެއީ ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރެވެ. ކިތާބީ ހެކީގެ ގޮތުގައިވެސް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅާފައިވެއެވެ.

ދިފާއުން ވަނީ އެއްވެސް ދިފާއީ ހެއްކެއް ހުށައަޅާފައި ނުވާނެކަަމަށް ފާހަގަކޮށްފައެވެ. އެއާއެކު ގާޒީ ވަނީ ދެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 13 ފެބްރުއަރީގައެވެ. އެއީ މި މައްސަލައިގެ ޝަރީއަތް ފަށައި، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެއަށްފަހު 20 ފެބްރުއަރީގައި ހެކި ބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުން އޮންނާނެއެވެ. އަދި މާރޗު 13 ގައި ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ވަނީ ތާވަލު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް