Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން މައްސަލަ

ރަޝިޔާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް އެމެރިކާއިން މަސައްކަތްކުރާކަމަށް ޕުޓިން ތުހުމަތުކުރައްވައިފި

2 ފެބުރުއަރީ 2022 | ބުދަ 03:19

ޔޫކްރެއިންގެ މައްސަލައިގައި ރަޝިޔާގެ ކަންބޮޑުވުންތަކަށް އެއްގޮތަކަށްވެސް ހުޅަނގާއި އެމެރިކާއިން ނުބަލާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ފެބުރުއަރީ 2022 | ބުދަ 03:19
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

އެމެރިކާއާއި ހުޅަނގުން ރަޝިޔާ ގަސްތުގައި ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ތުހުމަތުކުރައްވައިފިއެވެ.

ޕުޓިން ވިދާޅުވީ އެމެރިކާ އާއި ހުޅަނގުން އަންނަނީ ގަސްތުގައި ހަނގުރާމައަށް މަގުފަހިވާނެ ގޮތަށް ކަންކުރަމުން ކަމަށާއި ޔޫކްރެއިންގެ މައްސަލައިގައި ރަޝިޔާގެ ކަންބޮޑުވުންތަކަށް އެއްގޮތަކަށްވެސް ހުޅަނގާއި އެމެރިކާއިން ނުބަލާކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރަން އުޅޭކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ ހަނގުރާމަ ފަށައިފިނަމަ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދެމުންނެވެ. ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔޫކްރެއިންއަށް އަރަން ނޫޅޭކަމަށެވެ.

މިމައްސަލަ ފެންމަތިވެގެން އުޅޭތާ މަސްދުވަސްވާން ކައިރިވެފައިވާއިރު ފުރަތަމަ ފަހަރަށް ޕުޓިން މިވަނީ އާންމުތަނެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ޕުޓިންގެ ވާހަކަފުޅުގައި ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ރަޝިޔާއިން ޑިމާންޑްކޮށްފައިވާ ކަންކަން ބަދަލުކުރެއްވުމުގެ ވާހަކައެއް ދައްކަވާފައެއްނުވެއެވެ.

ޕުޓިން ވިދާޅުވީ މިމައްސަލައިގައި ރަޝިޔާގައި ހުރި ކަންބޮޑުވުންތަކަށް އެމެރިކާއާއި ހުޅަނގުން އެއްގޮތަކަށްވެސް ސަމާލުކަމެއް ނުދެއެވެ. ޕުޓިންވަނީ ޔޫކްރެއިން އިން ނޭޓޯ އާއި ބައިވެރިވުމަށް އެއްބަސްވެއްޖެނަމަ ކުރިމަތިވެދާނެ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޔޫކްރެއިން ނޭޓޯގެ މެމްބަރަކަށްވެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިނަމަ ރަޝިޔާއިން ނޭޓޯއާއި ދެކޮޅަށް ހަނގުރާމަކުރަންވީތޯ ޕުޓިން ވަނީ ސުވާލު އުފައްދަވާފައެވެ. އެއްވެސް ބަޔަކު އެކަމާއި ވިސްނިތޯ އާއި ފެންނަ ފެނުމަށް އެއްވެސް ބަޔަކު އެކަމާއި ނުވިސްނާކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިންއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ރަޝިޔާގެ 100،000 ސިފައިން ރުކުރުވާލާފައެވެ. އެއާއެކު ހުޅަނގުން ބުނަމުން އަންނަނީ ރަޝިޔާއިން ރާވަމުން އަންނަނީ ޔޫކްރެއިން އަށް އެރުމަށްކަމަށެވެ. ރަޝިޔާއިން އަންނަނީ ހަނގުރާމައެއް ފަށަން އުޅޭ ވާހަކައާއި ދެކޮޅުހަދަމުންނެވެ.

ރަޝިޔާއިން ބޭނުންވަނީ 1999 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުމަށް ހުޅަނގުން އިހުތިރާމްކުރުމަށެވެ. އެއީ އެއްވެސް ގައުމެއްގެ ސަލާމަތީ ކަންކަން އަނެއް ގައުމެއްގެ ސަލާމަތީ ކަންކަމުގެ ތެރެއަށް ވަދެވޭވަރަށް ފުޅާކުރެވިގެން ނުވާނެއެވެ.

އަނެއްކޮޅުން ޕުޓިން ވަނީ ޔޫކްރެއިން މައްސަލައިގައި މަޝްވަރާތައް ކުރިޔަށްގެންދެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެއީ ހަނގުރާމަކުރުން ފަދަ ކަމެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ވީހާވެސް ހަނިކުރުމުގެ ގޮތުންކަމަށް ޕުޓިން ވިދާޅުވިއެވެ.

ޔުކްރެއިންއެމެރިކާރަޝިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް