Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ކަޕް

ނީސް އަތުން ބަލިވެ ޗެމްޕިއަން ޕީއެސްޖީ ކަޓައިފި

ޕެނަލްޓީގައި ޕީއެސްޖީ ބަލިވީ ނީސް އަތުން 6-5 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ފެބުރުއަރީ 2022 | އަންގާރަ 11:12
ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ކަޕުގެ ގަދަ 16 ގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ނީސް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކަޓައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ނީސް ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.

މި މެޗު ޕީއެސްޖީން ފަށާފައިވަނީ މިދިޔަ ފިނި މޫސުމުގެ ބްރޭކުގައި ހުއްޓައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި މި މެޗުގައި މެސީ ބޭނުންކޮށްފައިވަނީ 10 ނަންބަރު ޖާޒީއެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެ މެސީ 30 ނަންބަރު ޖާޒީ ބޭނުންކުރަމުން އައި ނަމަވެސް، ފްރެންޗް ކަޕުގައި ކުޅުންތެރިންނަށް ނަންބަރު ބަދަލުކުރުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ޕީއެސްޖީގެ ރަސްމީ 10 ނަންބަރު ޖާޒީއަށް މިހާރު ކުޅެމުން އަންނަނީ ބްރެޒިލުގެ ތަރި ނޭމާއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ވަރުގަދަ ފޯވާޑް ލައިނެއް އޮތް ޕީއެސްޖީއަށް މި މެޗުގައި ނީސްގެ ގޯލަށް ނުރައްކާކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައި ޕީއެސްޖީން ނީސްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ޕީއެސްޖީން އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ނުހިމެނި ނަމަވެސް، ދެވަނަ ހާފުގައި އޭނާ ވަނީ ކުޅެން އަރުވާފައެވެ. އެގޮތުން ކުޅެން އަރައި އެމްބާޕޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ލެއަންޑްރޯ ޕަރޭޑޭސް ފޮނުވާލި ޕީއެސްޖީގެ ތިންވަނަ ޕެނަލްޓީ ނީސްގެ ގޯލްކީޕަރު މާކިން ބަލްކާ ވަނީ މަތަކޮށްފައެވެ. އެކަމަކު ޖަވާބުގައި ނީސްގެ އެންޑީ ޑެލޯޓް ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ ހުއްޓުވާފައެވެ. މި މެޗުން ޕީއެސްޖީ ބަލިވީ އެ ޓީމުގެ ޒަވީ ސިމޯންސް ފޮނުވާލި ހަތްވަނަ ޕެނަލްޓީ ނީސްގެ ގޯލްކީޕަރު ބަލްކާ މަތަކުރުމުންނެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ފްރެންޗް ކަޕުން ކެޓިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ޕީއެސްޖީން ވަނީ މިހާތަނަށް ފްރެންޗް ކަޕް 14 ފަހަރު ކާމިޔާބުކޮށްފައެވެ.

ފްރެންޗް ކަޕްޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު