Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވުޑްވާޑް މަގާމުން ވަކިވުން

ޔުނައިޓެޑުގެ މަގާމުން ވުޑްވާޑް ރަސްމީކޮށް ވަކިވެއްޖެ

އިސްތިއުފާދޭން ނިންމިކަން ވުޑްވާޑް އިއުލާންކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 15:21
ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން ކަމުން ވަކިވި އެޑް ވުޑްވާޑް

ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން ކަމުން ވަކިވި އެޑް ވުޑްވާޑް

މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަނުގެ މަގާމުން އެޑް ވުޑްވާޑް ރަސްމީކޮށް ވަކިވެއްޖެއެވެ.

މަގާމުން އިސްތިއުފާދިނުމަށް ނިންމިކަން ވުޑްވާޑް އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއާއެކު މިދިޔަ ޖެނުއަރީ މަސް ނިމުމާއެކު ވުޑްވާޑް ވަނީ ރަސްމީކޮށް މަގާމުން ވަކިވެފައެވެ. އަދި އަންގާރަ ދުވަހުން ފެށިގެން އެ ކުލަބު ސީއީއޯގެ މަގާމަށް ރިޗާޑް އާނޯލްޑް ވަނީ ހަމަޖައްސާފައެވެ.

ޔުނައިޓެޑުގެ މަގާމުން ވުޑްވާޑް ރަސްމީކޮށް ވަކިވިއިރު، މީގެ ކުރިންވެސް ވުޑްވާޑުގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބަކަށްދާތީ، އެ ޓީމުގެ ސަޕޯޓަރުން ވަނީ މަގާމުން އިސްތިއުފާދިނުމަށް ވުޑްވާޑަށް ގޮވާލާފައެވެ. އަދި މިދިޔަ އަހަރު ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑް ހިމެނުމާއެކު، އެ ކުލަބުގެ ސަޕޯޓަރުން ވަނީ އިތުރަށް ނުރުހުން ފާޅުކޮށްފައެވެ.

މަގާމުން ވަކިވާން ނިންމިކަން ހާމަކުރެއްވުމަށްފަހު ވުޑްވާޑް ވިދާޅުވީ މިދިޔަ 16 އަހަރު ޔުނައިޓެޑަށް ކޮށްދިން ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާ ކަމަށެވެ. އަދި ކުލަބު ދޫކޮށްލަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ގިނަ އަހަރުތަކަކަށްފަހު ވުޑްވާޑް ޔުނައިޓެޑާ ދުރަށްދާއިރު، އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާއަށް ޔުނައިޓެޑް ގަތުމަށް 2005 ވަނަ އަހަރު ލަފާދިނީ ވުޑްވާޑެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ޚިދުމަތްކުރަން ފެށީ މާލީ ގޮތުން ލަފާދޭ މީހެއްގެ ގޮތުގައެވެ. އެކަމަކު ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑުގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިއެއްގެ ޒިންމާއާ ވުޑްވާޑް ވަނީ ހަވާލުވެފައެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރު ޔުނައިޓެޑުގެ ސީއީއޯގެ މަގާމުގައި ހުރި ޑޭވިޑް ޖިލް ރިޓަޔާކުރުމުން، އެ މަގާމަށް ވުޑްވާޑް އައްޔަންކުރިއެވެ.

ޔުނައިޓެޑުގެ މަގާމުން ވުޑްވާޑް ވަކިވިއިރު، އެ ޓީމުގެ ވެރިޔާ ގްލޭޒާއަކީ ޔޫރަޕިއަން ސުޕަ ލީގުގެ މޭސްތިރިއެކެވެ. އެގޮތުން އެ ލީގުގެ ވައިސް ޗެއާމަނުންގެ ތެރޭގައި އޭނާ ހިމެނެއެވެ.

އެޑް ވުޑްވާޑްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު