Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު މައްސަލައިގައި ޔާމީނަށް ހުކުމް ކުރުން ޖޫން މަހަށް އަވަސްކޮށްފި

ގާޒީ ވަނީ ހުރިހާ މައްސަލައެއްވެސް ކޯޓުން ކުރިއަށް ގެންދާނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 11:10
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ހުކުމް ކުރުން ޖޫން މަހަށް އަވަސްކޮށްފިއެވެ.

އާރަށު ޚިޔާނާތުގެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 27 ޖެނުއަރީ 2022 ގައެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާނެ ގޮތުގެތާވަލުދައުލަތާއި ދިފާއަށް ހިއްސާ ކުރައްވާފައެވެ.

ގާޒީ ހިއްސާ ކުރެއްވި ތާވަލަށް ބަލާއިރު, ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ ގޮތުން ގިނަ އަޑުއެހުންތަކެއް ތާވަލު ކޮށްފައިވެއެވެ. އެގޮތުން ޝަރީއަތް ފެށުމުގެ ކުރީގެ މަރުހަލާތަކަށް 6 އަޑުއެހުމެއް ގާޒީ ހިއްސާ ކުރެއްވި ތާވަލުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޚުލާސާ ބަޔާން އިއްވުމަށް ތާވަލު ކޮށްފައިވާއިރު، މި ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި މައްސަލައިގެ ހުކުމްކުރުން އޮންނާނީ ނޮވެމްބަރު މަހުގެ 25 ހިސާބުގައިކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަަމަވެސް އެ ތާވަލަށް ބަދަލު އައުން އެކަށީގެންވާކަމަށް އެ ދުވަހުގެ އަޑުއެހުމުގައިވެސް ގާޒީ ވިދާޅުވެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ގާޒީ ހިއްސާ ކުރެއްވި ތާވަލާ ގުޅޭގޮތުން ދެފަރާތާ ވަނީ މަޝްވަރާވެސް ކޮށްފައެވެ. އެގޮތުން ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތާވަލަށް ބަލާއިރު، އެއް ދުވަހުން ކުރިއަށް ގެންދެވިދާނެ އަޑުއެހުންތައްވެސް ވަކި ދުވަސްތަކަކަށް ބަހާލާފައިވާތީ، ތާވަލާ ގުޅޭގޮތުން އެ އޮފީހުގެ ޚިޔާލުވެސް ހިއްސާކޮށްފައެވެ. އަދި އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓާ ވަނީ މަޝްވަރާވެސް ކޮށްފައެވެ. އެހެންނަމަވެސް، އެކަންކަން ލިއުމުން ކޯޓަށް ހުށައެޅުމުގެ ކުރިން ކޯޓުން ވަނީ ތާވަލަށް ބަދަލު ގެނެސް، ޖޫން މަހު ހުކުމް ކުުރުމަށް ތާވަލުކޮށް ދެފަރާތަށް ތާވަލު ހިއްސާކޮށްފައެވެ. އެގޮތުން ހުކުމް ކުރުން ޖޫން 30އަށް މިހާރު ވަނީ އަވަސްކޮށްފައެވެ.

ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާ ކުރިއަށްދާނެ ތަނެއް އޮތްކަމަށް ފަނޑިޔާރު ނިންމަވައިފިނަމަ، އެ ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލު ކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ހުރިހާ މައްސަލައެއްވެސް ކޯޓުން ކުރިއަށް ގެންދާނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ކަމަށް ވިދާޅުވެފައެވެ. އަދި ކޯޓުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތެއްގެ ބިރަކަށް، ނުފޫޒަކަށް ނުބައްލަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ކުރާ 2 ދައުވާ އިއްވާފައެވެ. ނަމަވެސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބައެއް މެމްބަރުން ކޮވިޑުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިނުވެވޭ ކަމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްފައިވާތީ, ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދަވާފައެއް ނުވެއެވެ. އަދި ވަކީލުންގެ ޓީމު އެއްކޮށް ނެތުމުގެ ސަބަބުން ދައުވާ ސާފުނުވާކަމަށް ރައީސް ޔާމީނުވެސް ވިދާޅުވެފައިވާތީ ގާޒީވެސް ނިންމެވީ މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދެއްވުމަށެވެ.

ދެން އޮންނަ އަޑުއެހުމުގައި, ދައުވާ ސާފު ކުރުމާއި ޖަވާބުދާރީވުން އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު