Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮބާމަޔަން ބާސާއަށް ބަދަލުވުން

އެއްބަސްވުން އުވާލުމުން އޮބާމަޔަން ބާސާއަށް

އާސެނަލުން އެއްބަސްވުން އުވާލީ ބާކީ 18 މަސް ދުވަސް އޮއްވައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ފެބުރުއަރީ 2022 | އަންގާރަ 11:26
އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުން އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ގޮބެންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަންގެ އެއްބަސްވުން އުވާލުމުން، ހިލޭ ޓްރާންސްފާއެއްގައި އޭނާ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

އާސެނަލާއެކު އުމުރުން 32 އަހަރު އޮބާމަޔަން އެންމެ ފަހުން ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު އަޚުލާގީ މައްސަލައަކާ ގުޅިގެން އާސެނަލުން ވަނީ އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލާފައެވެ.

އޭނާ އަތުން ބޭންޑް އަތުލީ ކުލަބުގެ ހުއްދަނެތި އާއިލާއާ ބައްދަލުކުރަން ފްރާންސަށް ދިއުމުން، އެކަމާ ބެހޭގޮތުން ކުލަބާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އާސެނަލުން ކުޅުނު މެޗުތަކުގައި އޮބާމަޔަން ފެނިފައި ނުވާއިރު، މި ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.

އެއާއެކު އާސެނަލް ދޫކޮށްލަން އޮބާމަޔަން ބޭނުންވިއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ހޯމަ ދުވަހުގެ ހެނދުނު އޭނާ ވަނީ ޕްރައިވެޓް ޖެޓެއްގައި ސްޕެއިނަށް ގޮސްފައެވެ. އަދި އެންމެ ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުން އޮބާމަޔަން ބާސާއަށް ބަދަލުވާން މަސައްކަތްކުރި ނަމަވެސް، އޭނާގެ މުސާރަ ދޭން އެއްބަސްވާނެ ގޮތަކާ މެދު ހައްލު ނުހޯދި އެ ޑީލް މަޑުޖެހުނެވެ. ނަމަވެސް ފަހު ވަގުތު އާސެނަލުން ވަނީ ބާކީ 18 މަސް ދުވަސް އޮއްވައި އޮބާމަޔަންގެ އެއްބަސްވުން އުވާލާފައެވެ. އެއާއެކު ހިލޭ ޓްރާންސްފާއެއްގައި އޭނާ ވަނީ ބާސާއަށް ސޮއިކޮށްފައެވެ.

އާސެނަލް ދޫކޮށް އޮބާމަޔަން ބާސާއަށް ސޮއިކުރިއިރު، 2020 ވަނަ އަހަރު އޮބާމަޔަން އާސެނަލުގެ އެއްބަސްވުން އާކޮށްފައިވަނީ ބާސާއިން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހުއެވެ. އެކަމަކު އާސެނަލުގައި އޮބާމަޔަންގެ ކުރިމަގެއް ނެތް ކަމަށް ބުނެ މީގެ ކުރިންވެސް ބައެއް ތަޖުރިބާކާރުން ވަނީ އޭނާ އާސެނަލް ދޫކޮށް ދިޔުމަށް ގޮވާލާފައެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ އެ ޓީމަށް ކުޅެދިން 163 މެޗުގައި 92 ލަނޑު ޖަހާފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕުގެ އިތުރުން ކޮމިއުނިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

ޕިއޭ-އެމެރިކް އޮބާމަޔަންބާސެލޯނާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު