Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނަމާލެ ބްރިޖުން ލޭނު މަދުވުން

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

މުއިއްޒު ވިދާޅުވީ އިތުރު ލޭނެއްގެ ވާހަކަ ދެކެވުނީ ބްރިޖްހުޅުވަން މަހަކަށް ވެފައި ވަނިކޮށް ކަމަށް، އޭގެ ކުރިން އެ ވާހަކަ އެއް ގޮތަކަށް ވެސް ނުދައްކާ ކަމަށް

ރާއްޖެ އެމްވީ | 30 އޯގަސްޓު 2024 | ހުކުރު 18:17
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ސިނަމާލެ ބްރިޖް ހުޅުވަން ވަރަށް ގާތް ވެފައިވަނިކޮށް، އެ ބްރިޖްގައި ސައިކަލް ދުއްވާނެ ލޭނެއް ނެތުމުން، ބްރިޖް ހުޅުވުން ކެންސަލް ކުރަން ރައީސް ޔަމީން ވިދާޅުވުމުން "ރޮވުނު" ކަމުގައި ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، 'ސަންގު ޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައި ހުކުރުވިލޭރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސިނަމާލެ ބްރިޖް މިހާރު ނިމިފައިވާ ގޮތުން އެ ބްރިޖްގައި އެއް ލޭނު މަދުވާ ވާހަކަ ފެންމަތިވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިކަމާ ބެހޭ ގޮތުން އެ ޓީވީ ގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އޮފީސް ސަކީނާ މަންޒިލްގައި ހިނގަމުން ދިޔައިރު، އޮތް ބައްދަލުވުމެއްގައި ބްރިޖްގެ އެއް ލޭނު މަދުވި މައްސަލައިގައި އޭރުގެ ރައީސް ޔާމީން ޑރ. މުއިއްޒު އަށް "ކީރިތި ކުރެއްވެން ދެން ބަވާލި" ކަމަށެވެ.

ބްރިޖްގެ އެއް ލޭނު މަދުވެގެން ކީރިތި ކުރެއްވެންދެން ޑރ. މުއިއްޒު އަށް ބާވާލެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވުމަށް ފަހު ޖެހިގެން އައި ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ޑރ. މުއިއްޒު ދިފާއު ކުރައްވާ އެކަމުގެ ޒިންމާ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑރ މުއިއްޒަކީ ރައީސް ޔާމީންގެ 5 އަހަރު ތެރޭގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ، އޭރުގެ ކެބިނެޓްގައި އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ) ގައި ހިމެނި ވަޑައިގަތް ބޭފުޅެއް ނޫން ކަމަށާއި، ހައުސިންގ މިނިސްޓަރުގެ މަސްއޫލިއްޔަތަކީ އީވައިސީން ނިންމާގޮތަކަށް އެމަސައްކަތް ކުރުން ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒުވެސް ވިދާޅުވީ، 2014 ސެޕްޓެމްބަރު މަހާ ހަމައިން ބުރިޖްގެ ހުރިހާ ކަމެއް ކުރިއަށް ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމުގައެވެ. މުއިއްޒު ވިދާޅުވީ، ބްރިޖުން ލޭނެއް މަދު ނުވާކަމަށާއި، އެމަނިކުފާނާ ހަވާލުވި އިރުވެސް އޮތީ ކޮޅަކަށް ދެ ލޭނާއި ދެން އަރިމަތިން ބައިސްކަލް ދުއްވާގޮތައް އޮންނަ ބައެއް ކަމުގައެވެ.

ރައީސް ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރ ކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ، ބްރިޖް ހުޅުވަން މަހަކަށް ވެފައި ވަނިކޮށް ބްރިޖްގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައި އޮންނަ "ބްރިޖް ކޮމިޓީ" ސައިކަލް ދުއްވަން ވަކި ލޭނެއް އޮންނަން ވާނެ ކަމަށް ބުނި ކަމަށެވެ.

އެހިސާބުން ބައިސްކަލް ލޭން ސައިކަލް ދުއްވާ ލޭނަކަށް ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެހާ ވަގުތު ކުޑަތަން ވެފައި އޮއްވާ އެކަން އެގޮތައް ނުވާނެ ކަމަށް ދެންނެވި ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ބްރިޖް ހުޅުވަން ވަރަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ހުކުރު ދުވަހެއްގެ މެންދުރުފަހު ސަކީނާ މަންޒިލް ގައި އޮތް ބައްދަލުވުމެއްގައި ބްރިޖްގައި ސައިކަލް ދުއްވަން ވަކި ލޭނެއް އޮންނަންވާނޭ ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

އަބްދުއްރަހީމްގެ އިންޓަވިއުގައި އެދުވަހުގެ ތަފްސީލް ދެއްވަމުން ކުރިން ވިދާޅުވީ، ބްރިޖުން ލޭނެއް މަދުވިކަން ރައީސް ޔާމީނަށް އެނގިވަޑައިގަތީ އެދުވަހު ކަމަށް ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެދުވަހުގެ ކުރިން އިތުރު ލޭނެއްގެ ވާހަކަ ރައީސް ޔާމީން ދައްކަވާފައި ނުވާ ކަމަށެވެ.

"އޭގެ ކުރިއަކުން އެއްވެސް ވަރަކަށް އެވާހަކައެއް ނުދައްކާ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ސަކީނާ މަންޒިލް ގައި އޮތް ބައްދަލުވުމުގައި ވަކި ލޭނެއް ނެތިއްޔާ ބްރިޖް ނުހުޅުވޭނެ ކަމަށާއި، ހުޅުވުމުގެ ރަސްމިއްޔާތު ކެންސަލް ކުރަން ރައީސް ޔާމިން އެންގެވި ކަމަށެވެ.

އަދި އެއްވެސް ވަރަކަށް ދެންނެވި އެއްޗެއް ޔާމީން ގަބޫލު ނުކުރައްވާ ބައްދަލުވުމަށްފަހު އެނބުރި ވަޑައިގަތީ ކަމުގައެވެ.

ޔާމީން އެ ގޮތައް ވާހަކަފުޅު ދެއްކެވުމުން "ވަރަށް ބޮޑަށް އަސަރު ކުރި، ރޮވުނު،" ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރުންނާއި މަޖްލިސް މެމްބަރުން ހިމެނޭ ގޮތުން ސާޅީހަކަށް ބޭފުޅުން ތިއްބެވި ކަމަށެވެ.

އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ބްރިޖް ހުޅުވުން ކެންސަލް ކުރަން ޖެހިއްޖެ ނަމަ ދެ ގައުމުގެ ގުޅުން ގޯސްވެދާނެ ކަމަށް ބައްލަވާ، މުއިއްޒު ވިދާޅުވީ ޔާމީން ގެއަށް ވަޑައިގަތީމާ ފޯނުން ގުޅުއްވާ، ބްރިޖް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދޭ ވާހަކަ ދެންނެވީ ކަމަށާއި، އަދި ރައީސް ވިދާޅުވި ހިސާބުން ބައިސްކަލް ލޭން ސައިކަލް ލޭނަކަށް ބަދަލު ކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ދެންނެވި ކަމަށެވެ.

ބްރިޖް ހުޅުވުން ރޭވިފައިވާ ގޮތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގަތީ އެ ކޯލުގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ބްރިޖް ހުޅުވުމަށް މަހަކަށް ވެފައި ވަނިކޮށް އިތުރު ލޭނެއްގެ ވާހަކަ ދެކެވުމުގެ ކުރިން އެއްވެސް ވަރަކަށް އެވާހަކަ ނުދެކެވޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، 2015 ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮތް ހައުސިންގ މިނިސްޓްރީން އިންތިޒާމް ކުރި ބްރިޖްގެ ޑިޒައިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދެއްކެވި ވާހަކަފުޅު ގައި ވެސް ސައިކަލް ދުއްވާނެ ވަކި ލޭނެއް ބްރިޖްގައި އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާ ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަމަށް 9 ޖުލައި 2015 ގައި ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމަށް ފަހު މީޑިއާގެ ކުރިމަތީގައި ޚުދު ޑރ. މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތައް ފަހު ޑރ. މުއިއްޒުގެ މި ވާހަކަފުޅު ރާއްޖޭގެ ހުރިހާ މީޑިއާ އަކުން ކަހަލަ ގޮތަކަށް ހުރީ އެމޭރުމުން ރިޕޯޓްކޮށްފައެވެ.

ސިނަމާލެ ބުރިޖުޑރ. މުހައްމަދު މުއިއްޒުރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު