Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީންގެ ކޮސްތައް

ޖަލުން ނުކުންނެވިގޮތަށް ހައްދަވަން ފެއްޓެވީ ކޮސް ގިނަ މިސްޓޭކްތަކެވެ.

ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ދޭނީ އެޕާޓީގެ މީހުންނަށް ކަމަށް ވިދާޅުވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 12:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް-

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް-

ކޮސް ގިނަ މިސްޓޭކަކީ ރާއްޖޭގެ ރައްޔިތުންނަށް އައު ނަމަކަށް ނުވާނެކަން ގައިމެވެ. އެނަމުގައި ނެރުނު ފިލްމެއް ބަލައި, ހީ, އެތައް ބަޔަކު އުޅުނެވެ. ނަމަވެސް މިފަހަރު މި ދައްކަން އުޅެނީ ފިލްމެއްގެ ވާހަކައެއް ނޫނެވެ. ނުވަތަ ފްލޯކު ވާހަކައެއްވެސް ނޫނެވެ. ހަގީގީ ހާދިސާއެކެވެ. ދިވެހީންނަށް އެނގޭ ބޮޑު ސިއްރެއްވެސްމެއެވެ.

އާންމު ގޮތެއްގައި މީހުން ކޮސްގޮވައި، ކޮސް ކަންތައްކޮށް އުޅެނީ ހަދާނެގޮތް ހުސްވެ ދައްކާނެ ވާހަކައެއް ނެތުމުންނެވެ. ހަތަރު އުދަރެސް ފެނުޖެހުމުންނެވެ. މިފަހަރުވެސް މިއޮތީ އެފަދަ ވާހަކައެކެވެ. ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ދަވާލިކަމުގެ ކުށުގައި ދުވަސްގަނޑެއް ވަންދެން ޖަލުގައި ހުންނެވުމަށްފަހު ނިކުމެވަޑައިގަތް ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކުރައްވަން ފައްޓަވާފައިވަނީ މި މަސައްކަތެވެ. ކޮސް ގޮވުމާއި ކޮސް ކަންތައް ކުރެއްވުމެވެ.

އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެން އެންމެ ފުރަތަމަ ބޭއްވި ޖަލްސާއަށްް ނަޒަރު ހިންގާލަމާތޯއެވެ. ފަސް އަހަރު ދުވަހު ގައުމުގެ ރައީސްކަން ކުރެއްވި ފަރާތެއްގައި, ރައްޔިތުންގެ މައްޗަށް ކޮންމެވެސް ވަރެއްގެ ކުލުނެއް ހުންނާނެކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ކޮވިޑުގެ ދަތި މިހާލަތުގައި ދޮޅު ގަޑިއިރު ޕޯޑިއަމް ކައިރީގައި ހުންނަވައި އަޑަށް ބާރުލައްވާފައި ގިނަ ވާހަކަތަކެއް ދެއްކެވިއިރުވެސް ރައްޔިތުންގެ ހާލާމެދު ވިސްނާވަޑައިގެންފައެއް ނުވެއެވެ. މި ދަނޑިވަޅުގައި ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގުލުގެ ވާހަކައެއްވެސް ނުދައްކަވައެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ މިސްރާބު ހުރީ 2023 ވަނަ އަހަރު އޮންނަ އިންތިޚާބައް ކެމްޕެއިނު ކުރެއްވުމަށެވެ.

އެޖަލްސާގަައި އަޑަށް ބާރުލައްވައި، މޭފުއްޕަވާފައި ޔާމީނު ދެއްކެވި އެއް ވާހަކައަކީ އެމަނިކުފާނުގެ ސަރުކާރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ވާހަކައެވެ. މިއާއެކު ބައެއް ނޫސްތަކާ ޓީވީތައް ހިންގާ ފަރާތްތަކަށް ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. ޔާމީނުގެ ސަރުކާރަކީ މީޑިއާތަކަށް އެންމެ ދުއްޕާންކުރި ސަރުކާރެވެ. ގިނަ އަދަދެއްގެ ނޫސްވެރީންނަށް އަނިޔާކޮށް ހައްޔަރުކުރިއެވެ. ބައެއް ނޫސްތައް ކުރިއަށް ގެންދިޔަނުދީ ހުއްޓުވާލިއެވެ. އަނެއްބައި ނޫސްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިއެވެ. މީޑިއާގައި ދައުރުވާން ޖެހުނީ އެމަނިކުފާނު ހިތްޕުޅާވާ ވާހަކަތައް އެކަންޏެވެ. އެމަނިކުފާނުވަނީ އެރޭގައި މި ކޮސްގޮވުމާއެކު ބައިކޮޅަށް ގޯލު ޖައްސަވާފައެވެ.

ދެން އެމަނިކުފާނު ބާރު ސްޕީޑުގައި ކުރެއްވި ކަމަކީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދެވުމެވެ. ކާރޫބާރޫ ބޮޑުހެން ހީވާ މަގުތަކަށް ނިކުންނަވައި ރައްޔިތުންނަށް ތުރާވާނެހެން އަޑުގަދަކުރައްވަން ފެއްޓެވިއެވެ. ނުވިތާކަށް ރަށްރަށަށް ވަޑައިގެން, ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖެހުމަށް ގޮވާލެއްވީއެވެ. އަދި އަމިއްލަ ގޭގައި މީހުން ލިޔާ އެފަދަ އެއްޗެއްސާ ސަރުކާރަށް ނުބެހެވޭނެކަމަށްވެސް ވިދާޅުވިއެވެ. މަގުތަކަށް ގިނަވެ ލާޗާރު ބިޗާރަށް އުޅޭ ކުދިން ކުރާކަހަލަ މިފަދަ ކަންތައް ކުރުމަށް ކުރީގެ ރައީސަކު ގޮވާލައްވާނެކަމަށް ހީކުރާނީ ކާކުތޯއެވެ. މިހާ ހިސާބުން އެމަނިކުފާނުގެ ފެންވަރު ވަރަށް ރަނގަޅަށް ސާފުވިއެވެ.

އަނެއްކޮޅުން ރާއްޖެ ފަދަ ގައުމަކަށް ބޭރުގެ ގައުމުތަކުގެ އެހީ އިންތިހާއަށް ބޭނުންވާނެ ކަމަށްވެސް ވިދާޅުވީ އެމަނިކުފާނެވެ. އަދި ވަކިން ޚާއްސަކޮށް އިންޑިއާފަދަ ގައުމުތަކުގެ އެހީ ރާއްޖެއަށް ވަރަށް މުހިންމުކަމަށް ޚުދު އެމަނިކުފާނުވެސް ވިދާޅުވިއެވެ. ނަމަވެސް އޮއެވަރާއެކު އެމަނިކުފާނުގެ ވާހަކަފުޅަށްވެސް ވަނީ ބަދަލުތައް އައިސްފައެވެ. އޭރު ދެއްކެވި ވާހަކައާއި މިހާރު ދައްކަވާ ވާހަކަ ދިމާނުވާތީ ގިނަ ރައްޔިތުން އަންނަނީ އެމަނިކުފާނު ވިދާޅުވާ ބަހުގެ އިތުބާރާމެދުވެސް ސުވާލު އުފައްދަމުންނެވެ. މޮޅުވާންވެގެން ކުރެއްވި ކަންތަކުން އަނެއްކާވެސް ގޯލު ވަނީ ބައިކޮޅަށެވެ.

ރާއްޖޭގެ ސިޔާސީ ހޮޅުއަށީގައި މިހާރު އެންމެ ފޯރިގަދަކޮށް ދެކެވޭ ވާހަކައަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވާހަކައެވެ. އިދިކޮޅު ޕީޕީއެމުން ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ ކެމްޕެއިނުގައި ޔާމީނުވެސް އަންނަނީ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީއަށް ކެމްޕޭން ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީނު ވިދާޅުވީ، 2023ގައި ޕީޕީއެމްގެ ސަރުކާރެއް ގާއިމުވެއްޖެނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ވަޒީފާތަކަށް ނަންގަވާނީ ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތައް ކަމަށެވެ.

ޔާމީނު ވިދާޅުވީ، މިހާރު ޕީޕީއެމްއާއެކު މަސައްކަތްކުރާ މީހުންނަށް ޖާގަ އޮންނާނެކަމަށެވެ. އަދި ވަޒީފާ ދެއްވާނީ ހަމައެކަނި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކަށް އެކަނި ކަމަށާއި، އެހެން ބަޔަކަށް ޖާގަވެސް ނޯންނާނެކަމަށެވެ.

ޔާމީނުގެ މި ވާހަކަފުޅާއެކު އަނގަ ބަންދުކޮށްގެން ތިބި މީހުންގެ ދުލަށް އެމަނިކުފާނު މިވަނީ ކެތްނުވާވަރު ކުރައްވާފައެވެ. މިއީ އައު ކަމެއް ނޫނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މީގެ ކުރިންވެސް ކަންހިނގާފައި ވަނީ މި ބީދައިންނެވެ. ވަޒީފާ އަދާކުރާ މީހާގެ އިތުރުން އާއިލާ މެމްބަރުންވެސް އެމަނިކުފާނުގެ ޕާޓީއަށް ސޮއި ނުކޮށްފިނަމަ ވަޒީފާ ގެއްލޭނެކަމުގެ ބިރު މީގެ ކުރިންވެސް ދެއްކެވިއެވެ.

ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮންނަ އިންތިޚާބު ކާމިޔާބުކުރުމަށް ދެއްކެވި ވާހަކަތަކުގައިވެސް ގޮވުނީ ކޮހެވެ. މީހުން ބުނެ އުޅެއެވެ. އެމީހަކަށް ދެއްކޭނީ އެމީހެއްގެ ހިތުގައި އޮންނަ ވާހަކައެކެވެ. އަނެއްކާވެސް ބައިކޮޅަށް ގޯލެކެވެ. މިފަހަރުގެ ގޯލާއެކު ހެޓްރިކެއް ހެއްދެވުނީއެވެ. މިފަދަ އެތައް ހެޓްރިކެއް އެމަނިކުފާނު ހައްދަވާފައި އެބަހުއްޓެެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ގޮތް ހުސްވެ މިފަދަ ގިނަ ބައިވަރު ހެޓްރިކްތަކެއް ހައްދަވާނެއެވެ. ޚާއްސަކޮށް 2023ގެ އިންތިޚާބާ ގާތްވާ ވަރަކަށެވެ.

ރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު